ރައީސް އޮފީހަށް މިއަހަރަށް ކަނޑައަޅާފައިވާ 121 މިލިއަން ރުފިޔާގެ ބަޖެޓު ހުސްވެ، އިތުރަށް 17.1 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކޮންމެ ހަފްތާއަކު ނެރޭ މާލީ ހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އޮކްޓޯބަރު 17 ގެ ނިޔަލަށް ރައީސް އޮފީހުން ވަނީ 138.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއްވެސް ފާސްކޮށްފައެވެ. އެހެން ނަމަވެސް 1.7 ބިލިއަން ރުފިޔާގެ އެބަޖެޓެން ރައީސް އޮފީހަށް ކަނޑައެޅުނީ ކިހާވަރެއް ކަމެއް ސާފު ނުވެއެވެ. އެބަޖެޓު ހޭދަކުރިގޮތާއި، އެއްވެސް އިތުރު ތަފްސީލެއް މިހާތަނަކަށް ރައީސް އޮފީހަކުންވެސް އަދި ފިނޭންސް މިނިސްޓްރީ އަކުންވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓި އެ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަވާލި ބަޖެޓަކަށްވީ ނަމަވެސް ބަޖެޓުގައި މި ސަރުކާރުގެ ބައެއް ވައުދުތައް ފުއްދުމަށާއި ބައެއް މަޝްރޫއުތައް ހިންގަން ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ތަފާތު އެކިއެކި ހަރަކާތްތަކަށް ޚަރަދު ކުރައްވަނީ ރައީސް އޮފީހުގެ ބަޖެޓުންނެވެ.

އެހެންނަމަވެސް ސަރުކާރުގެ ބައެއް މަަޝްރޫއުތައް ހިންގަން ބަޖެޓުގައި ހިމަނާފައި ވަނީ ވަރަށް ކުޑަ އަދަދެއް ކަމުން، އެ މަޝްރޫއުތަކުގެ މަސައްކަތް ފަށަން ނިންމާފައި އޮތީ އަހަރުގެ ފަހުކޮޅަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ބައެއް މަޝްރޫއުތަކަށް ހިމަނާާފައިވާ ފައިސާއަކީ މަޝްރޫއުގެ މަސައްކަތެއް ކުރެވޭ ވަރުގެ ފައިސާއެއް ނޫން ކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖާބިރު

    އަވަހަށް ފެންކޮޅަކާ ނުލާ 2020 ގެ ބަޖެޓްވެސް ދިރުވާލާ.

    54
    • ދދދދދދ

      ބަޖެޓްކާ ވަގު ސަރުކާރު

  2. ޙަމީދު

    ކިހާވަރަކުން ނިމިގެން ދާނެބާ !

    50
  3. ޤަމަރު

    ވަރަށް ބޮޑަތި މަޝްރޫޢުތަކުގައި ސޮއިކުރަމުން އެބަ ގެންދެއެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް މަސައްކަތް ފަށާކަންދައްކާ އޭގެފަހުން ބޮނޑުނަގުލަށްދާތަން މިތިބީ ބަލާށެވެ. ރުފިޔާތައް ބަނޑަށް އަޅާއިގެން ތިބެ ހޭވޭނީ ހަޑިއެވެ. ރައީސް އޮފީހަށް ރިކަރެންޓް ނުހިމަނާ ދިން 253 މިލިޔަން ރުފިޔާ ޕަކަޅާވެ ނިމިއްޖެއެވެ.

    43
  4. ޒާ

    ތިހިރާ ރައްޔިތުންނަށް ވަޢުދުވީގޮތަށް މާލިއްޔާ ބޮޑު ތަނުން އިތުރުކޮށް ދެވިފައި. ދެން ގެއަށް ވަޑައިގަންނަވާ. ފުދިއްޖެ.

    46
  5. އިބޫ

    މިހުރިހާ ފައިސާއެއްވެސް މިޚަރަދު ކުރަނީ ރައްޔިތުންނަށްޓަކާ. ކެތްކޮށްލާ. ކުރިއަށްއޮތީ ޖަޒީރާ ރާއްޖޭގެ އުފާވެރިކަން. ގޭދޮށުފެކްޓަރީ ފައްކާވަނީ.

    23
    2
  6. Anonymous

    ވައްކަން ކުރަނީ . ކަނީ. ރައްޔިތުންގެ ލާރިޔައް ޙިޔާނާތްތެރިވަނީ

    32
  7. އާދޭސް

    ހެޔޮނުވާނެ އަހަރެމެންގެ މާލިއްޔާދަވާނުލާ

    30
  8. ނަޒީހާ

    އަހަރުހުސް ނުވަނީސް ބަޖެޓު ހުސްވެއްޖެ. އެހެނެއްނުންވާނީ ރައީސް މީހާގެ ކަމަކީ ދަތުރުކޮއް ބަޖެޓު ހުސްކުރުން.

    34
  9. ކޮރަލް

    ތިޖޫރި ހުސް ކޮށްލަނީ އެވެ.

    13
  10. ާދެރަކަމެއް

    ހެހެހެހޭ... ހުސްވިއްޔޭ

    14
  11. ދަވާލައިފި

    ކޮބާ މިސަރުކާރަށް ވޯޓުދިން ދިވެހިން؟ މިހާރު ހަމަ އޯކޭ ވެފަދޯ.

    18
  12. ޓިނު ވަގު

    އެއް ވަގު އަނެއް ވަގަށް ނޭގި ޖީބުތައް ފުރާލަނީ!!!! ޓަޓާސް ޓަސް!!!