އައްޑޫ ކަރަންޓު މަޝްރޫ ބިޑަށް ނުލައި 37.7 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކަށް ދީފިއެވެ. މިއީ ވޭތުވެދިޔަ 2 ހަފްތާ ތެރޭގައި ބިޑަށް ނުލައި މިފަދަ ބޮޑު މަޝްރޫއެއް ބޭރުގެ ކުންފުންޏަކަށް ސަރުކާރުން ދިން ދެވަނަ ފަހަރެވެ.

މި މަޝްރޫ ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޗައިނާގެ ޑޮންގްފޭންގް އިލެކްޓްރޯނިކް އިންޓަރ ނޭޝަނަލް ކޯޕަރޭޝަން ނަމަކަށް ކިޔާ ކުންފުންޏަކާއި އެކުއެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި މަޝްރޫގެ ދަށުން 20 މެގަވޯޓްގެ ޖަނަރޭޓަރެއް ގެނައުމުގެ އިތުރުން ޑިސްޓްރިބިއުޝަން ޕްރޮޖެކްޓެއްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީ އިން ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކައި ބޭރު ތޮށި ލުމުގެ މަޝްރޫ ވަނީ މިފަދައިން ބީލަން ކުރުމަކާއި ނުލައި ނެދަލޭންޑްސްގެ ބޮސްކާލިސް އިންވެސްޓްމެންޓަށް ދީފައެވެ. މިމަޝްރޫ ހިންގުމަށް ބޮސްކާލިސް ކުންފުންޏަށް ދީފައި ވަނީ 53 މިލިއަނަ އެމެރިކާ ޑޮލަރަށެވެ. އެހެން ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ދެބޭފުޅުން ވިދާޅުވެފައި ވަނީ އެ މަޝްރޫ ހިންގުމުގެ ގާބިލިއްޔަތުކަން ސަރުކާރުގެ ކުންފުނި އެމްޓީސީސީ އަށް ލިބިގެން ވާކަމަށެވެ. އަދި މާހެޔޮ އަގުގައި އެމްޓީސީސީ އަށް އެމަޝްރޫ ހިންގޭނެ ކަމަށާއި އެ މަޝްރޫއު ބޭރު ކުންފުންޏަކަށް ދިނުމަކީ ވަރުގަދަ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    މިސަރުކާރުން ކޮރަޕްޝަން ހިންގުންނޫން ކަމެއް ނުކުރޭ. ޒީރޯ ޓޮލަންސް އޭ ބުނެ ބޮޑު ކަލޭގެ އެއޮތީ ފެހި ސިގްނަލް ދީފަ. މިސަރުކާރުން ފިޔަވަޅުއަޅާނީ 2018 ނޮވެމްބަރގެ ކުރީގެ ކަންތައްތަކަށް އެކަނި. އޭގެ ފަހުން ކުށެއް މިގައުމުގައި ނުހިނގާނެ ކަމަށް ބުނެ "ޒީރޯ ކްރައިމް ވިދިންގ ދި އަޕްކަމިން 5 އިޔަރސް" މާނައީ، ޒީރޯ ޓޮލަރަންސް. އޭނައަށް އެއްކަމެއްވެސް ބޮޑެއްނޫން.

    19
    • ލިން

      ބިޑު ނުކޮށް ދެވޭ ހާލަތްތައްވެސް މާލިއްޔަތު ޤާނޫނުގަ އޮވޭ.. އެގޮތަށް ދީފަ އޮވެއްޖެއްޔާ އެއީ ކަރަޕްޝަންކަމަކަށް ނުނިންމާނެ.. އެއާ ހިލާފުވެއްޖެއްޔާ އެއީ ކަރަޕްޝަން

  2. އިބްރާހީމު

    ރައްޔިތުން ބޭނުންވީ އެމްޑީޕީއަށް ލާރިކާންދޭން. ދެން ތިބޭ.

    47
    1
  3. އަލީ

    ކީއްކުރާނީ ކުރީގެ ސަރުކާރުން ބިޑް ނުކޮށް ކަންކަން ހަވާލު ކުރާތީ ޓްރާންސްޕޭރަންސީ އާއި އެމް ޑީ ޕީ އަދި މަދަނީ ބައެއް ޖަމުއިއްޔާ ތަކުން ހީވީ ގައުމު ގައި ހުޅު ރޯވެގެން އުޅޭހެން ކޮބައިތަ އެންޓި ކޮރަޕްޝަން ކޮމިޝަން އެ ތާނގެ ވެރިޔަކަށް އެހެރީ ޓްރާންސްޕޭރަންސީން ނޫސް ބަޔާންތައް ނެރުނު މީހާ މިހާރު ޗުއްޕުވެސް ނުބުނޭ ކޮންމެ މީހަކުވެސް ގޮނޑީގައި ނީށިދޭ އިރު ވަރަށް ހަޅޭއްްލަވާނެ އެކަމު އާރާބާރު ލިބުމުން ކުރިން ތިބި މީހުންނަށް ވުރެ ގޯސް ނޫނޭވާ އަންހެނުން ބާރު ވެރި ކުރުމުން ވާގޮތް ފެނޭނު މީހަކު ބާރަށް އެއްޗެއް ބުންޏަސް ހީސްލެވޭ ވަރުވެފަ ތިބެނީ

    40
    1
  4. ބުރޯ

    އިންޖީނެއް ނުއުފެއދުނަސް ރާއްޖެ އިން ބިންހިއްކެން އެބަހުރި ސަރުކާރު ބަދަލުވާ ދުވަހަކުންދައުވާކުރާނަން

    41
  5. އިންޑިޔާ

    އަހަރެމެން ޚަރަދު ކޮށްގެން ގެނައި ސަރުކާރުގެ ހުރިހާ މަސްރޫއު ތަކެއް ޗައިނާ އަށް ކޮބާ ކިހާަ ވަރެއް ވެއްޖެ ހަމަ ޗައިނާ މީހުންނާ ނުލާ ނޫޅޭވޭނެ ކަން މިފެންނަނީ ކޮބައިތަ އަންނިގެ ބޮޑު އަނގަ ޗައިނާއޭ ކިޔައިގެން ބޮޑު އަގުގައި ތަންތަން ޔާމިނު ދިނިއްޔޭ ދަރާ ވިކުނިއްޔޭ މިހާރު ކީއް މިކުރަނީ އަންނި އަށް އިވޭ ވަރަށް މިވާހަކަ މަޖިލީހުގައި ގޮވައިދީބަލަ

    42
    1
  6. މުހަންމަދު.

    ބޯގަންވިލާ ސޮރު މިފަހަރު ބިލްގޭޓަށް ވުރެން މުއްސަދިވާނެ.

    45
    1
  7. ޒާ

    މާލިއްޔާ ޤާނޫނު އިކޮނޮމިކް މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ފުނޑާލައިފި. އޭސީސީ ނިދާފަ.

    37
  8. ލަނގިރި

    ކޮރަޕްޝަން ޒީރޯޓޮލޮރެންސް ސަރުކާރު

    17
  9. ހުސްނު ނޫނު

    ލިޔާނެ އެއްޗެއް ލިޔޭ .. އޮންނާނީ ދީފަ..