ސްކޫލް ދުވަސްވަރު ސްކޫލަށްދާ ބައެއް ދުވަސް ދުވަހު އެސެމްބްލީ ކްލާހުން ބޭރުގައި ބާއްވައެވެ. މިގޮތަށް އެސެމްބްލީ ބާއްވާއިރު ސަކަރާތް ޖަހައިގެން ކުދިން މަޑު ކުރުވުމަކީ ވަރަށް އާއްމު ކަމެކެވެ.

އާއްމު ގޮތެއްގައި އެސެމްބްލީ ނިންމާފައި ގިނަ އަދަދެއްގެ ކުދިން މަޑުކުރުވާފައި ތިބޭ މަންޒަރަކީ ގިނަ މީހުންނަށް ފެނިފައި ހުންނާނެ މަންޒަރެކެވެ. މިހެން މަޑުކުރުވަނީ ސްކޫލްގެ ގަވައިދާ އެއްގޮތަށް ނުފެތޭ އެހެން ނޫނީ ކޮންމެ ވެސް ކަހަލަ ސަކަރާތެއް ޖަހައިގެންކަން އެންމެންނަށް ވެސް އިނގެއެވެ.

އެގޮތުން ބައެއް ކުދިން އެސެމްބްލީގައި ސުޕާރީ ކައިގެންވެސް މަޑުކުރުވާފައި ތިބެއެވެ. އަނެއްބައި ކުދިން ތިބޭނީ ވާހަކަ ދައްކައިގެން މަޑު ކުރުވާފައެވެ. މިކަންތައް މިހެން ވުމުން ސްކޫލުން އެކުދިންނާއި މެދު ބައެއް ފަހަރު ފިޔަވަޅުވެސް އަޅައެވެ. އެގޮތުން ކޮންމެވެސް މައުލޫއަކަށް އެސެމްބްލީގައި ވާހަކަ ދައްކަންވެސް ޖައްސުވައެވެ. އެހެންނޫނީ ހުރިހާ ކުދިންނަށް ފެންނަ ގޮތަށް އެންމެން ކުރިމަތީ ބައިތިއްބައެވެ. މިގޮތަށް މިކަންކަން ރަނގަޅު ނުވެއްޖެނަމަ ބެލެނިވެރިން ސްކޫލަށްވެސް ހާޒިރު ކޮށްފައިވެއެވެ.

ބައެއް ކުދިން މިގޮތަށް ސަކަރާތް ޖަހަމުން އަންނައިރު އަނެއްބައި ކުދިން އެސެމްބްލީގައި ކޮޅަށް ނުތިބެން ގަޑިޖެހިގެންވެސް ސްކޫލަށް ހާޒިރުވެއެވެ. އަދި ބައެއް ކުދިން ކޮޅަށް ނުތިބެންވެގެން ފޭކް ޖައްސައިގެން ބިން މައްޗަށްވެސް ވެއްޓިގަނެއެވެ. މިކަންކަމަކީ އަހަރުމެން އެންމެންގެ ތެރެއިން ގިނަ މީހުން ސްކޫލްގައި އުޅުނު އިރު ކޮށްފައިހުރި ކަންކަމެވެ.

ތިއީ އެފަދަ މީހެއް ހެއްޔެވެ؟ ސްކޫލު ދައުރުމަތިން ކުޑަކޮށް ހަނދާން އާ ކޮށްލުމަށް ފަހު އެހެން އުޅުނީ ކޮން ބައެއްކަން ބުނެދީބަލާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތުއްތުނާ

    އަހަރެން ވަރަށް ބަރާބަރުވާނެއޭ އެއްވެސް ސަކަރާތެއް ނުޖަހަން ލޮލް

    16
  2. ހުސޭނުބޭ

    މި ލިއުނު ބޭފުޅާ އެސެމްބްލީގައި މަޑުކުރުމުގެ ރެކޯޑެއް ހަދާފައިވުން ވަރަށް ގާތް!

    18
  3. ހީހީހީ

    އަހަރެން މީ ވަރަށް ސަކަރާތް ޖެހި މީހެއް. ފޭކް ފެއިންޓް ވެސް ވީން. ސްކޫލް ދައުރަކީ ވަރަށް މަޖާ ދުވަސް ތަކެއް. ޓެންޝަން ފްރީ

    14
    1
  4. ރިޒޫ

    ސަކަރާތް ޖަހައިގެންނެއްނޫން ފަތަން ދަސްކުރަން މޫދައް އެރުނީމަ މަޑުކުރުވާފަ ދަގަނޑު ފަތިގަނޑުން ތަޅާނަގާނެ، އަތް އޮންނާނީ ރަތްވެފަ!
    ތެޅިޔަސް ފަތަން ދަސްކުރިން "އިންޝާﷲ"

  5. އިއްބެ

    އަހަރެން ވަރައް ސަކަރާތް ޖެހިން އެކަމަކު އަހަރެންނައެ ހިތުން ނުފިލާވަރުގެ އަދަބެއްދިން ފަހުން ސަކަރާތެއް ނުޖަހަަންް އެއީވެސް އަދި އަންހެން ޓީޗަރެއް