މިއީ އިސްލާމްދީނަށް ކުރާ ފުރައްސާރައާއި ދެކޮޅަށް އެންމެން އަތުގުޅާލަން ވީވަގުތު ކަމަށް ކުރީގެ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ އިސްލާމް ދީނަށް ދެރަލިބޭގޮތަށް ދައްކާ ވާހަކަތަކާއި ދެކޮޅަށް އަޑު އުފުލުމަކީ އެދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ދީނަށް ނަސްރު ހޯދުމަށް ކުރާ މާތް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު އިދިކޮޅު އިއްތިހާދުނަ ވަނީ އެމްޑީއެން އާއި ދެކޮޅަށް މާދަމާރޭ މުޒާހަރާ ކުރުމަށް ނިންމާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަނުން ބުނީ އެ މުޒާހަރާ ބޭއްވަނީ އެމްޑީއެން އާއި ދެކޮޅަށް އަޑު އުފުލާ ހަމައެކަނި ޕާޓީ އަކީ އެޕާޓީ ކަމުގައި ވުމުން ވާޖިބު އަދާކކުރުމަށް ކަމަށެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަ ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުންކުރަމުންނެވެ. އެހެން ނަމަވެސް އެ ޖަމިއްޔާ އަށް ތާއިދުކުރާ ފަރާތްތަ އެމްޑީއެންއާއި ދޮކޮޅަށް އަޑު އުފުލުން ސިފަކުރަނީ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ކަމުގައެވެ.

އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓުގައި ވަނީ އިސްލާމް ދީނުގެ ބައެއް އަސާސްތަކަށް ފާޑުކިޔައިފައެވެ. މީގެ އިތުރުން ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ ދޮގުކޮށް އެކަމަކީ ސައިންޓިފިކް ގޮތުން ގަބޫލް ނުކުރެވޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ވަނީ ބުނެފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ރިޕޯޓު ނެރުމުގެ މޭސްތިރިންގެ ގޮތުގައި ތިބި ޝަހިންދާ އިސްމާއިލް އަދި އައިޝައު އަޒްރާ ނަސީމް ފުލުހުންނަށް ހާޒިރުވުމަށް މިހާރު ވަނީ އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުއްލާ

    މިއީ އިސްލާމް ދީނާށް ކުރާ ފުރައްސާރައާއި ދެކޮޅަށް އެންމެން އަތުގުޅާލަން ވީވަގުތު - މުއިއްޒު

    28 މިނެޓް ކުރިން ( އޮކްޓޯބަރ 23, 2019 )

    ސާބަހޭޭ ދަރިޔާ

    ބުނަން އޮތީ މިފަދައިން.

    فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠﴾ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢﴾ وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣﴾ وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ﴿١٤﴾ اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ ﴿١٦﴾

    10
    2
  2. އައިން

    ކޮންމެވެސް އެއްޗެއް ކިޔައިގެން މުއިއްޒުމެން އަބަދުވެސް ބަލާނެ ރައްޔިތުންނަށް އޮޅުވާލައިގެންވެސް ބަޣާވާތެއް ކުރެވޭތޯ. ގޮތްހުސްވެގެން މަރަށް ތެޅޭހެން މުއިއްޒުމެން ތެޅެންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު. ގޮޅިއަކަށް ދާންޖެހޭވަރަުގެ ކަމެއް މުއިއްޒުއަށްވެސް ކުރެވިފަ އޮތީބާ؟