މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެންޑީއެން) އާއި ދެކޮޅަށް މާލޭގައި މުޒާހަރާއެއް ބާއްވަން އިދިކޮޅު ޕާޓީތަކުން ނިންމައިފިއެވެ.

މިކަން އިއުލާންކުރީ މިހާރު ކުރިއަށްދާ އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި މުޒާހަރާ އޮންނާނީ މާދަމާ ރޭ 20:30ގައި ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ޕީޕީއެެމް އާއި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަކީ ވަރަށް ބިރުވެރި ރިޕޯޓެއް ކަމަށެވެ.

"އެއީ ހަމައެކަނި ޖަމިއްޔާއެއް ނޫން. އެއީ މިސަރުކާރުގެ ތެރޭގައި މޫލާފައި އޮތް، ޖަމިއްޔާއަކަށް ވުރެ ބޮޑު އެއްޗެއްގެ ގޮތުގައި މިފެންނަނީ. އެއީ ވަރަށް ރޭވުންތެރިކަމާއި އެކު މިގައުމުން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރަމުން ގެންދާ ޖަމިއްޔާއެއް. މިކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ އެބައޮތް." ޝިޔާމް ވިދާޅުވިއެވެ.

އެމްޑީއެން އުވާލުމާއި ދެކޮޅަށް އަޑުއުފުލާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ވާތީ ސަރުކާރަށް އަޑުއިއްވަން މުޒާހަރާއެއް ބާއްވަން ނިންމެވީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީއެން އުވައިނުލެވިގެން އުޅެން އުޅެނީ ކީއްވެތޯ ރައްޔިތުން ސުވާލު ކުރަމުން އެބަގެންދަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އެމްޑީއެން އިން ރިޕޯޓް ތައްޔާރު ކުރުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. "މިއަދު ފެންނަ މަންޒަރަކީ އެމްޑީއެން އަށް ފިޔަވަޅު އަޅަން ގޮވާލާ މީހުންނާއި މެދު ފިޔަވަޅު އަޅަމުން ގެންދާ މަންޒަރު." ޝިޔާމް ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލަ އޮއްބާލަން ސަރުކާރާއި އެމްޑީޕީ އިން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ތުހުމަތު ވެސް ޝިޔާމް މިއަދު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ވެސް އެމްޑީއެންގެ މައްސަލަ އޮއްބާލަން ކަމަށެވެ. ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އެމްޑީއެން އިން ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓެއްގެ މައްސަލަ ހޫނުވިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެޖަމިއްޔާ ސަސްޕެންޑް ކުރުން ފިޔަވައި އަދި އިތުރު ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ. ނަމަވެސް އެ ރިޕޯޓް ތައްޔާރު ކުރި މީހުންގެ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އާދަނު

  މި މުޒާހަރާ ގައި ސިޔާސީ އެވެސް ފަރާތެއް ބައިބެރި ނުވުން ރަންގަޅުވާނީ މީ ސިޔާސީ ކަމެއް ނޫން އެކަމު މިކަން ސިޔާސީ ކުރަން ވ މަސަކަތް ކުރޭ

  9
  4
  • Anonymous

   ސިޔާސީ މީހުންވެސް ދެން ތިބި މީހުންވެސް ބައިވެރި ވާންވީ. އެކަމާ ދެކޮޅު ހަދަނީ ދީނާ ސިޔާސަތު ވަކިކުރަން ޖެހެޔޭ ބުނާ ސެކިއުލަރިސްޓުން

 2. މމ

  އެމް.ޑީ.އެން އުވާލުމާ ދެކޮޅަށް އަޑު އުފުލާ ހަމައެކަނި ޕާޓީ އަކީ ޕީ.ޕީ.އެމް ކަމަށް ވާތީ ޔޯ ހަބަރުގަ ލިޔެފަ އޮތީ، މިވީ ކިހިނެތް އުވާލުމާ ދެކޮޅު ހެދުމަކީ އެމީހުންނާ އެއްކޮޅު ވުމެއް ނޫންބާ??‍♂️??‍♂️??

  4
  5
 3. ނަސޭހަތް

  ރާއްޖެ އިސްލާމްވިިތާ އަށްސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވީއިރު އެއްފެސް ވެރިކަމެއްގަ ދީނަށް ފުރައްސާރަކުރަން ދޮރު ހުޅުވާލަދީފަ ނެތް. މިިއަދު ނަޝީދު އާއި އެމްޑީޕީގެ މަޖިލިސް މެޖޯރިޓީ އޮވެ އިބޫ ވެރިކަމުގައި ހުރެ މިދަނީ އެދޮރު ހުޅުވަމުން. ބުނެލަން އޮތީ ތިހުޅުވާލި ދޮރުގެ ސަބުބުން ދެން މިދިވެހި ފަސްގަނޑުގައި މުސްތަގުބަލުގަ ދީނަށްކުރާ ކޮންމެ ފުރައްސާރައެއްގެ ފާފަ އިބޫ އަދި އެމްޑީޕީ މަޖިލިސް މެންބަރުން ބޮލުގަ އެޅޭނެކަން ހަނދާންކުރައްޗޭ!

  35
  1
 4. ޫޫޔެސް

  މަވެސްނުކުންނާނަން

  13
 5. Anonymous

  ކުރުން ލަސްވެއްޖެ ކަމެއް

  11
 6. އާމިނަ

  ކޮބާތޯ އެހެން ޕާޓީތައް
  ޚަބަރެއް ހިލަމެންނުވޭ.ﷲ ގެ ދީނާއޭ ކުޅެލަނީ.
  ބޭނުން ދީނަކަށް އުޅެން ބޭނުންވާ މީހުން މިތަނުން ފެއްސި ގެން ދާންވީ. މިދިވެހިރާއްޖޭގައި އިތުރުދީންތައް ފަތުރަށް ނަހައްދަވާ އެއްވެސް ބޭފުޅަކު. އެމްޑީޕީގައި ތިބި ޢާއްމު ރައްޔިތުން ވިސްނާ މިމީހުން މިގަންނަ ގަނޑު. ދުރާލާ ރާވައިގެން ފާޑުފާޑު ޖަމްޢިއްޔާ ހަދާގެން. ދީނާކުޅުން. ނުވިތާކަށް ދުޢާދެއްވާފައޭ ކިޔަކިޔާފަ ޝޭޚުން އެބަ ޖެހެއޭ މިމީހުންގެ މަޅީގައި. މިގައުމުގައި 30 ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެެސް އެމްޑީޕީ ދަހެއްނުވި. ދީނަށް ޓަކައި ޤައުމަށްޓަކައި ޖަލުގައި އެކަނި އޮވެ މަރުވަންވިޔަސް އަހަރެމެން ނަމަ މިބައިގަނޑަކާ ނޫގުޅުނީމުސް. އޭ މިޤައުމުގެ ދީނާ ކުޅޭނެތީ.

 7. ޖުމާ

  ވަރަށް ބޮޑު ރޭވުންތެރިކަމާ ބުހުތާން ތާން ދޮގު ފަތުރާގެން ވެރިކަމަށް އައި ބައެއް މިސަރުކާރުމިއީ؟ އޭރު ސަރުކާރުގައި ތިބި މީހުން އޭރުވެސް ހަލޭލަމުން ދިޔައި މިސަރުކާރު ރާއްޖޭގެ ވެރިކަމަށް އައިސްފިނަމަ ކަންތައްވާނީ މިގޮތަށް ކަމަށް. އޭރު އެއްވެސް ބަޔަކު މިވާހަކަ
  ކަންފަތަކަށް ނުވެއްދި . ހީކުރީ ވެރިކަމަށް އެހެން ބަޔަކު އަތުވެދާނެ ކަމަށް ދެއްކި ދޮގުވާހަކަ ތައް ކަމަށް. މިހާރު އެކންތައް ފެނިފަ މިއޮތީ.ބޭރު ޤައުމުތަކާ އެކު ގުޅުން މިސަރުކާރުން އެހާވަރަށް ބަދަހި ކުރުމުގެ ނަތީޖާ މިފެންނަނީ.

 8. ކުމާރު

  ޕީޕީމެމް ދޮރުމަތީ ބާއްވާ މުޒާހަރާ އަކަށް ނުދާނަން ވ ސަަފު ކޮށްމިބުނީ.. ތީ ޕާޓީ ހަރަކާތެއް.. ޤައުމީ ޙަރަކާތެއް ނަމަ ދިޔާމުސް ވ ފޯރީގައި. އެކަމް ތިތހަނަށް ހަމަ ބުނާނީ ބިގް ނޯޔޭ

  • ބޭހޮއްކޮ

   ތިކަހަލަ މުނާފިގުން މިގައުމުގަ ގިނަވެގެން ގޮހޭ މިކަހަލަ ކަންތައް މިވަނީ

  • ބޭހޮއްކޮ

   ކުމާރައް ބުނެލަން އޮތީ ތިކަހަލަ މުނާފިގުން މިގައުމުގަ ގިނަވެގެން ގޮހޭ މިކަހަލަ ކަންތައް މިވަނީ

 9. ޢާދަނުބެ

  ޜައަިތުން މިހާރު އިބުރާހިމް މުހައްމަދު ސޯލިހުއައް ވޯޓު ދެވުނީތީ ހިތާމަ ކުރާނެ ލާދީނީ ބައިގަނޑެއް ހެެޔޮވެރިކަމޭ އެޖެންޑާ19 ކިޔަަފަ އައިސް މުޅި ގައުމު ހަމަ ނުޖެހުމަކަށްވަޢްޓާލީ އެކަމުގެ އެންމެ ކުރީގަ މިހުންނަނީނަސީދު މީ ބިރުހުރިކަމެތް ހުވި ކަމާއެކު މިގައުމުގަ ސެކިއުލިޒަމް ފެތުރެމުން މިދަނީ