ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ބީލަމަށްނުލައި ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ހުށަހަޅާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. އޭނާ ހުށަހަޅާފައި ވަނީ އެކަމާ ބެހޭ މައުލޫމާތު ސަރުކާރުންނާއި ދައުލަތުގެ ކަމާބެހޭ ވުޒާރާތަކުން ހޯދުމަށެވެ. އެކޮމެޓީގައި ބައިވެރިވި މެންބަރުންގެ ވޯޓުން ވަނީ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ފާސްވެފައެވެ.

ޕްލޭނިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގެ ދަށުން ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހެން އެކަން ކޮށްފައިވަނީ އެފަދަ ބޮޑު މަޝްރޫ އަކަށް ހޭދަވާނެ ޖުމްލަ ފައިސާއަށް ވިސްނާފައި ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.

މިމަޝްރޫގެ އެއްބަސްވުމުގައި އެކުންފުޏާއެކު ޕްލޭނިން މިނިސްޓްރީ އިން ސޮއި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަޝްރޫގެ ދަށުން ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ.

މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިދިޔަ ސަރުކާރުން ބިން ހިއްކުމަށް ގެނެސްފައިވާ ޑްރެޖަރު މަހާޖައްރާފް އޮއްވައި، އެމްޓީސީސީ އާ ހަވާލުނުކޮށް އެ މަޝްރޫ ހިންގުން ބޭރުގެ ކުންފުންޏަކާ ހަވާލުކުރުމުން އެފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ގުޅިފަޅުގައި މިހާރު ހިއްކުމަށް ހަމަޖެހިފައިވާ ސަރައްހައްދައް ވުރެ ބޮޑު ސަރަހައްދަކަށްވެފައި އެތަނަށް ހޭދަވި ފައިސާގެ އަދަދު މަދުކަމުން މިމަޝްރޫއާ މެދު ސުވާލު އުފެދޭ ކަމަށް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޕަވާން

  ބޮސްކާލިސް އަކީ މީގެ ކުރީންވެސް ގުޅިފަޅު ޕުރައިވެޓް ކުންފުންޏެއްގެ ގޮތުގައޮތްއިރު އެ ކުންފުނީގެ ޝެޔާ ހޯލްޑާރއެއް. ވީމާ މިއީ ތަހުގީގު ކުރަންޖެހޭ ކަމެއް.

  13
  • ފަނާ

   ކޮއްކޮހިއްސާވާ ކުންފުން ޏެއް މަޖްލިސްގަ ތިބީ ބޭބެއާ ކޮއްކޮ ދެންކޮން މައްސަލައެއް ބެލޭނީ ނިމޭނީ އެމީހުންގެ ކޮޅަ ކަށްނު

 2. ނުރަބޯ

  ރީނދޫ ވަގުން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ހަމަ އޯކޭ.

 3. މިއަދު

  ދެން އެގްރިމަންޓްބާތިލުކޮށް ގެއްލުމުގެބަދަލުގެގޮތުގައި 50 މިލިއަންޑޮލަރުދީ

 4. އަބޯ

  މާލިއްޔަތު ގަވާއިދުގަ ދެވިފައިވާ އިހްތިޔާރަކީ ގައުމުގާ ވަސީލަތެއްނެތް ކަންކަމުގާ ބިޑަކާ ނުލާދެވޭ އުސޫލު . ގައުމުގާ އެވަސީލަތް ހުންނަކަންކަން ޖެހޭނީ އިންޓަރނޭސަލަން ނުވަތަ ލޯކަލް ބިޑަށް ހުށަހަޅަން އެގޮތުން ބިޑްކާމިޔާބުކުރާ ބަޔަކަށް ދެވޭނެ. އމްޓީސީސީގަ އެވަސިލަތް އެބަހުރި އެޓިސީސީ އަށް އެބިޑް ލިބުމުން އެބިޑްގެ މަންފާލިބޭނީ ހިއްސާދާރު ދިވެހިންނަށާ ދިވެގައުމަށް ވީއިރު އެމްޓީސީސިއަށް ނުދީ ބޭރުބަޔަކަށް ދިނުން ހިޔާނާތާ ކަރެޕްސަނަށް ނުވާނެ ގޮތެއް ނުވިސްނޭ.

 5. ބިންގޯ

  މަސައްކައް ހަވާލުކޮއް އެގްރީމަންޓް ގައި ސޮއިކޮއް ނިމުނީމަ ދެން ކޮންކަމެއްތޯ ބަލަނީ. މީއީ އިންސާފުން އަދި ދެފުއް ބަލާފަ ކަންތައްތައް ނިންމަން އައި ސަރުކާރެއް ނޫންތޯ.