އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް އިންޓަވިއު ކުރި ހަތަރު ބޭފުޅުންގެ ތެރެއިން ތެރެއިން ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި އެވެ.

އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ނަންތަކަކީ، މީގެ ކުރިން އެކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ، ފުއާދު ތައުފީގު، އަމްޖަދު މުސަތަފާ އަދި މަރިޔަމް ހަނީފް ޚާލިދް ގެ ނަމެވެ.

މި މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިސްކަން ދެއްވާފައިވަނީ ހަތަރު ބޭފުޅުންނަށެވެ. އެއީ މިހާރު މަޖިލީހުގެ ތަޅުމަށް ނަން ފޮނުވާފައިވާ ބޭފުޅުންގެ އިތުރަށް ހަސްނަ ނާޒިމެވެ.

ނަމަވެސް ހަސަން ނާޒިމްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ނުވެ އެވެ. އެހެން ނަމަވެސް ނާޒިމްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިނުވާ ސަބަބު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ހާމަކޮށްފަ އެއް ނުވެ އެވެ.

އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ސޯލިހް، މި ހަތަރު ބޭފުޅުންނަށް އިސްކަން ދެއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން، ކުރިއަށް ގެންދިޔަ އިންޓަވިއު އެއްގަ އެވެ.

އީސީގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ނިންމާފައިވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ.