ރާއްޖެއިން އިސްލާމް ދީން ފޮހެލައި އެހެން ދީންތަކަށް ޖާގަ ދިނުމަށް ކުރާ މަސައްކަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ބާރަށު ދާއިރާގެ ކުރީގެ މެންބަރު މިހާރު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލަން ފެށުމުން ޕްރޮސެކިއުޓަރ ޖެނެރަލް ބިޝާމަށް އަންނަ ޕްރެޝަރު އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ބޭން އެމްޑީއެން ހަރަކާތް ހިނގީމާ ޕްރޮސެކިއުޓަރ ޖެނެރަލް އަށް އަންނަ ޕްރެޝަރު. އަޅުގަނޑުމެން މިތިބީ މާދަމާ އަޅުގަނޑުމެން އެންމެންގެ ނަން އެކަމަނާ ހުށަހަޅުއްވާނެ ކަން އެނގިގެން. އެއީ އަޅުގަނޑުމެންނަށް މައްސަލައެއް ނޫން." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެބޭފުޅުން ތިއްބެވީ ޕީޖީ ބިޝާމަށް ދޫދެއްވާ ގޮތައް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ޕީޖީ ބިޝާމް އަކީ ސިޔާސީ ރަންޑިއެއްކަން. މިއީ އަޅުގަނޑުމެން އަބަދުވެސް ދައްކާވާހަކަ. އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ދެއްކި ވާހަކަ. އަޅުގަނޑުމެން މިތިބީ ބިޝާމް ދައްކާ އެއްވެސް ވާހަކައަކަށް ދޫދޭ ގޮތަކަށް ނޫން. ހާއްސަކޮށް ދީން ފޮހެލުމަށް މިކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން ތުހުމަތު ކުރަން މިހާރު ބިޝާމް އެއީ." ޝުޖާޢު ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލައިގައި ވާހަކަ ދެއްކުމުގެ ފުރުސަތު އިދިކޮޅު މެންބަރުންނަށް މަޖިލީހުގައި ނުލިބޭ ކަމަށާއި އެއީ "މިކަމުގައި މައި މޫ ކަމަށްވާ" ނަޝީދު ރާއްވަވައިގެން ކުރައްވާ ކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވެސް ވަނީ އެމްޑީއެން އާއި ދެކޮޅަށް މާދަމާ ރޭ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބާއްވާ އެއްވުމުގައި ވިހައިވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް ގޮވާލާފައެވެ.

އެމްޑީއެން އިން ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓެއްގެ މައްސަލަ ހޫނުވިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެޖަމިއްޔާ ސަސްޕެންޑް ކުރުން ފިޔަވައި އަދި އިތުރު ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ. ނަމަވެސް އެ ރިޕޯޓް ތައްޔާރު ކުރި މީހުންގެ މައްސަލަ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ވަރަށްރަގަޅުވާހަކައެއް އިސްލާމްދީން
    މަތީހުުރިއެއްވެސްމީހަކު އައުރަނިވާނުކޮށް
    ނޫޅޭނެ

    14
    2
  2. މަ

    ޝުޖާޢު މެންގެ ނިޔަތް ސާފްނަމަ މަވެސް ތި މީހުންނާއި އެއްބައި

  3. ނާޒުކު

    މި ކަމަނާ މަގާމުގައި ބަހައްޓަން އެއްބަސް ކުރުވާފަ މި ކަން ދޯ މިކުރީ. ﷲ އަށް ބިރުވެތި ނުވާ މީހުން ގިޔާމަތްދުވަސް އަންނަކަންވެސް ގަބޫލެއް ނުކުރާނެ

  4. ބަޢާވާތް

    އަޖައިބެއް ނުވާނެތަ؟ ފޮހެލުމަކީ އެހާ ފަސޭހަ ކަމެއްތަ؟

  5. ޓުކުރި

    ތިޔައީ އަގުވެޢްޓިފައިވާ މީހެއް އަވަހަށް ބޭރުކުރޭ.