ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައި ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޖެހިފައިވާ އެމްޑީޕީޣެ މެންބަރުންވެސަ ތިއްބެވި މަގާމުތަކުން ދުރުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ އަބްދުﷲ މިހެން ވިދާޅުވެފައި ވަނީ ދާދިފަހުން މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޖެހިފައިވާކަމަށްބުނެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ވަޒީރުންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަން ހާމަކުރެއްވުމާ ގުޅިގެންނެވެ. އީވާ ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ހިޔާނާތް، މަރުގެ މައްސަލައެއް ނުވަތަ އެހެންވެސް ޖިނާއީ ކުށެއް ކޮށްފައިވާ މީހަކީ އެމްޑީޕީގެ މެންބަރަކަށް ވިޔަސް މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް އެ ހުންނަވާ މަގާމަކުން ދުރުކުރަން ޖެހޭ ކަމަށެވެ.

އަދި އެކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވާ ކަމެކޭ ބުނެ ރެކެވެން ނެތްކަމަށް އީވާ ވިދާޅުވިއެވެ.

"މިއީ ޔާމީންގެ ވެރިކަމުގައި ހިނގި ކަމެކޭ ކިޔާފަކާ ޔާމީނާއި ދިމާލަށް އެކަނި އަތްދިއްކޮށްފާ ޔާމީންގެ ވަޒީރުންނޭ ޔާމީންގެ ރައްޔިތުން މަޖިލިސް މެންބަރުންނެކޭ ޔާމީންގެ އިރުގައޭ ކިޔާފަކާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް މިކަމަކުން ރެކެވޭކަށް ނެތް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒިންމާއިން ބަރީއަ ވެވޭކަށް ނެތް. އަމިއްލަ ނަފްސަކަށް އިއްޒަތްތެރި ރައީސް އަޅުގަނޑުމެންވެސް އޮޅުވާލާނެ ކަމެއް ނެތް" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނިވަޑައިގެންނެވުން އެއީ ނުހިނގާ ކަމަކަށް ހަދައިގެން ތިބެވޭކަށް ނެތްކަމަށެވެ. އަދި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ މީހަކު ދައުލަތުގެ މަގާމެއްގައި ހުންނަވާ ނަަމަ އެކަމެއް ބަލެމަކީ އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގައި ޕާޓީ އެއް ރަހުމަތްތެރިއެއް އަދި ތިމާގެ މީހަކަށް ބެލެން ނެތް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ސަރުކާރުން ރިޔާސީ ކޮމިޝަނެއް އެކުލަވާލައި މައްސަލަތައް ތަހުގީގު ކުރެވެން ފެށީ ހަމަ މަރެއް ނުވަތަ ހިޔާނާތެއް ހިނގާފައި ވާތީ ނޫން ކަމަށާއި އެފަދަ ކަންކަމުގައި ކުރީގެ ސަރުކާރަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

"ހުސްނުއް ސުއޫދު އެ ހާމަކުރެއްވި ރިޕޯޓުގައި ސީރިއާއަށް ދިވެހިން ހަނގުރާމައަށް ފޮނުވުމުގައާއި، މިކަންކަމުގައި ދައުލަތުގެ މީހުން އުޅޭތީ ބަލަން ޖެހެނީ. އެއީ ފުލުހުން ކަމުގައި ވިޔަސް، ވަޒީރުން ކަމުގައި ވިޔަސް، ފަނޑިޔާރުން ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ވިޔަސް ދައުލަތުގެ މީހުން އެކަންކަމުގައި ޝާމިލްވާތީ އެކަންކަން ބެލުން އެހާ މުހިންމު ވަނީ" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ އެފަދަ ކަންކަން ނުބެލިއްޖެ ނަމަ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށާއި އަދި ދެން އަންނާނެ ސަރުކާރަކުންވެސް މިފަދަ ކަަންކަން ބަލާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފުހޭ

    ނުވާނެ ތިކަމެއް...

    41
    • ކިނބޫ

      ފުރަތަމަ އަމިއްލައަށް ދައިތަގެ ބެޑްޝީޓު ދަށަށް ވަންނަންވީނު. މިދިޔަ މަޖިލިހަކު ނެތް އެފައިސާ ނުކާ ރީނދޫ އެއްގޮލާވެސް. އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް އިސްތިއުފާ!

      29
  2. Anonymous

    މިހާރު މިގައުމުގެ ރައީސު އިބޫ ސާލިހުވެސްހުރީ ތިޔާޚިޔާނާތުގެ ފައިސާބޭނުންކޮށްފައި، ކުރީގެ ނާއިބުރައީސު ވަގުއަދީބު އަމިއްލައަށްނޫންތޯބުނީ ރ.އިބޫސާލިހުވެސް 35މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް، އިންސާފު ގާއިމުކުރުމަކީ ވަކިބަޔަކަށް ޝަރީޢަތް ހިންގުމެއްނޫން، މޫނަކަށް ކަނދުރާއަކަށްނުބަލާ އިންސާފު ގާއިމުކުރުން، ހަމަ މިއާއެކު މިގައުމުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއިމެދުވެސް ފިޔަވަޅު އެޅެންހެހޭނެ

    111
  3. އަލަ

    އެނދުން ފުންމާލިގޮތަށް މަޖިލީހަށް.

    67
  4. އަދުުލުއިންސާފު

    އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާނެކަމަށްބުނެ ﷲ ގަންދީ ހުވައިކޮށްގެންތިބެ ދީނަށް ފުރައްސާރަކޮށް ކުރި ހުވަޔަށް ޚިޔާނަތްތެރިވިމީހުންވެސް އެބަޖެހޭ މަގާމުން ދުރުވަން..

    80
  5. ކާޅުކެއަސް ސޮއްނުގޮވާ

    ލާދީނީ ރިޕޯޓުގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލަން ކޮންމެހެން ވައްކަން ކޮށްފަ ނުކުރާ ބަޔަކަށް ހެދިގެން ނޫޅެ ލާދީނީ ރިޕޯޓް ލިޔުނު މީހުން ހިފާ ހައްޔަރު ކުރުމަށާ އެކުފުރު ޖަމުޢިއްޔާ އުވާލަން ތިޔަ މަޖިލީހަށް ގަރާރު ދެއިރު ދެދަޅައަށް ލާ މީހުންގާތުގަ ބުނެބަލަ

    77
  6. މޫސާ

    ޔޫތު މިނިސްޓްރީ ހިންގެވި އިރު 2008 އިން 2012 އަށް އޮޑިޓުރިޕޯޓުން ދައްކާ ކަމަށް ވާހަކަ ދެކެވޭ 55 ވަރަކަށް މިލިއަން ރުފިޔާ އެއް މަސްއަލަ. މިހެން އޮޑިޓު ރިޕޯޓުގަ ހުރި ހުރިހާ މަސްއަލަ ބައްލަވާ ދެއްވާ ވަކި ޕާޓީއަކަށް ނުބައްލަވާ

    53
  7. ނުތަރެސް

    އީވާއްކޯ... މަހުލޫފުވެސް ތަ؟؟؟ ސާބެ ރުއްސަން ބުނި އެއްޗެއްދޯ. ހެހެހެހެ..

    47
  8. އެންދެރި

    ހައްދު ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކި މީހާ އެވެ.

    45
  9. ކޯރުން

    މަހުލޫފް ލޮލް. ހަމަ ބޭރުކުރަންވީ. ވަރަށް އުފާވާނެ އޭނާ ބޭރުކުރިއްޔާ. ދެން އިހުސާސްވާނެ ކިހާ ވަރެއްގެ ބައެއްކަން އެމްޑީޕީގެ މީހުންނަކީ. ގޯހެއް ނޫން. މަހުލޫފްގެ އައިޑަލް ބެއްޔާ މައުމޫންއަކީވެސް މިހާރު ދެން އެމްޑީޕީގެ އައުލާނެއްވިއްޔަ ސޮއިނުކުރިޔަސް. މައުމޫންއަށްވެސް ހަމަ އެ ހަލު ޖެހޭނެ.

    19
    1
  10. ޖާބިރު

    ސާބަހޭ އީވާ.ތިހެން ހައްގުބަސް ބުނެވެންވާނެ.ތީ ފިސާރި އަންހެނުންނަކީ.ޔާމީންގެ ވެރިކަން ގޯސްކޮށްދިޔައިމަ މިވެރިކަމަށް އާއެކޭ ބުނީ.ދެން ވެރިކަމަށް އައިސްސަ ކުރިޔަށްވުރެންވެސް ގޯސްވީމަކާ ކަމަކުނުދާނެ.މިހާރު މިސަރުކާރުން ވަރަށް ބޮޑެތި ޖަރީމާތައް އެބަހިންގާ.މިކަންތައް ބެލެންވާނެ.ދެރަވޭ މިސަރުކާރަށް ވޯޓް ދެވުނީމަ.އެކަމަކު ދެން މަވާ ސަލާމް.

    9
    12
    • އަލީ

      ކޮންތާކުން. މީދެން މިހާރުމިދެކެވޭ އެމް ޑީ އެން ގެ ރިޕޯޓް ގެ ވާހަކަ ޑައިވާރޓް ކޮއްލަން ދައްކާ ހޮޅި ވާހަކަތަކެއް. އިޚްލާސްތެރިކަމެއް ހުރނަމަ އަންނިގެ ވެރިކަމުގައި ކައިފަހުރި ފައިސާގެ ވާހަކަ ދެއްކީސް. ފިސާރި ކަނބަލެއްނަމަ މިކަން ކޮއްލަން ކެރޭނެބާ....

  11. ގުއި ޗޮންހެއި

    ސާބަހޭ އީވާ. އަދި ތެދަށް އެއްޗެއް ތިބުނެވުނީ. ވ އުފާވެއްޖެ

    4
    76
  12. ކެސްޑީޕީ

    ހެހެހެ..މިހާރު ކުރީގެ ރައީސް މައުމޫނުވެސް އޯކޭ ހަމަ. އަދި ސޭހު އިމްރާން އާއި ކުރީގަ ބާގީއަށް ކަލޭމެން ގޮވި އެންމެންވެސް މިހާރު އޯކޭ. އީވާއަކީވެސް ބާގީންގެ އާއިލާ އަކަށް ނިސްބަތްވާ މީހެއް. ދިވެހި ތާރީޚުން އެއޮތީ ވަރަށް އަލިގަދަކޮށް ފެންނަން.

    48
  13. ބަލާމީހާ

    ވިސްނުމަށް ކަށަވަރުވަނީ ނުޖެހޭކަމަށް.

  14. ެާއާދަނު

    ސަމީރުއަށް ގުޅާފައި ރައިސްގެ ސަމާލު ކަމަށް ގެންނާށޭ ބުނި މީހާދޯ މިއީ އިހަށް ދުވަހު. ފޮރުވަން އުޅުނީ އެއްމެންވެގެން ސުޓޭޓު މިނިސްޓަރަކު ގެ މައްސަލަ އޭސީސީން ބަލަން އުޅުނީމަ. މީނަވެސް ފުރަތަމަ ޖަލުގަ އޮންނަން ޖެހެނީ

    12
  15. ޢަހުމަދު

    މިޙާރު ތިޔަ ދުއްވަނީ ދެބޯގެރި... ތިލާދީނީ ބައިގަނޑު ތިޔަ އޅެނީ ކީއްވެގެންކަން އެންމެނަށް އިނގޭ..

    23
  16. އިސްލާމް

    މީނަމީ ބާޤީ އާދި ލާދީނީ އާއިލާއަކަށް ނިސްބަތްވާ މީހެއް. މިހާރު ތިއުޅެނީ ރައްޔިތުން އިސްލާމްދީނަށް ހަޖޫޖެހި މީހުންނާއި ދެކޮޅަށް ނިކުންނަން ފެށީމާ މިސްރާބު އެހެން ދިމާއަކަށް ބަދަލުކުރަން. ނުވާނެ ތިކަމެއް..

    26
  17. ވަރައް ފޫހިވޭ

    މިވެސް ވަރައް ނުލަފާ އަންހެނެއް

    18
  18. މިގޭ

    ކޮއްޔޭ މާބޮޑަށް އަނގަ ނުތަޅާހުރެ އެއްކަމެއްވެސް ނުވާނެ. މީހުންގެ ލޮލުގައި އަންދުން އަޅުވާ ޔަހޫދީ ނުވެ ހުރެބަލަ. .

  19. ފިޒާ

    ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މަޖިލީހު ތެރޭގައި ވެސް ކަމަނާ ވަނީ ފުރައްސާރަ ކުރައްވާފަ ކަމަނާ މަޖިލީހުންއިސްތިޣުފާ ދެއްވުން އެދެން މީމުސްލިމު ޤައުމެއް....
    މި ޤައުމުގަި މުރުތައްދު ވެފަިވާ މީހުންނަކަށް ޖާގައެއްނެތް!
    މިޤައުމުގެ ކަންކަން އިސްލާޙު ޖުރާނީ މި ޤައުމުގެ މުސްލިމު ރައްޔިތުން.... ވ ސަލާމް.