އިސްލާމްދީނަށާއި މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލާ ރާއްޖޭގެ 78 ކައުންސިލަކުން ބަޔާން ނެރެފި އެވެ.

އޭގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނެ އެވެ.

އެ ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައިވަނީ އެމްޑީއެންގެ ރިޕޯޓް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާއަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި ޖަމިއްޔާ އުވާލުމަށް ވެސް ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ.

އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތު ނެތްކަން އަމަލާ ބަހުން ދެެއްކުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުންވެސް އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

އެމްޑީއެން އުވާލުމަށް ގޮވާލި ކައުންސިލްތަކަކީ:

  • ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
  • ހދ. ނެއްލައިދޫ ކައުންސިލް އިދާރާ
  • ގދ. ދެއްވަދޫ ކައުންސިލްގެ އިދާރާ
  • ގދ. ތިނަދޫ ކައުންސިލްގެ އިދާރާ
  • ރ. ކިނޮޅަހު ކައުންސިލްގެ އިދާރާ
  • ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ
  • ތ. ހިރިލަންދޫ ކައުންސިލްގެ އިދާރާ
  • ތ. ވޭމަންޑޫ ކައުންސިލްގެ އިދާރާ
  • ކ. ގުރައިދޫ ކައުންސިލްގެ އިދާރާ
  • ކ. ހިމަންފުށީ ކައުންސިލްގެ އިދާރާ
  • ތ. ވަންދޫ ކައުންސިލް އިދާރާ
  • ނ. ލަންދޫ ކައުންސިލްގެ އިދާރާ
  • ހއ. އުލިގަމު ކައުންސިލްގެ އިދާރާ
  • މ. ދިއްގަރު ކައުންސިލްގެ އިދާރާ
  • ހދ. ނައިވާދޫ ކައުންސިލްގެ އިދާރާ
  • ތ. ކިނބިދޫ ކައުންސިލް އިދާރާ
  • ތ. ކަނޑޫދޫ ކައުންސިލް އިދާރާ
  • ރ. އިނގުރައިދޫ ކައުންސިލްގެ އިދާރާ
  • ދ. މީދޫ ކައުންސިލްގެ އިދާރާ
  • ނ. މަނަދޫ ކައުންސިލްގެ އިދާރާ
  • ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާ
  • ރ. މާކުރަތު
  • ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
  • ބ. ގޮއިދޫ ކައުންސިލްގެ އިދާރާ
  • ހދ. ނޮޅިވަރަމް
  • ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ
  • ތ. ދިޔަމިގިލީ ކައުންސިލް
  • ހދ. އަތޮޅު ކައުންސިލްގެ އިދާރާ
  • ބ. ކިހާދޫ ކައުންސިލް އިދާރާ
  • ނ. މާފަރު ކައުންސިލްގެ އިދާރާ
  • ހދ. ކުރިނބި ކައުންސިލްގެ އިދާރާ
  • ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާ
  • މ. މުލަކު ކައުންސިލްގެ އިދާރާ
  • ށ. ފުނަދޫ ކައުންސިލްގެ އިދާރާ
  • ށ. ކަނޑިތީމް ކައުންސިލްގެ އިދާރާ
  • އއ. ބޮޑުފުޅަދޫ ކައުންސިލްގެ އިދާރާ
  • ތ. ބުރުނީ ކައުންސިލްގެ އިދާރާ
  • އދ. ދަނގެތީ ކައުންސިލްގެ އިދާރާ
  • އދ. މާމިގިލި ކައުންސިލްގެ އިދާރާ
  • ތ. ގުރައިދޫ ކައުންސިލްގެ އިދާރާ
  • ތ. ވިލިފުށީ ކައުންސިލްގެ އިދާރާ
  • ށ. ބިލެއްފަހި ކައުންސިލްގެ އިދާރާ
  • ނ. ފޮއްދޫ ކައުންސިލްގެ އިދާރާ
  • ހއ. އުތީމް ކައުންސިލްގެ އިދާރާ
  • އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ
  • ކ. ގާފަރު ކައުންސިލްގެ އިދާރާ
  • ހއ. ބާރަށް ކައުންސިލްގެ އިދާރާ
  • ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
  • ފ. ނިލަންދޫ ކައުންސިލްގެ އިދާރާ
  • ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ
  • ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
  • ށ. ނަރުދޫ ކައުންސިލްގެ އިދާރާ
  • ގއ. ކޮލަމާފުށި ކައުންސިލްގެ އިދާރާ
  • ހއ. ވަށަފަރު ކައުންސިލްގެ އިދާރާ
  • ތ. މަޑިފުށި ކައުންސިލްގެ އިދާރާ
  • ލ. ފޮނަދޫ ކައުންސިލްގެ އިދާރާ
  • ގދ. ގައްދޫ ކައުންސިލްގެ އިދާރާ
  • ގއ. ނިލަންދޫ ކައުންސިލްގެ އިދާރާ
  • ނ. ހެނބަދޫ ކައުންސިލްގެ އިދާރާ
  • ޅ. ނައިފަރު ކައުންސިލްގެ އިދާރާ
  • ބ. މާޅޮސް ކައުންސިލްގެ އިދާރާ
  • ޅ. އޮޅުވެލިފުށި ކައުންސިލްގެ އިދާރާ
  • ގދ ނަޑެއްލާ

ކައުންސިލްތަކުން މި ޖަމިއްޔާ އުވާލުމަށް ގޮވާލާ ބަޔާން ނެރެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ، މި ޖަމިއްޔާ އުވާލާ ޖަމިއްޔާގެ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

މީގެ އިތުރުންވެސް އެމްޑީއެން އުވާލުމަށް ގޮވާލާ ބާއްވާ ސުލްހަވެރި ހަރަކާތުގައި ފުރިހަމަ އަށް ބައިވެރިވާނެ ކަމަށް އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެންދެރި

    ސުވާލު ކުރެވޭ ދުވަހު އެކަމާ ދެކޮޅަށް އެކިގޮތްގޮތުން މަަަސައްކަތް ކުރި މީހުންނަށް އިރާދަ ކުރެއް ވިއްޔާ ހެޔޮ ޖަޒާ ލިބޭނެ އެވެ .

    15
  2. އާމިނަ

    ސާބަސް ކައުންސިލް ތަކަށް.
    ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީން.
    މީ ދިވެހިން ފަޚްރުވެރިވާ ދިވެހިރާއްޖެ.
    މިރާއްޖޭގައި ﷲ ގެ ރަޙްމަތް ފުޅާއި އެކު އަބަދުވެސް އޮންނާނީ މާތްވެގެންވާ އިސްލާމްދީން
    ހުރިހާ ދިވެހިންގެ ޝިއާރަކީ:
    "އެންމެއިސްކަން ދޭށެދީނަށް ދެން އެއަށްފަހު ވެރިއަކަށް، ދެން ކުރާށޭ ހެޔޮ ޢަމަލު ދީނާވެރިން އަންގާގޮތަށް"

    30
  3. Anonymous

    އދދިގުރަށުކައުންސިލްގަތިބީކޮންދީނެއްގެބައެއްބާ?

    9
    1
  4. ވާނުވާ

    ހދ ކުމުންދޫ ކައުންސިލް އަކީ ލާދީނީ
    ފިކުރުގެ ކައުންސިލެއްތަ؟

  5. މަކަރޭ

    ތި ރިޕޯޓު ކުށްވެރި ނުކުރާ ކައުންސިލްތައްވެސް ބުނެލަދީ ބަލަ. ލާދީނީ ކައުންސިލްތައް އެބަޖެހޭ ރައްޔިތުންނަށް އިނގެެން ވަކިން ހާއްސަކޮށް

  6. ފައިޞަލް ނަޖީބު

    ގދ. ނަޑެއްލާ ކައުންސިލްގެ ނަން ތި ލިސްޓްގައި ހިމަނާފައި ނުވޭ އަދި ވެސް ބައެއް

    އެހެން ކައުންސިލް ތަށްވެސް ތި ލިސްޓްގައި ހިމނާފައިނުވާކަން ފާހަގަކުރެވޭ

  7. އިހަވަންދޫ ރައްޔިތެއް

    މި ރަށުގެ ކައުންސިލަރުން ތިއްބެވީ ނިދާފަތޯ. ނޫނީ ހިނދުކޮޅުގަތަ. ބަލަ މުޅި ގައުމު މި ކަމަށް ނަފުރަތު ކުރާއިރު ގައުމު ފަސާދަ ކުރާ ވެރިއެއްގެ ފަހަތުގައި ނުތިބެބަލަ ﷲ އަށް ބިރުވެތިވޭ.

  8. ސާބަސް

    ތިކައުންސިލްތަކަށް ސާބަސް. އެމްޑީއެން އަކީ ހަރުކަށި އައްދުފަހަނައަޅާފަވާ ޓެރަރިސްޓް ޖަމާއަތެއް. މި މީހުން މިކުރިކަމަކީ ރާއްޖެބައިބާކޮށް ދާޚިލީ ހަގުރާމައެއް އުފައްދާ އޭގެތެރެއިން އިސްލާމުން އެކަކުއަނެކަކު އަމިއްލައަށް މަރާ އިސްލާމުން ދުނިޔެއިން ނައްތާލުމަށް ހުޅަގުން/ އެމެރިކާއިން ކުރަމުންދާ މައްކަތުގަ ބައިވެރިވުން މީ ތަނެއްދޮރެއްނުދަންނަބަޔަކު މަޤާމާއި ފައިސާގެ ދަހިވެތިކަމުގަ ކުރާކަމެއް. ﷲ ގެ ވާގިފުޅާއެކު ދިވެހިން މި ސަރުކާރަށް އަދަބުދޭނެ.