އޯއައިސީ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރ، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަކީ ބުޑިސްޓް ޝޭހެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައުތު ރީޖަން ފެސިލިޓީ މެނޭޖަރ ޝާފިއު ޖަމީލް ބުނެފިއެވެ.

އެމްޑީޕީ އަށް ތާއިދުކޮށް ޓްވިޓާގައި އާއްމުކޮށް ޚިޔާލު ފާޅުކުރާ ޝާފިއު ކުރި ޓްވީޓެއްގައި ޝައިހް ޝަހީމަކީ ބުޑިސްޓް ޝޭހެއް ކަމަށް ބުނީ އިސްލާމިކް ޔުނިވަސިޓީގައި އެހެން ދީންތަކާއި ބެހޭ ދިރާސާކޮށް އިލްމީ ރައްދުތައް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވިދާޅުވެފައިވާ ވާހަކަފުޅަށް އިޝާރާތްކޮށެވެ.

ޝާފިއުގެ ފާޑުކިޔުން ޝަހީމަށް އަމާޒުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓަށް ޝަހީމް ފާޑުވިދާޅުވެ، އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ޝަހީމް ގޮވާލަމުން ގެންދަވާތީއެވެ.

ޝާފިއު އަކީ ވެސް އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓް މީސް މީޑިއާގައި ދިފާޢު ކުރަމުން ގެންދާ މަދު މީހުންގެ ތެރެއިން މީހެކެވެ.

ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓަށް ޝަހީމް ފާޑުވިދާޅުވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. ވަގުތު ކިޔާމީހާ

  ޝާފިޢު ޖަމީލު އަކީ އަނެއްކާ ކޮން ދީނެއްގެ ސޮރެއްބާ.

  116
  1
  • ކިނބޫ

   ދިރާސާއަކީ ކޯޗެއްކަން އެސޮރަށް ނޭނގޭތީ އޭނަ އެހެން ބުނީއެއްނު. ނޭނގެންޏާ އެހެން ބުނެވިދާނެނު. މައްސަލައެއްތަ؟

   28
   13
  • އަލި

   އެއީ ދެބަންދިހާނާ ވެފައި ހުރި ގަމާރެއް

   71
   1
 2. Anonymous

  އަސްލުތަ އެއީވެސް އެވައްތަރުގެ ސޭހެއްބާ

  17
  70
 3. އަޙްމަދު

  މީ ކީހިނެއްވެގެން އުޅޭ ބައެއްތަ! ލަދުވެސްގަނޭ އެމްޑީޕީ މެންބަރަކަށްވީތީ!

  127
  2
 4. ވަސީމު

  މީދެން ކޮން ޖާހިލެއްތަ ޝަހީމޭ ކިޔާފަ ވާހަކަދައްކަން

  166
  4
 5. އަހަރެން

  މީދެން ކިހާބޮޑުވެއްޖެ ކަމެއް. މި އެމްޑީޕީގެ ބައެއް މީހުން ހިތަށް އައިހާ އެއްޗެއް ގޮވަންވީމަ އޯކޭ. ކަލޭމެންނެއް ކަމަކު ޤިޔާމަތް ދުވަހުން ހަމަ ހައްޤު ޖަޒާ ލިބޭނެ. އެކަން ހަނދާން ހުރިހެނެއް ހިއެއްނުވޭ. އެހެންތާ ވާނީވެސް. އެމީހުން އަންނާނެކަމަށް ޤަބޫލުކުރާ ދުވަހެއް ނޫންވިއްޔަ. سبحان الله

  129
  3
 6. ޢަބްދުއްލާ

  ޑރ.ޝަހީމަކީ ބުޑިސްޓް ޝޭހެއް ކަމަށް ވެމްކޯގެ މެނޭޖަރަކު ބުނެފި

  1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 23, 2019 )

  ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައުތު ރީޖަން ފެސިލިޓީ މެނޭޖަރ ޝާފިއު ޖަމީލާ

  ކަލޯ ކަލޭއަޅެ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކިޔަވާހެން ކީރިތި قرآن

  ނުް އެންމެ ސަފުހާއެއްވެސް ކިޔަވާލަބަލަ. ކީއްކުރާނީ ހުސް މިކަހަަ

  ބޯބުރާންތިން ވިއްޔަ. މިބައިގަނޑު މިޔޮއް ފަޅާއަރަނީ މާގިނަދުވަހެއް ނުވެ

  ހުނި ޖަހާލެވޭނެ.

  81
  2
 7. Anonymous

  ޝާފިޢު އަށް ވާނުވާނޭގިގެންތަ ތިއުޅެނީ، މިއުޅެނީ ކީ ރިތިޤު ރުއާށާއި މިއުއްމަތުގެ ނަބިއްޔާއަށް ފާޅުގައި ބަދުބަސް ބުނެފައިވާތީ އެކަމާ މިއަޑުއުފުލަނީ، ކަހެ ރުވަކޭ ނުކިޔާ އަނގަ މައިތި ރި ކޮށްގެން ހު ރޭ.

  122
  2
  • ދީމް

   އެހުރީ ހިނދުކޮޅުގަ އެހެންވީމަ ވާގޮތް އެ އީ

   60
   2
 8. ނަގޫރޯޅި

  ކަލޯ ވަޒީފަ ދެމިތިބެވޭނީ ތިގޮތައް. މިއަދު ހަށިފުއްޕާފަ އުޅެވިދާނެ އެކަމު ލާދީ ކާމިޔާބެއްނުވާ.

  116
  2
 9. އަފުން

  މިދެން ކޮން ހައިސިއަޔަތެއް އޮތް މީހެއްބާ ޑރ. ޝަހީމަށް ފާޑުކިޔަން. އެކަހަލަ މަޤާމެއްގަ ހުރެގެން ލަދެއް ޙަޔާތެެއްވެސް ނުގަނޭތަ މީނާ މިފާޑަށް ވާހަކަދައްކަން.
  އާނ އެހެންތާ ވާނީ ދޯ އެ އައްނި އަށް މިވަރަށް މަރުދޭ މީހެއްނަމަ ހުންނާނީ މިފާޑު.
  ކަލޭމެން މުޙައްމަދު ނަޝީދު ދެކެ ތިވާ ލޯތްބަށްވުރެ އަހަރެމެން އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދެކެ ވާ ލޯބި ބޮޑު. ކިތަންމެ ރުޅި އަޔަސް އެމްޑީއެން އާ ދެކޮޅަށް އަޑު އުފުލާނަން. މިކަން ކޮޅެއްގަ ޖެހެންދެން.

  72
  2
 10. ޚަދީޖާ

  ޝާފިޢުގެ ބުއްދި ހަމަތޯ ބަލަން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމަށް ހިނދުކޮޅުގަ ހުންނަވައިގެން އެންމެ ގިނައިން ނަމާދުކުރާ ރައީސަށް ދަންނަވަން.

  117
  2
 11. މޫސަ

  ތިޔަ ފާޑުގެ ލާދީނީ މީހުން ތިޔަކަހަލަ ވާހަކަ ދެއްކީމަ އެކަން ޤަބޫލު ކު ރާނެ މީހަކު ނުހުންނާނެ. ތިޔައީ މަޤާމު ދިފާއު ކު ރަން ދައްކާ ވާހަކަ.

  128
  3
 12. މިޔަރު

  ހިތުން ވަރަށް މަޝްހޫރުތިވީ . ތިބާއަށް ﷲ ހެޔޮވިސްނުންދެއްވާށި .

  98
  1
 13. 2023ޔާން

  ޔާން................... ޔާން

  22
  3
 14. މުޖޫ

  ތިޔަ ޝާފިއު ތީ ބޯގޯހެއް މާތްކަލާކޮ

  84
 15. Anonymous

  ޝާފިއު ވައްތަރީ މުޝްރިކަކާ

  32
  1
 16. ޔަޒީމް

  އަނެއްކާ އަނެއް ޝަތާނު ފައުޅުވީ...

  86
  1
 17. ޢާސީ

  ޟމީދޯ މީނާ ވެމްކޯގެ ބޮޑަކައް މިބަހައްޓާފަ ހުރިކަމީ ވެދާނެދޯ

  34
  1
 18. ވަސީމު

  މީނައާ މުރުތައްދު ޝަހިންދާ އާހާދަވައްތަރޭދޯ

  37
  1
 19. އައިސީ

  މީނާގެ ޖާހިލުކަމާއި ޢިލްމީގޮތުން އުރަތްޕެއްނެތްކަމާއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  45
  1
 20. ބޯލަބޭ

  ކަލޭތީ ކޮންކަހަލަ ދަންނަ ބޭކަލެއްތަ،
  ދަންނަމުތަ އިސްލާމްދީނުގަ އިސްލާމީ ދަންނަބޭކަލުންނަށް އީމާން ވުން އޮންނަކަން،، މަގު އޮޅިގެން ނުއުޅެބަލަ

  36
  1
 21. މަ

  ޝަހީމަށް ފާޑުފާޑުގެ ނަންދޭއިރު މީއީ ކާކު؟ އިރާދަކުރެއްވިއްޔާ ލާދީނީގެމައްޗަށް ދީން ގަދަވެގަންނާނެ! ޢެހެންނުވެއްޖެނަމަ ދިވެހިރާއްޖެ ދެމިއެއް ނޯންނާނެ!

  44
  1
 22. ޢަހުމަދު

  ލާދީނީ ވަބާ އެއްދޯ މިވެސް

  44
  1
 23. އިސްލާމް

  ފަހުޒަމާނުގެ އަލާމާތް ތަމުގެ ތެރެއިން އަލާމާތެއް މިވެސް... ޝައިތާނުން ފައުޅުވަނީ.. މިވެސް އެއިގެ ޝައިތާނެއް

  43
 24. ރަދީފް

  ޝާފިއު ޖަމީލް އެއީ އައްޑޫގެ ކަނޑުކޮހެކޭ ނުބުނަން މަމެން ނެތިން.އޭނަ އެއީ ބޮޑު ރޯނުއެދުރެއް.ވެމްކޯގެ މެނޭޖަރަކަށް މީނަ ހުންނައިރު ''ވޭސްޓް މެނޭޖްމެންޓް'' އެއީ ކޯޗެއްކަން ވެސް ނޭނގޭނެ ޝާފިއު ޖަމީލަށް.ވ.ވެދުން

  61
 25. ޢިކުރާމު

  ޝަހީމަކީ ސިފަބަދަލުކުރާ މީހެ އް އޭނާ ކޮ އްފާނެ ދީނުގެ ނަމުގާ ކޮންމެފަދަ ކަމެ އްވެސް

  8
  63
 26. ޖަޒީރާ ޖަމީލު

  ކަލެއަކީ ޑރ ޝަހީމަށް ފާޑުކިޔޭވަރުގެ މީހެއްނޫން، އިސްލާމީ ދުނިޔެއިން އިހުތިރާމް ލިބިފައިވާ ދުނިޔޭގައިވެސް ނަންމަޝްހޫރު ބޭފުޅެއް ޑރ.ޝަހީމަކީ، ކަލޭތިވީ ޖާހިލަކަށް، ދީނަށް ފުރައްސާރަ ކޮށް ނެރުނު ރިޕޯޓަކާމެދު މުސްލިމެއްގެ ހައިސިއްޔަތުން ދެކޮޅުހަދާ އެރިޕޯޓް ކުއްވެރި ކުރަންޖެހޭ ކުޑައިރު މައިބްފައިން ތަރުބިއްޔަތު ކޮށްދިންގޮތްދޯ ތިއީ..

  72
  1
 27. ކަންނެލި އޮޑި

  ތަންތާގައި ތިބޭ މުރައްކަބު ޖާހިލުން ގެނެސް ވަޒީފާތައް ދިނީމާ އިވޭނެ އަޑު އެ އިވެނީ. އެކްޓިވިސްޓަކަށް ވެއްޖިއްޔާ އެމީހުންނަށް ހެޔޮ ހިކަންޖަކަށް ވިޔަސް ވަޒީފާ ދޭން.

  28
  1
 28. ޓިނު ވަގު

  ޙިމާރުންގެ ދަރަޖައަށް މުސްލިމުން ވެއްޓޭކަސް ނުޖެހޭ!!!! ޓަޓާސް ޓަސް!!

  35
  1
 29. 19 ނަވާރަ

  މީނަ މާތްﷲ ގެ ތެދުމަގު ދައްކަވާނދޭވެ.

  43
 30. އިންސާނާ

  ތތިމާމެންނާ އެކަށީގެންނުވާ މަގާމުތައް މިސަރުކާރުން ށާފިއުމެންނައް ދިނީމާ މަގާމު ދިފާއުކުރުމައް އެކުދިން ކޮންމެފަދަވާހަކައެއްވެސް ދައްކަފާނެ އެބައިމީހުންނަކީ ހަމަމޮޔައިން

  63
  1
 31. މިގޭ

  މިކަހަލަ ގޮތްކުޑަ މީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރަން ފެނޭ.

  28
  1
 32. ޢާރިފާ

  ހަމަ ރަނގަޅަށް މޮޔަވެފަތިބި ބައިގަނޑެއް މީ

  28
  1
 33. އެމްޑީޕީ

  ހީ ބިލޯނގު އިންސައިޑް ވޭސްޓް މެނޭޖްމަންޓް ޑަސްޓުބިން ނޮޓު އިން ޢޮފީސް.

  25
  1
 34. Anonymous

  މިހާރު ތިވީ ގޮތުން މި ލާދީނީ ކަލޭގެއަށް މިއަށްވުރެ މަތީ މަގާމެއް ލިބޭނެ.

  18
 35. ރައްޔިތުން

  މާ ބޮޑަށް އެމްޑީޕީ ބޮނޑިބަތް ކެއީމަ ވާގޮތް.. ބޫތު ކައިފަ ތިބެނީ

  19
  1
 36. ސޫޖީ

  ބުޑިސްޓު ޝޭޚެއްވިޔަސް ލާދީނީ ރިޕޯޓު ކުށްވެރިކުރެއެއްނު އެބަ.. ކަލޭމެންގެ ރައްބެއް ރަސޫލެއް ގޮތެއް ފޮތެއް ނެތެއްނު... އަނެއްކާ ތިޔާވެސް އަނެއް ގައުމިއްޔަތުގެ މީހެއްބާ.. އެބުނާ އަނދިރި ދައުލަތުގެ މެމްބަރެއްބާ؟؟؟

  21
 37. މުއްލާ

  ތި ޝާފިއުއަކީ ނުކިޔަވާ، ސޯޝަލް މީޑިއާގައި އެމްްޑީޕީ ޕްރޮމޯޓްކުރުމަށް ފިތުނަ އުފެއްދުމުން ޕީއެޗްޑީ ނަގާފައިވާ ސޮރެއް. މިހެން ހުއްޓާ ލިބުނުު މަޤާމަކުން ލެވުނު ގަމީސް މާބޮޑުވެގެން އުޅޭ ސޮރެއް. މިހާރު ވަރަށް މާތްވާނެ އެސޮރުފުޅު.

  15
  • ކުނިގޮނޑު

   މާބޮޑު މަޤާމެއް ލިބުނީއެއްވެސްނޫން ކުނިގޮނޑު ބަލަހައްޓަން ލާފަހުރި މީހެއްމިއީ

   10
   1
 38. ފަޒާ

  ހޭބަ އްޔާބުޑިސްޓުންގެ ތިބޭނީ ހާމުދުރުން ޖާހިލުކަމުން އެވަރުވެސް ނޭގޭ ގަމާރެ އްމީ

  10
  1
 39. އަލް ނޫރު

  އަބޫ ޖަހުލެއް މި ވަސް....ލިޔަންކިޔަން ވެސް ނޭގޭ....މެސެޖު ލިޔަނީ ވެސް ވަގު ބިޓުން ލައްވާ....

 40. ތިއޭ އެއްކަލަ

  އަނެއްކާވެސް މީހުންގެ މަޤުބޫލުކަމާ، މަޝްހޫރުކަން ނުލިބިގެން އުޅޭ މީހެއް ދޯ ނި ފެނުނީ

 41. އިބްރާހިމް

  އެމްޑީޕީގަ މަދުވާނެ ލާދީނީ ނުވާމީހެއް.