މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަމުގެ އަމަލު ކަމުގައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރާ ފަނޑޔާރުންގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

ޖޭއެސްސީ އިން މިކަން ތަހުގީގު ކުރުމަށް ނިންމާފައި ވަނީ އެމްއެމްޕީއާރުސީ ވައްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ކެބިނެޓް ވަޒީރުންނާއި ފަނޑިޔާރުންތަކެއް ބައިވެރިވެފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާމަކުރައްވާފައި ވަނިކޮށެވެ.

ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފަނޑިޔާތުންތަކެއްގެ ބައިވެރިވުން އޮތްކަން ދާދިފަހުން މަޖިލީހުގައި ޕީޖީ ބިޝާމް ހާމަކުރެއްވުމާއި ގުޅިގެން އެމައްސަލަ ބެލުމަށް އެކޮމިޝަނުން ނިންމާފައިވާ ކަަމަށެވެ. ވައްކަމުގައި ބައިވެރިވި ފަނޑިޔާރުންނާއި އެކަމުގެ ހެކިތައް ހޯދުމަށް ނިންމާފައި ވާކަމަށްވެސް ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޖޭއެސްސީ އިން އެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ނިންމާފައިވާ އިރު ފަނޑިޔާރުންގެ ޖަމިއްޔާއިން ވެސް ވަނީ އެ މައްސަލަ ވީއެންމެ އަވަހަކަށް ބަލައި އެކަމުގައި ޝާމިލްވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ

    ނޮވެންބަރް 3 އާއިރު ޖޭއެސްސީ އިންމަތިން ފާސްވި ކުދިން ގިނަވިނަމަ ޓީވީއިން ބަލާނީ ދިރިއުޅުމަކީ މީއީބާ އޭރުވެސް މިހާރުވެސް އެވަރެއްނެއް ވެދާނެ ވަމުންދާ.. ނާމާންއަޑެކޭއެއިވެނީ ބިރުވެރި އަޑެކޭއެކިޔަނީ ކޮއްކޯ އަވަހަށް ނިއްވާލާށޭ އިންޖީނު ރޯވަނީ ކެޔޮޅާބޭބޭދޫންޏާ.. ނިއްވާލަން އަތްލީގޮތުން ސިއްސާއިގެންއެއްލުނުގޮތުން ޝާފިޓްބޭރުން މުންޑޭއެއޮޅުނީ އަވަހައްނަގާބަލާ ކެޔޮޅާބޭބޭދޫންޏާ ސީވޭލުން ފެންއާފަހުން ހަދުވަސްވީކަން ނޭގުމުން ސައިލަނަސަރުގާ ހުޅުރޯވީމާ ބޭރައްދެވޭނެހޭ ކެޔޮޅާބޭދޫންޏާ..