ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ތަމްރީނުކޮށް ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިރޭ ވިދާޅުވީ، އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި އެ މީހާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގައި އުޅެމުންދާ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ހާމަަކޮށްެެފައެއް ނުވެއެވެ.

ހަނގުރާމައަށް ދިވެހިން ތަމްރީނުކޮށް ފޮނުވާކަަމަށް ބުނެ މީހަކު ހައްޔަރުކުރިިއިރު، ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވާފައެވެ. އާ އިސްލާހުގައިވާގޮތުން، ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެއެވެ.

އަދި ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.

އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ވެސް ބިލްގައިވާ ގޮތުން ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށްތަކެއް ކަމަށް ވެސް ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ބުލްބުލް

    އެބަ ރަގަޅުވޭ

    41
    92
    • ހގކގޖގ

      މިނުވާނެ ތެދަކަށް. ދިވެހިންނަކީ ޓެރަރިސްޓުންނަށް ހަދަން މިހާރު އެމަސައްކަތްކުރަނީ. އިސްލާމްދީނަކީ މީހުން މަރާ އަނިޔާވެރި ދީނެއްކަމަށް ބުނެ ނެރުނު ރިޕޯޓް ލިޔުނު މީހުންނާ ސަޕޯޓްދިން މީހުން ރާއްޖެގެނެވޭނީ އިސްލާމްދީނުގެ ގޯސްކަން ހިތްތަކަށް ވައްދައިގެން ކަމަށްވާތީ ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް.

      24
      2
    • ފފފފ

      ސަރުކާރުން ބޭނުންވާނީ، ތަންކޮޅެއް ދީނުގެ ލޯބީގަ ލޮއީފް މީހުން އެމީހުން ބޭނުންވާގޮތަށް އަނބުރުވަން. އެކަމަށްޓަކައި މީހުން ހައްޔަރުކޮށް ދޮގު ތުހުމަތު ކުރަމުންދާނެ. އޭގެން ސަލާމަތްވާނެ މުސްލިމް ދިވެއްސެއްނެތް. ހަމައެކަނި ސަލާމަތްތެރިކަން މިސަރުކާރުންދޭނީ، އިސްލާމްދީނަށް ފުރައްސާރަކުރާމީހުންނަށް. އޭގެ ހެއްކެތް މޑނ ގެ ރިޕޯޓް ހެދި އެންމެން ގައުމުން ފޮނުވާލާ، ދައުލަތުން މުސާރަ ދީފަ އެބައިތިއްބަނީ.

      16
    • Anonymous

      އުފާ ކުރާނެކަމެއްނެތް. މާދަމާ ތިބާ ކަމުގައިވުންވެސް ވަރަށް ކައިރި.

      18
      1
  2. ވިސްނާ

    ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލާދީނީ ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުން ލާދީނިއްޔަތު ކިޔަވަން ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ހައްޔަރު ކުރަންޖެހޭ.

    219
    4
    • ހެއްހެއް

      ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލާދީނީ ފިކުރު ފަތުރާ އިސްލާމް ދީނަށް ޖޯކް ޖެހުމަށް މީހުން ރެކްރޫޓް ކުރާ ބޮޑު ވަގު ވެސް ހައްޔަރު ކުރޭ

      36
    • ކިންގފިޝަރ

      އޮޅިގެންވެސް އެކަމެއް ނުކުރާނެ. އެހެންވެގެން ނޫންތޯ ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމަށް ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެނެސް ރައީސް ތަސްދީގު ކުރެއްވެސް. މިއީ ވެރިކަންކުރާ ބާރާއި ގާނޫނުހަދާ ބާރު ގުޅިގެން އެމީހުން ބޭނުންވާ ބަޔަކު ފްރޭމްކޮށް ހައްޔަރުކުރުމަށް ގާނޫނީ އިމުގެ ތެރެއަށް ވައްދާފައިވާ ކަމެެއް. މިކަމުން އެންމެ ނުރައްކާ ބޮޑުވާނީ ދީނީ ޢިލްމުވެރިންނަށް. ދީނާ އެއްކޮޅަށް ވަކާލާތުކުރާ ފަރާތްތަކަށް. ދިން ހަލާކު ކުރާ މީހުން މިހާރުވެސް އެވަނީ ގާނޫނު ފާސްކޮށްފަ އެކަމަށް ގޮންޖަހާފައި. އަދި އެމީހުން ރާއްޖެ އިން ފުރުވާލާފައި އެމީހުން ހޯދަން އެއުޅެނީ ވެސް.

      25
    • އައްޑޫސިޓީ

      ތިކަމުގަ ހަ އްޔަރު ކުރަންޖެހެނީ ނަޝީދު.

      31
  3. ކަކަކީ

    އަދިވެސް ތިމީހުން ތަ ހައްޔަރު ކުރަން ވީ އެމް ސީ

    131
    4
    • ދަމީ

      ޢެޔޮށް ރަނގަޅު މީހުން ކީށްކުރަން ތަ ތި ހަށްޔަރުކުރަނީ ، ބަލަ މިހިރަ މޮޔާ މސީ ހަމީދޫ.

      20
    • ފފފފ

      ދައްޖާލު އަރާނެކަމާއި، ފިތުނަ ފަސާދައިން ދުނިޔެ ހަލާކު ކުރާނެކަން އަހަރެމެންނަށް އެނގިފައިވަނީ. އެކަމަކު ނޭނގުނު އެއްޗަކީ، ދިވެހިރާއްޖޭގެ "ރަނގަ މީހާ" ގެ ލަގަބާއެކުކަން ދައްޖާލު ފާޅުވާނީ.

      12
  4. ދިވެހިލޭ

    ބަލަ ގަބޯ ސަރުކާރުގެ ވެރިންނޭ. އިބޫ އަންނި ކީއްވެގަނެގެންތަ ތިއުޅެނީ. ތިދުއްވާ ދެބޯގެރި ރައްޔިތުންނަށް ނިކަން ރަނގަޅަށް އިނގޭ. އެމްޑީއެންގެ ރިޕޯޓްގެ ކަންތައްތައް އޮއްބާލަން ކޮށްފަ ނުކުރާނި ކަމެއް ނޭނގިގެން އުޅެންޔާ ވެރިކަން ދޫކޮށްލައިފަ ފައިބައިފަ ބުނެބަލަ ތިންމަންމެންނަކަށް ނުވާނޭ ރައީސް ޔާމީން ތަރައްޤީގެ މަޝްރޫއުތައް ހިންގާކަށް. ދީނަރަށް ފުރައްސާރަކޮށްކޮށް ތިއްބަ މިގައުމު މިއޮށް އަނދަވަޅަކަށް ވެއްޓެނި. އިޖުތިމާއީ ދީނީ އިގްތިސާދީ ފޭރާން ހަލާކުވެ ބޮއްސުންލަނީ މިއޮއް.

    18
  5. އެލެކްސް ނަޝީދު ބުރި

    ލާދީނީ ދީނަށް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރާ މީހުން އަރާމުގަ، ފާޅުގަ ލިޔެފަ އޮތް އެތި ފެންނަން އޮތް އިރު ވެސް ހައްޔަރު ނުކުރެވޭ. ލާދީނީ ކިޔަނީ ކިޔަންވެގެން

    23
  6. އަހުމަދު

    ތިދަނީ މާ މައްޗަށް. ތިޔަހެން ކަންތައްކުރާތީއޭ ބޭރުޤައުމުތަކުގައިވެސް ބޮންގޮއްވުންތަކާއި ބަދަލުހިފުމުގެ ރޫހު އަށަގަންނަނީ. ކޮންމެ ޤައުމެއްވެސް އެބައިމީހުން އަމިއްލައަށް ބޯ ބޮނޑިއެއް އެއީ. މިހާރު ރާއްޖޭގަވެސް ތިބޮނޑި ބުއީ ތި. މަތިވެރިވެގެންވާ އިސްލާމްދީނަށް ހިތުހުރިއެއްޗެއްގޮވާފަ ހަމަ ފިލައިގެން ދާންވި ނޫނި ފިލާ އޮންނަންވީ. އެކަމު ދީނަށް އުޅޭމީހެއްވެއްޖެއާ ދަމާކޫތާފަ އޮރިޔާންކޮށްފަ ހައްޔަރުކުރަނީ....ކަލޭމެން ހަނދާންކުރާތި ކަލޭމެން އަމިއްލައަށް ތިބޮނޑި ބޮނީ.......!

    18
    1
  7. ،?

    ޝަހިންދާ އިބިލީސް ހައްޔަރުކޮށްބަލަ ހެޔޮނުވާނެ

    147
  8. Anonymous

    ވެއްޓެނީ ވެއްޓެނީ. ދެންމެ ނާސާއިން ހާމަކުރިގޮތުގައި ވަރަަށްބާރަށް ވެއްޓެން އަންނަ ސަރުކާރެއް ދުނިޔެއާ ދިމާލަށް ދަތުރު ކުރަމުން އެބަދޭ. މިވަގުތު ޖަޕާނަށް ވަރަށް ސާފުކޮށް އެ ސަރުކާރު ފެންނަކަމަށް ކުރީގެ އެމްޕެރަރ ނަރުހީޓޯ ވިދާޚުވެއްޖެ. ހަބުލް ޓެލެސްކޯޕުން ދައްކާގޮތުން މި ސަރުކާރު ފެންނަ ފެނުމަށް ވައްތަރީ ކިނބުލަކާ. މި ސަރުކާރު ވެއްޓި ޖެހޭގޮތަކުން ކިނބުލުގެ އަނގަޔާ އަތާ ދިމާވާ މީހުންނަށް ގަޑިއެއްހާ އިރަށް، ހޯއްގޮވާ ކެއްސުން ޖެހިދާނެ ކަމަށްވެސް ނާސާއިން މަޢުލޫމާތުދިން. ކުދީންނޭ ކުދީންނޭ ރައްކާވެ ތިބިއްޔާ ދަތުރު.

    16
    • ަކިނބުުު

      ????

  9. Anonymous

    ހަރުކަށި އަދި ހައްދު ފަހަނަޅައިފައިވާ ފިކުރުތައް:
    1. އިސްލާމް ދީނަށް ޖޯކް ޖެހުން.
    2. އިސްލާމް ދީނަށް ޖޯކް ޖަހާ ޓެރަރިސްޓް ޖަމާޢަތްތައް ހިމާޔަތް ކުރުން.
    3. އިސްލާމް ދީނަށް ޖޯކް ޖަހާނެ މީހުން ރެކްރޫޓް ކުރުން.
    4. ހައްޤަކާނުލާ އިންސާނުން މެރުން.
    5. ފުޅާ ދާއިރާ އެއްގައި މުއުމިނުން ފުރޭމް ކުރުން.
    6. މުއުމިނުން ފްރޭމް ކުރުމަށް ޝޭހުން ރެކްރޫޓް ކުރުން ނުވަތަ ގަނެލުން.
    7. ސިހުރު ހެދުމާ ސިހުރު ހެދުވުން.
    8. ތަން ތަން ގޮއްވާ ހައްގަކާ ނުލާ މީސްތަކުން މެރުން.
    9. މުއުމިނުންގެ އަބީންނަށާ އާއިލާ އަށް ސިހުރު ހާދާ ބަލިކަށިކޮށްލުން ނުވަތަ މަރާލުން.
    މިކަން ކަމަކީ އިސްލާމް ދީން އެކީ މިބިން މަތިން ފޮހެލުމަށް ދުރާލާ ރޭވިގެން ހިންގާ ޖަރީމާތަކެއް.

    19
    2
  10. Anonymous

    މި ގައުމުގަ ތިބި ލާދީނީ އެތީސްޓުން ބައިތިއްބާފަ ރަނގަޅައް އުޅޭމީހުނައް ދުއްޕާން ކުރަންޏާ އޭގެ މާނަ އަކީ އިބޫ އަކީވެސް ލާދީނީ މީހެކޭ

    21
  11. ކޮތަރު

    ހަނގުރާމައަށް މީހުން ތަމްރީނުކޮށް އަދި ފޮނުވާކަމަށް ތުހުމަތު ކުރެވޭތީ ހައްޔަރުކުރީ. ފާޅުގައި އިސްލާމްދީނަށާއި މާތް ރަސޫލާ ޞޢވ އަށް ފުރައްސާރަ ކުރި އެންމެން ހައްޔަރު ކުރުމެއްނެތި ރައްޔިތުންނަށް ސިއްރުން ވަލުފަރާތުން ނެރެ، މުޅި ދުނިޔޭގައި މިނިވަންކަމާއި އެކު އުދުހި އަދި ދީނުގެ ޢަދުއްވުންގެ މަދަދާ ހިމާޔަތް ހޯދައިގެން ތިބެ އެމީހުންގެ އެނުބައި ޢަމަލުތައް ކުރިއަށް ގެންދާނެ ފުރުސަތު ފަހިކޮށްދިނީ.

    13
  12. ކަނޑުކޮސް

    އެއްބަޔަކު ގޭގައޮއްވާ އުފުރޭ އެކަމު އަނެއްބަޔަކު ހަމައެއޮށް ލާހޫރެނީ މިނިވަންކަންމަތީ....އެމީހުން ކީއްވެހޭ ތިހެން ނުގެންދެވެންވީ؟ މި ކޮމެންޓް ޖަހައިވެސް ނުދޭނެ ތޯއްޗެއް

    15
    1
  13. ހަސަން

    އެމް ޑީ އެން ގެ މައްސަލަގެ މީހުން އަދިވެސް ނުފެންނަނީ ތޯ ނުވަތަ ރާއްޖޭގައި ނެތީތޯ . ޢެކަމަކު ސަރުކާރުގެ މަގާމުތަކުގައ ތިބި މީހުން ތިބޭނެތާ .

    12
  14. ފާއިޒު

    ރާއްޖޭގައި ޣައިރު ދީން ފަތުރައި ފުޅާކުރަން ހިތްވަރުދީ އެކަމަށް ވަކާލާތުކޮށް، އެ ބީދައިން އެކިއެކި މީސްމީހުން ކުރާ ކަންކަން ދިފާޢުކޮށް ވާހަކަ ދައްކާ އެކަމާ މެދު ފިޔަވަޅެއް އަޅާފާނެތީ ނުފޫޒުފޯރުވާ ކަމަށް ޝައްކު ކުރެވޭ މީހަކު ނިކަން ޢިއްޒަތްތެރި ބޮޑު ގޮނޑިއެއްގައި އެބައިން. ބޮލަކަށް ކަނދުރާއަކަށް ޝާހާ ޝައުކަތަކާ ސަޕޯޓަކަށް ނުބަލައި އޭނާވެސް އަވަހަށް ހައްޔަރު ކުރަން ގޮވާލަން

    10
    2
  15. އާދަނު

    ކޮބާ މުރުތައްދުވެ، ދީނަށް ފުރައްސާރަ ކުރާ މީހުން. ހައްޔަރު ނުކުރެވޭނެ، ނުވެސްކުރެވޭނެ، ކުރާކަށް ބޭނުމެއްވެސް ނުވޭ، އެހާ ގާބިލްކަމެއްވެސް ތިމީހުންގެ ނުހުންނާނެ. ވަރަށް ވެދުން.

    12
    1
  16. ލކފޖފ

    މިއީ އަސްލެއް އޭގައި ނެތްކަންކަން. އިސްލާމްދީނުގެ ދިފާއުގައި މަސައްކަތް ކުރާ އެންމެ ވަރުގަދަ މީހުން އުފުރާލުމަށް ހިންގާ ބޮޑު ޖަރީމާއެއް.

    6
    1
  17. ހދށ

    އަސްލެއްތަ މިއީ؟ މިސަރުކަރުން ތެދަށް ވާހަކަ ދެއްކިތަ؟ 10 މަހުގެ ރެކޯޑް ބަލާބަލަ. ހުންނާނީ ހުސް ދޮގު. އަތުޖެހުނު ދިވެއްސެއް ހައްޔަރުކޮށް އެމީހެއްގެ ބޮލުގައި ޖިހާދީ އަޅުވާނެ. ބޭނުމަކީ އެއްކަމެއް. އިސްލާމްދީނުގެ ބިރުވެރިކަން ދިވެހިންގެ ހިތްތަކަށް ވެއްދުން.

    5
    1
  18. Anonymous

    ހަނގުރާމައަށް މީހުން ފޮނުވާ މީހުންނާއި އިސްލާމްދީނަށް ލޯބި ހުރި މީހުން ނިކަން ފަސޭހައިން ހޯދާ ހައްޔަރު ކުރެވޭ... އެކަމަކު، ޑިމޮކްރަސީ ނެޓްވޯކްގެ ނަމުގައި ހިންގާ ސެކިއުލަރ ނެޓްވޯކް އުވާނުލެވޭ. އަދި މިގައުމުގައި ސެކިއުލަރވިސްނުން އިތުރުކޮށް އިސްލާމްދީން ހަލާކުކޮށްލަން ފާޅުގައި ނުކުތް ބައިގަނޑު ހައްޔަރެއް ނުކުރެވުނު.

    4
    1
  19. ރަސީ

    ތިއީ ފޭކް ގަބޫލެއް ނުކުރެވޭ. ތިއީ ލާދީނިއްޔަތުގަ މަތިއަޅަން ކުރި ކަމެއް.

    5
    1
  20. ޙީއްލަތި

    ދީނަށް ފުރައްސާރަކުރާ މީހުންވެސް ތިގޮތަށް ހައްޔަތުކުރަން ފެނެއި މީ ފާސް ނުކުރެވޭނެ ޤާނޫނެއްނޫން އިންސާފަށް ލޯބޮކުރޭ

    4
    1
  21. ކަމަނަ

    މިތަނުގައި ހުޅަނގުގެ ޔަހޫދީ ދީންތައް ފަތުރަން މަސައްކަތްކުރާ ޓެރެރިސްޓުން ހައްޔަރުކޮށްބަލަ.

    4
    1
  22. ފފފފ

    ދީނަށް ފުރަށްސާރަ ކުރާ މީހުން ހައްޔަރު ކުރަން އެތައް ބަޔަކު ގޮވާލީމަ ވެސް އެކަމެއް ނުވި....އެކަމަކު ޓެރޮރިސްޓެއް ކަމައް ޝައްކު ކުރެވޭތީވެ ވަގުތުން ވަގުތައް އެއްމެ ސިކުންތެއް ވެސް މަޑު ނުކޮށް ހައްޔަރުު ކުރޭބެ...މިވަރުން ވެސް މި ރާއްޖޭގެ ރައްޔިތުންގެ ލޯތަކެއް ނުހުޅުވެ...މިހެން ޖެހީމަ ދެން އަންނާނީ މަ ހައްޔަރު ކުރަން ހަރުކަށި ފިކުރަށް ބާރުދެނީޔޭ ކިޔާފަ...ވަރަށް ވާހަކަަަ....