ދިވެއްސެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ 79 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ފޭރުން މައްސަލަ އެއް މިއަދު ހެނދުނު 10:02 ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މީހާގެ އަތުން ފޭރުނު 3،235ރުފިޔާ ހޯދައި މި މައްސަލަ އާޢި ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން ހުސްވި ހަފްތާގައި ހުޅުމާލެއިން އެކަނިވެސް މިފަދަ 12 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު