ރާއްޖޭގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކޮށްފިއެވެ.
މި ކަން އެނގޭ މީހަކު ވަގުތު އަށް މައުލޫމަތު ދެމުން ބުނީ މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށެވެ. ދެކުނުގެ އަތޮޅެއްގައި ހިނގައިދިޔަ މިކަމުގައި އޭނާ ބުނީ މިވަގުތު ރަށުގައި ހުރީ އެންމެ ފުލުހެއް ކަމަށްވާތީ އިތުރު ފުލުހުންގެ ޓީމެއް އެރަށަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ޓީޗަރު މިހާރު ސަސްޕެންޑް ކޮށްފައިވާއިރު މި ޓީޗަރު ޖިންސީ ގޯނާ ކުރީ ކިތައް ކުދިންނަށް ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެމައްސަލާގައި ސަސްޕެންޑުކޮށްފައިވަނީ ބިދޭސީއެއް ކަމަށްވެސް އެމީހާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެ ބިދޭސީ ޓީޗަރުގެ މައްސަލައާ ގުޅިގެން ބެލެނިވެރިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބިދޭސީ ޓީޗަރަކު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭ މައްސަލައެއް ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމަކަށް ފުލުހުން ވިދާޅުނުވެއެވެ.
މިހިރީ މިހާރުވެސް ހިނގާ ކަންތައްތައް.. ޕިސްޕިސް
ޢެގަންޖާ 19
ދިވެހި ޓީޗަރުންވެސް ހަމަ އެގޮތައް އުޅެނީ މިހާރު.
މީހަކު ގޮތަކަށް އުޅުނޭ ކިޔާފަ ހުރިހާ ޓީޗަރުން ބޮލުގަ ތިވަރުގެ ތުހުމަތެއް އެޅުވުން އެއީކީ ރަނގަޅު ގޮތެއް ނޫން. ކޮންމެ ދާއިރާއެއްގައި އުޅުނަސް ޖަނަވާރުން ވާނީ ޖަނަވާރުންނަށް. ދެންތިބި އެންމެނަށް އަމާޒުވާގޮތަށް ވާހަކަ ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން.
ބެލެނިވެރިން ނުރުހުނ ފާޅުކުރަނީ ކީއްކުރަން...ކުދިން ޓިއުޝަނަށް ެބަ ފޮނުވާ އެމީހުން ޢުޅޭ ކޮޓަރިތަކަށް..ޖުދިން އުޅޭގޮތެއް ގިނަ ބެލެނިވެރިން ނުބަލާ...އެހެން ވީމަ ވާ ގޮތް...އަދި ގިނަ ބެލެނިވެރިން އުޅޭނީ ކުދިންނަށް ވުރެ ކުރީގަ...
ޑިވެހި ޓިޗަރުން އެބައުޅޭ ކްލާހުގަ ތިއްބާ ގުޅަން ފށާ ގޮތަށް ކުއްޖާ ސްކޫލު ނިމި މީހަކާ އިނދެ ކުދިން ލިބޭއިރުވެސް ފޯނު ކަނޑާނުލާ ދިވެހި ޓީޗަރުން...މީ ހަމަ ހަގީގަތް...
ޖަޒީރާ ރާއްޖެ ތަފާތުވާނެ
ކީއްވެ ވަކި ރަށެއް ނުބުނެވިގެން ތިއުޅެނީ ތިކަހަލަ ކަންތައްތައް ކުރަން މަގު ފަހިވެގެން ދިއުމަކީ ސިއްރު ކުރުން
ހުސްވެސް ދެކުނުގެ ރަށްރަށުގަ ދޯ މި ކަންކަން ހިނގަނީ؟ ހަހަހަހަ.
ތިދެން އެވަރު ކަމެއްތަ ؟ ޑީޕޯޓު ކޮއްލާ... އެހެންމިބުނީ އަބަދުވެސް ރާއްޖޭގަ މިކުރަނީ ޑީޕޯޓު ވިއްޔ
އެގަންޖާ 19 ވަރަށް ތަފާތު. ވަރަށް ޖަޒީރާ ވަންތަ.
މި ކަމުގައި ސްކޫލްގެ އަންހެން ދަރިވަރުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަންޖެހޭ. ކެރިގެން ކުރިމަތި ލި ކަމީ މިކަން މާ ފުޅާވެގެން ނުދިޔަ ސަބަބު ކަމުގައި ދެކެން. މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ތިޔަ ދަރިވަރުންނަކީ، ވަގުތުން ވަގުތަށް އެކްޝަން ނަގާ ދަރިވަރުންނަށް ވިކަމީ، ތިޔަ ދަރިވަރުންގެ ބެލެނެވެރިންނާއި، ކިޔަވައިދޭ ފަރާތްތަކުން ދަރިވަރުންނަށް ދަސްކޮށްދެއްވި އަގުހުރި ފިލާވަޅެއް. ކޮންމެ ދަރިވަރަކީވެސް ސާބިތުކަމާއެކު މި ފަދަ ކަންކަމުގައި ކުރިމަތިލުމުގެ ހިތްވަރު ހުރި ދަރިވަރެއްކަން މި އަދު ސާބިތުކޮށްދީފި. އިންޝާ ﷲ.
ސްކޫލަށް މީގެ 2އަހަރު ކުރިން ސީ.ސީ ކެމެރާ ސިސްޓަމެއް (ކޮންމެ ކްލާހެއްގައި ކެމެރާ ހަރުކުރެވޭ) ބެލެނިވެރިން ހަދިޔާ ކުރި. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ހުއްދަ ނުދީގެން މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފައި. މި ފަދަ ސިސްޓަމެއް ހަރުކުރުމަށް ބޭނުމަކަށް ވީ، ބެލެނެވެރިން މަޝްވަރާކުރުމަށް ފަހު، ކްލާހުގައި ދިމާވާ ގިިންނަ މައްސަލަތަކެއް ޙައްލުވެގެން ދާނެކަމަށް ދެކިގެންނެވެ. މި ސީ.ސީ ކެމެރާތައް ކްލާސް ރޫމް ނޫން ކޮންމެ ތަނެއްގައި ހަރުކުރުމަކީ ހުއްދަކަމެއްކަމުގައި ވާއިރު ކްލާސް ރޫމުގައި މި ސިސްޓަމް ހަރުނުކުރަންވީ ކީއްވެ ކަމެއް ނޭނގެއެވެ.
ނޫނޭ މިފަހަރު ތިހެނެއްނުވާނެ!
އުތުރުން ދެކުނަށް ދަމާލާފަ މިއޮތީ!
މިކަހަލެ ކަންކަމުގަ މީހާގެ ފޮޓޮޔާ އެއްކޮއް ޖަހާލުން ސަޅި ވާނެ
ކުދިންނަށް ޖިސްމާނީ އަނިޔާ ދީ ކުދިންގެ ގައިގަ ތަޅާ ދިވެހި ޓީޗަރުންވެސް އެބައުޅޭ. އދ. ޢަތޮޅު ގެ ރަށެއްގައި މިކަން ވަރަށް ގަދައަށް ހިނގާ. އެކަމު އެޓީޗަރ ވަޒީފާ ގައި...
ފުލުހުން އޭނަ އަށް ހިމާޔަތް ދޭނެ އެވެ. އަދި ގައުމަށް ވެސް ފޮނުވާލާ ނެއެވެ. ބިދޭސީ ޓީޗަރުންގެ ގެއަށް ޓިއުޝަން އަށް ނުފޮނުވާށެވެ. ކްލާހުގަ ކަން ހިނގާ ގޮތް ބެލެނިވެރީން ދަރިވަރުންނާ ސުވާލިކޮށް އަހާށެވެ.
މިޔައްވުރެން ބޮޑައް ޒިންމާދާރުވާންވެއްޖެ.މައިންބަފައިން ޓީޗަރުން މިކަމާގޮޅުންހުރިވެރިމް
ކޮންމެ ފަދަ ކަމެއް ކުރިޔަސް ހުދު ފޮތިހާސާފުވާނެ އެއީ ޓީޗަރެއްވީމަ!
މޮޅުކަމަކީ ދުލުން ބަޔާންކުރަންވެސް ދަތި ވާނެ އެމީހުންގެ ވާހަކަ!
ކުއްޖަކައްދިމާވާ ކަމެއް ގިނަފަހަރު ސުވާލެއްކޮއް އެކަމުގެ ވާހަކަ އަހާފިނަމަ ވަގުތުން ބެލެނިވެރިޔާ ކުއްވެރިވާނެ!
މަދުސުކޫލެއްގަ މިކަންވެސް ހިނގާ !
ހިތާމަޔަކީ ތަފާތު ކުދިންތިބޭނެކަން އަމިއްލަޔައް އެމީހުން ޤަބޫލް ނުކުރެވޭކަން!
އިންޑިއާ މީހެއް ކަމަށްވާނީ. ރީދޫ ބައިގަޑުގެ އަމުރހވެރިންވީމަ މައްސަލަ ނުހިގާނެ!
އިންޑިއާ ޓީޗަރެއްވީމަދޯ ޓީޗަރުގެ ނަން ޖަހާލަން ނުކެރުނީ.
ޑީޕޯޓު ނުކޮއް މިޤައުމުގައި ހުކުމް ތަންފީޒު ކުރާނެ ކަމަށް ހީކުރަން. ޑީޕޯޓް ކޮއްފިނަމަ އޭނަ ޤައުމަށް ފޮނުވުމަށް ފަހު އެއީ މިނިވަނެކެވެ
މެދުރާއްޖެ ތެރޭގެ ރަށެއްގަސްކޫލްޓީޗަރަކު ދަރިވަރުން ތަކަކަށް ޖިންސީ ގޯނާގެ ބޮޑުމައްސަލައެއް
ގައިބެދި ދުވަސްތަކަކަށްފަހު މިހާރު އަނެއްކާވެސް އެސްކޫލުން ވަޒީފާ ދީފަ ވަނީ
މީއެޖެންޑާ 19 ގެތަފާތަކީ