މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން)އާއި ދެކޮޅަށް ބޭއްވޭ ސުލްހަވެރި ހަރަކާތްތަކަށް ފުރިިހަމަޔަށް ތާއިދު ކުރާކަމަށް އިލްމުވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.

އިލްމުވެރިންގެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔަނެއްގައި ބުނެފައިވަނީ އެމްޑީއެން އިން ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރެފައިވާ އުދުވާނީ ރިޕޯޓަށް އިންކާރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީނާއި މި ގައުމަށް ވަފާތެރި ރައްޔިތުން ކުރިއަށް ގެންދާ ހަރަކާތްތައް އިސްލާމީ ރިވެތި އުސޫލްތަކާއި ރާއްޖޭގެ ގާނޫނުގެ އުސޫލްތަކުން ބޭރުނުވާހާ ހިނދެއްގައި އެޖަމިއްޔާއިން އެންމެ ފުރިހަމައަށް ތާއިދުކުރާކަމަށެވެ.

އަދި އެފަދަ ހަރަކާތްތައް ހިންގުމަށް އިލްމުވެރިންގެ ޖަމިއްޔާގެ ފަރާތުން އިންކާރު ނުކުރާނެ ކަމަށްވެސް އެޖަމިއްޔާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ނޫސް ބަޔާނުގައި ވަނީ އެޖަމިއްޔާއިން އެއްވެސް ކަމެއް އިންތިޒާމްކޮށް ކުރިޔަށް ގެންދާނަމަ ރާއްޖޭގެ ހުރިހައި ކަންކޮޅަކަށްވެސް އެކަމެއް އަންގާނެ ކަމަށް ބުނެފައެވެ.

އިލްމުވެރިންގެ ޖަމިއްޔާއި ވަނީ އެއްވުންތައް ކުރިއަށް ގެންދިއުމުގައި ބަލަން ޖެހޭ ކަންކަން ހާމަކޮށްފައެެވެ. އޭގެ ތެރޭގައި ނަމާދު ގަޑިތަކުގައި ހަރަކާތްތައް ނުހިންގުމަށާއި، އެފަދަ ހަރަކާތްތައް ހިންގުމުގައި މާރަމާރީ އަށް މަގުފަހިވާފަދަ އެއްވެސް ކަމަކަށް ހިއްވަރު ނުދިނުމަށާއި، މީހުންނަށް އުނދަގޫ ނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ވަނީ އިރުޝާދުދީފައެވެ.

އިިލްމުވެރިންގެ ޖަމިއްޔާއިން މިކަންކަން ކުރާނެ ގޮތް އާންމުކޮށްފައި ވަނީ ބައެއް ފަރާތްތަކުން އިންތިޒާމް ކޮށްގެން ބާއްވާ މުޒާހަރާ ތަކާއި ހިނގައިލުން ތަކުގައި ބޭނުންކޮށްގެން ނުވާނެ ބައެއް ބަހުރުވަތަކާއި، މާރާމާރީ އަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ގޮވާލުމުގެ ސަބަބުން އެ މައްސަލަ ހޫނުވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ރައްޔިތުން ކަންކުރާގޮތަށް ފާޑުނުކިޔާ އިލްމުވެރިންނޭ ތިކިޔާ މީހުން މަޑުންތިބޭ. ކަލޭމެން ކަލޭމެންގެ ބަސްބުނޭ. ރައްޔިތުންނަށް އެނގޭނީ އެމީހުން ކުރާނެކަމެއް.

    10
    3
  2. ޒާ

    ކަލޭމެންނަކީ މިސަރުކާރުގެ މަތި އޮމާންކުރަން ތިބި އޭޖެންޓުންކަން ޢިލްމުވެރިންނޭކިޔާބަޔަކު އިންތިޒާމުކުރި ނޫސް ކޮންފަރެންސް ފެށުމުގެ ކުރިން ކީ ޚުތުބާއިންވެސް ދޭހަވި. ބޭނުމެއްނޫން ކަލޭމެންގެ ބަސްއަހާކަށް. ތީ ސަރުކާރުގެ ރޭވުމަށް ނެރެފައިވާ ބައެއް.

  3. ބިޖޫ

    މޑނ އުވާލަން މާލަސްވެސްވެއްޖެ އިބޫ ހުރީ ސަހިންދާގެ ފާތްދަށުވެ ނަގޫފިތިފަތަ؟ ކިހާދެރަކަމެއްތީ އިބޫ ރީތިކޮން ދެން އިސްތިއުފާ ދީފަ ސަހިންދާފަހަތުނދުވެބަލަ އެކަންވާނެތަ؟ ކަލޯޔައް މޑނ އުވާލާ އުވާލާ އަވަސްކުރޭ