މިހާތަނަށް ރާއްޖޭގައި ހިންގައިފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުން ލަސްކުރަން ބޭނުންވާ ބަޔަކު ފުލުހުންގެ ތެރޭގައި އަދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތެރޭގައިވެސް އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިމޭރުމުން ވާހަކަދައްކަވާފައިވަނީ މަލިއްޔަތު ކޮމެޓީގައި ޕްރޮސެކުއުޓާ ޖެނެރަލް އައިޝަތު ބިޝާމް އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރޭގައި މިހާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ތިއްބެވި ކަަމަށް ވިދާޅުވުމާއި ގުޅިގެން މިިއަދު ކުރިއަށްދާ މަޖިލީހަށް އެނަންތައް ވީ އެންމެ އަވަހަކަށް ހާމަކުރުމަށް ގޮވާލައި ހުށަހަޅައިފައިވާ ކުއްލި މައްސަލައާމެދު ބަހުސް ކުރައްވަމުންނެވެ.

އިލްޔާސް ވިދާޅުވީ ހަމައެކަނި ޕީޖީ ބިޝާމް ދެއްކެވި ވާހަކަތަކުންވެސް އެމްއެމްޕީއާރުސީ ހިޔާނާތުގައި ގިނަ ބަޔަކު ޖެހިފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުުގެ މައްސަލައިގެ ތަހުގީގު ލަސްކުރުމަށް އޭގެ ތެރޭގައި ހިމެނުނު މީހުން މަސައްކަތް ކުރަމުންދާކަމަށާއި، އޭގެ ތެރޭގައި އޭސީސީ ގެ މެންބަރުންނާއި ފުލުހުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެނަ ވިދާޅުވި ގޮތުގައި އެއީ މިހާރުގެ އޭސީސީ މެންބަރުންނެއް ނޫނެވެ. އެއީ މީގެ ކުރީގައި އެ ކޮމިޝަމުގައި ތިބެވި މެންބަރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިލްޔާސް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކާ މެދުފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ަކމުގައި ވިޔަސް، ފަނޑިޔާރެއް ނުވަތަ ކެބިނެޓު މެންބަރެއް ކަމުގައިވީ ނަމަވެސް ފިޔަވަޅު އެޅުމަކީ ސަރުކަރުގެ ޒިންމާއެއް ކަަމަށާއި އެކަން ތަހުގީގުކޮށް ވީ އެނެމެ އަވަހަކަށް އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އިލްޔާސް ގޮވާލެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުޅުދޫ ކޮއި

    މީ އެކައްޗެއްވެސް އިނގޭ މީހެއް ނޫން

  2. ސައީދު

    މިއީ ސަރކާރު ގެ ތެރއިން މިހާރުވެސް ނާޖާއިޒުފައިދާ ނަގަމުންދާ ކޮރަޕްޓް ވެފައި ހުރިމީހެއް