މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓުގެ ސަބަބުން އެ ޖަމިއްޔާ އަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ މެންބަރުން އެ ޕާޓީއާމެދު ނަފްރަތު އުފެދިފައިވާ ކަމަށް އައްޝައިޚް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

ޝޭހް ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ފެންމަތިވި ފަހުން އޭނާ އާއި އެމްޑީޕީގެ އެތައް މެންބަރުންނެއް ދިމާވެފައިވާ ކަމަށާއި، އެ އެންމެން އެމްޑީޕީއާއި ސަރުކާރު ދެކެ މިހާރު ނުރުހޭ ކަމަށެވެ. އަދި އިސްލާމް ދީނާއި މާތް ﷲގެ ރަސޫލާއަށް ފާޑުކިޔައިފައިވާ ބަޔަކަށް ފިޔަވަޅު އެޅުން ލަސްވާން ވި ސަބަބަކާ މެދު އެފަރާތްތަކުން ސުވާލު އުފައްދާ ކަމަށް އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެެވެ.

އަދި ސަރުކާރުން އެމްޑީއެންގެ ދިފާއުގައި ތެދުވުން ބަލައި ނުގަނެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑާ ދިމާވެއްޖެ އެމްޑީޕީގެ ކިތަންމެ މެންބަރެއް. އެ އެންމެން މިހާރު ވަނީ އެމްޑީޕީއާއި ސަރުކާރު ދެކެ ވަރަށް ނުރުހިފައި. ﷲ އާއި ރަސޫލާ އަށް ފުރައްސާރަކުރީމަވެސް އެ އެމްޑީއެން އުވާލުން މިހާ ލަސްވާން ވީ ކީއްވެހޭ އެމީހުން އަހަނީ. އެމްޑީއެންގެ ދިފާއުގައި ތެދުވުން ބަލައި ނުގަނެވޭ ކަމަށް ބުނި" އޭނާގެ ޓްވީޓުގައި ވެއެވެ.

ޝޭހް ޒައިދް މިހެން ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޖަމިއްޔާ ކުށްވެރިކޮށް ވާހަކަ ދެއްކުމުން އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގެ އަސްލު ގެއްލޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކި ގޮތްގޮތުން ރައްޔިތުންނާއި ވުޒާރާ ތަކުން އެމްޑީއެން ކުށްވެރިކުރަމުން ދާތީ އެފަދަ ކަންކަން ނުކޮށް ސަރުކާރުން ބޭނުންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ބެލުމަށް ދޫކޮށްލުމަށް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ގޮވާލައްވައިފައެވެ.

އެމްޑީއެން ގިނަ ބަޔަކު ކުށްވެރި ކުރަމުން ދަނީ އެ ޖަމިއްޔާ އަކީ ސަރުކާރު ހިންގާ އެމްޑީޕީ އާ ގުޅިފައިވާ ޖަމިއްޔާ އަކަށް ވުމަކުން ނޫނެވެ. އެ ޖަމިއްޔާ އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ހަޖޫޖަހައި ރާއްޖެއިން އިސްލާމް ދީން ނައްތައިލުމަށް މަސައްކަތް ކުރަމުން ގެންދާ ގެންދިއުން ގުނަ ބަޔަކަށް ގަބޫލު ނުކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސިފޫ

    ސޭކު ނުބެހޭ ކަމެއް ވެސް ނޯވެ

    6
    25
  2. މޫސަ

    ރަނގަޅު ވާހަކައެއް އަޅުގަނޑު މިހާރު އެމްޑީޕީ އިން ކެނޑެން ނިންމައިފިން

    34
    1
  3. މުހާ އަލީ

    އެމް.ޑީ.ޕީގެ އެންމެންނަކީވެސް އެޕާޓީންކު ރާ ކޮންމެކަމަކަށް ރުހޭބައެއް ނޫންނަމަ ، އިސްލާމްދީނާ0،
    ޮ

    21
    1
  4. މަހާޖައްރާފު

    މި ސަރުކާރަކުން އެމްޑީއެން އުވައެއްނުލާނެ.އެހެންނަމަ މިހާރު އުވާލާނެ.މުޅި ގައުމުގެ ރައްޔިތުން އެން އަޑަކުން އެގޮވަނީ އެމްޑީއެން އުވާލާށޭ ކިޔާ.އެބަވޭތަ؟2023 ގެ ފަހުން އުވާލެވިދާނެ.

    9
    1
  5. ނަޖުމާ

    އެމްޑީޕީ މެމްބަރުން ނުރުހޭކަން ކައުންސިލް އިންތިހާބުގައި ދައްކާނެ.ވަރަށް ސާފު.

    26
    1
  6. އިސްލާހު

    އެމްޑީޕީގަ ހެޔޮލަފާ ސާލިހް ދީނަށް ލޯބިކުރާ އެތަށް ރައްޔިތުންނެއް ތިއްބަކަސް އެ ޕާޓީގެ ލީޑަރޝިޕްގެ 90 އިންސައްތައަކީ ލާދީނީ ސެކިއުލަރ މީހުން.. އެމީހުންނަށް ޤައުމުގެ ބާރުތައް ދީގެން ޤައުމު ހަލާކުވުން ނޫންކަމެއް ނުވާނެ.. އެހެންވީމަ ލޮބުވެތި އަޚުންނާ އުޙްތުން ތިޔަ ޕާޓީއަށް މަރިދިނުން ހުއްޓާލައިފަ އިސްލާހީ އަދި ލާދީނިއްޔަތާ ޚިލާފު ފިލުރާ ގުޅޭ އަޅުގަނޑެން މަރުހަބާ ކިޔާނަން އަބަދުވެސް

    8
    1
  7. އަލިކަތީބު

    މިއީ ޕާޓީގެ ސްޕޯކްސްމަންތަ؟

    3
    8
  8. މޯހަން އަހްމަދު

    ޕާޓީންގެ އަމަލުތަކަށް ނުރުހޭނަމަ ޕާޓީން ކެޑޭނެ ، އެހެންނޫނީ އެތިބީ ރުހިގެން.......

    13
  9. ޖާޒީރާ ބޯއީ

    އެމްޑީޕީގެ އަސްލު މެންބަރުންނަކީ އެޕާޓީގެ އަސްލު ފިކުރު ނޭގި ސިޔާސީ ފިކުރާއި އޮއެވަރުގައި ބެހިގެން ދާބަޔެއް. އެމްޑީޕީގެ އަސްލު ފިކުރަކީ ތަފާތު ދީންތަކަށް އުޅުމުގެ ޖާގަ މިފަސްގަނޑުގައި އޮތުމަށް ވަކާލާތުކުރާ ބައެއްގެ ފިކުރު. އިސްލާމްދީނާއި ރަސޫލާދެކެ ނުވިލޯބި އެމްޑީޕީދެކެ ވާތަން މިފެންނަނީ.

    10
  10. އަޙުމަދު

    އެމްޑީޕީ އަކީ ވަރަށް ސަޅިކޮށް ވާހަކަ ދައްކާ ބައެއް. ނަމުން ވަރަށް އޯގާތެރި ބައެއް.ތިމާމެން ވީމާ ފެނޭ އެއްވެސް ކަމެއް ނޯންނާނެ.އެކަމަކު އެހެން ބަޔަކު ކަމެއް ކޮށްފިއްޔާ އެބަޔަކު އޮރިޔާންވާވަރަށް އެވާހަކަ ދައްކާނެ.އަމިއްލަ އެދުމެއް އޮވެގެން ނޫނީ މިވީ ތާކު އެއްވެސް ކަމެއް ކޮށްފައެއްނެތް.

    11
  11. ހިތާ ހިތާ

    ސޭކުވާހަކަ ނުދައްކާ.. އެއްމެ ލޯބިވަނީ ﷲއާ ރަސޫލާދެކެ.. ހިތާހިތުގެ ގުޅުންއޮތީ ނަޝީދާއެކު.. ހިތާހިތުގެ ގުޅުމަކީ ފަސޭހައިން ކަނޑާލެވޭނެ އެއްޗެއްނޫން..