އެންމެ ފުރަތަމަ ބަލަން ޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ މައްސަލަ ކަމަށް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވިފައިވާ ކޮމިއުނިޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ތިން ވަޒީރެއްގެ ނަން މަޖިލީހުގެ ކޮމެޓީއެއްގައި ޕީޖީ ބިޝާމް އިއްޔެ ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި މަލީހް ވެސް ހިމެނެއެވެ. މަލީހްގެ ނަން ބިޝާމް ހާމަކުރެއްވުމުން މަލީހް ގެންދަވަނީ ވަރަށް ބޮޑަށް ބިޝާމަށް ފާޑުވިދާޅުވަމުންނެވެ.

މަޖިލީހުގެ ކޮމެޓީއެއްގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރެއްވި ނަންތައް އާއްމުވުމުން އެމައްސަލަ ބަލަން ކޮމެޓީން ނިންމާފައި ވާތީ މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ކަނޑައެޅިގެން ބޮޑެތި ބުހުތާން ދޮގު ހަދާ، މީހުންގެ އަބުރު ކަތިލާ ބިޝާމްގެ މައްސަލަ ކަމަށެވެ. "ކޮމެޓީން ނިންމި ގޮތައް ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭ، ޕީޖީ އޮފީސް ތާހިރު ކުރަން ޖެހޭ." މަލީހް ވިދާޅުވިއެވެ.

މަލީހް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމެޓީގެ އިތުބާރު ގެއްލި އަދި ވަކިކުރަން ނިންމާފައިވާ، ފާއިތުވި ފަސް ވަރަކަށް އަހަރު އެތައް ބޭއިންސާފު ދައުވާއެއް އެތައް ރައްޔިތުންނަށްކޮށް މުޅި ޕީޖީގެ މުއައްސަސާ ޚަރާބުކޮށްފައި އިން ޕީޖީ އަށް ދައްކާވާހަކަ ގަބޫލު ކުރާކަށް ނުޖެހޭ ކަމަށެވެ. "އެންމެ ފުރަތަމަ ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންދޭ." މަލީހް ވިދާޅުވިއެވެ.

މަލީހަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރުމާއި ގުޅިގެން އޭނާ ވަނީ ބިޝާމާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ރާއްޖޭގައި އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނެއް ނެތެވެ. އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު އުވާލަން މަޖިލީހުން ފާސްކުރި ޤާނޫނުގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް އަލުން އަމަލު ކުރަން ހިމަނާފައި ވީނަމަވެސް އެޤަވައިދު އޭގެ ފަހުން އަދިވެސް ގެޒެޓް ކޮށްފައި ނުވާތީ އެޤަވައިދަށް އަމަލު ނުކުރެވޭނެ ކަމަށް ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން އަބުރާއި ބެހުމަކީ މިހާރު ރާއްޖޭގައި ޤާނޫނަކުން އަދި ޤަވައިދަކުން ވެސް މަނާ ކުރާކަމެއް ނޫންކަމަށް ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަސަން

    އަބުރުގެވާހަކަނިދައްކަ ތަކީއަބުރައް
    އޮއްމީހައްނުން

    10
    29
  2. Anonymous

    މީނަވެސް އެ ކޮރަޕްޓް ފައިސާ ބޭނުންކުރިކަން އެގެންފެށުމާއެކު ހާދަވަރަކަށް ބިރުގަނެގެން އުޅޭތަން މިފެންނަނީ، ތިގޮތަށް ތުރުތުރު އަޅައިގެން އުޅުމުގެ ސިއްރެއްވާނެ ދޮތެ؟؟

    9
    1
  3. ޢަލިއާ

    ހަގީގަތުގަވެސް މި މަލީހު އަކީ ވަރަށް ނުބައި، ނުލަފާ މީހެއް ލޮލުން ދެކިފަ މިބުނީ... އާދާގެ ދެރަނިކަމެއްޗަކަށް މީނަ ހަދާލަން އުޅުނު ގޮތް މިހާރުވެސް ހަނދާން އެބަހުރި.

  4. Anonymous

    ބިށަާމުއަާއިގެން އަބުރުގެދައުވަާ ކުރުމުގެބަދަލުގައި ޖެހެނިިީ ވަޒިީރު ކަމުން އިސްތިއުފަާދެއްވަން

    9
    1
  5. ޠާހާ

    ފަޅާއަރުވާލީމަ ރުޅިގަދަވަނީ.

    11
    1
  6. ޢަދުރޭ

    ކީރިތި ޤުރްއާނުގައި އޮންނަނީ
    ( لا تزر وازرة وزر اخري ). ކުށްވެރިވެފަ ވާ މީހާ އަނެކާގެ ކުށުގެ ވާހަކަ ނުދައްކާށެވެ.

  7. ބޯސާމް

    އިބޫ ކިޔާމީހަކަށް ވެސް ތިފައިސާ ލިބިފައިވާކަމަށް ކިޔާއުޅޭދޯ ކީއްވެތަ އެވާހަކަ ނުދައްކަނީ

    15
  8. ހުސްނު ނޫނު

    ބިޝާމު މަލީހުގެ ކޮރަޕްޓް ވާހަކަ ބުނީމަ، ހުނބުޅުކޮޅު ގޮސް ހަން މެށެންދެން ތެޅެނީ ތީ ކޮންމެސް ނުބައެއް އޮތީމް...

  9. މުޙައްމައިދީ

    މަލީހޫ ކެކެކެކެ. މަލީހޫ... ހަހަހަ