ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރީ "ނިރުބުވެރިޔެއް" ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން ކަން ވަގުތަށް އެނގިއްޖެއެވެ.

މުހައްމަދު އަމީން ރާއްޖެއިން ހައްޔަރުކުރި އިރު އޭނާ އަކީ ނިރުބަވެރިއެއް ކަމަށް އެމެރިކާއިން އޮތީ ކަނޑައަޅާފައެވެ. ދިވެހި ފުލުހުން ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވަނީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ، އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެމީހާ އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގައި އުޅެމުންދާ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމެރިކާއިން ބުނާ ގޮތުގައި މުހައްމަދު އަމީން އަކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެއް ކަމަށާއި، މިގޮތުން އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

މުހައްމަދު އަމީން ރެކްރޫޓް ކުރާ ނިރުބަވެރިން ކުރިން ފޮނުވަމުން ދިޔައީ ސީރިޔާ އަށް ކަމަށްވީ ނަމަވެސް، ފަހުން އޭނާ އަންނަނީ އަފްޣާނިސްތާނަށް އެފަދަ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އައިސިސްގެ އީރާގު ގޮފި (އައިސިސް-ކޭ) އަށްވެސް ހަނގުރާމަވެރިން ރެކްރޫޓް ކުރާ އަމީން ވަނީ ދިވެހިރާއްޖޭގެ ނޫސްވެރިއަކަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅައި، އައިސިސް-ކޭ އަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ ނޫސްވެރިޔާ އަފްޣާނިސްތާނަށް ގެންދަންވެސް މަސައްކަތް ކުރި ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ/

އެމެރިކާގެ ސަރުކާރަށް އެނގޭ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށްވެސް އަމީން ވަނީ މީހުން ރެކްރޫޓް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ހަފްތާ އަކު މިފަދަ 10 ބައްދަލުވުމުން އޭނާ ބާއްވާއިރު، ބައެއް ބައްދަލުވުންތައް އޭނާގެ އަމިއްލަ ގޭގައިވެސް ބާއްވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަމީން އާއެކު މި މަސައްކަތުގައި އިތުރު ބަޔަކު އުޅޭއިރު، އެ މީހުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ރެކްރޫޓްކޮށް، ހަނގުރާމަ އަށް ފޮނުވަން މަސައްކަތް ކުރަމުންނެވެ.

2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އަމީން ހައްޔަރު ކުރަން އުޅުމުން އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، 2011 ވަނަ އަހަރުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ އިން އޭނާ ހައްޔަރުކޮށް ރާއްޖެ ގެނެސް ދޫކޮށްލާފައި ވާއިރު، މައުލޫމާތު ލިބޭ ގޮތުން އޭނާ އަދިވެސް އުޅެމުން އަންނަނީ މިނިވަން ކަމާއި އެކު މާލޭގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަހުމަދު

    މިފަދަ މީހަކު ބޭރު ޤައުމުތަކުން ހައްޔަރު ކޮއްގެން ގެންނަ ގޮތަށް މޑނ ގެ މެންބަރުންތައްވެސް ގެނެވެންވާނެ......

    94
    3
  2. ޝާބިން

    ނިރުބަވެރީން ހައްޔަރު ކުރެވޭއިރު ލާދީނީ އަދި އިސްލާމްދީނައް ހަޖޫޖަހާ އަދި ފުރައްސާރަކުރާ މީހުން ހައްޔަރު ނުކުރެވިގެން އުޅޭސަބަބެއް ހޯދަންޖެހޭ. މިސަރުކާރުން އެކަން ނުކުރަންޏާ އެކަން ކުރާނެ ސރުކަރެއް ދިވެހި ރައްޔިތުން ގެންނާނެކަން އެއީ ކަށަވަރު ކަމެއް.

    127
    4
  3. އިހުސާނާ

    މި އޮތްހާތަޢްދުވަހު އެ މީހާ ދޫކޮށްލާފަތަ އަޅެ ހުރީ! ކީކޭ ދެން ފަހެ އަޅެ ބުނާނީ!

    41
    26
  4. ދިވެހި

    ސަލްޓަން ޕާކު ބޮމުގެ މައްސަލައިގައި ހައްޔަރުކުރެވި ކުށް ސާބިތުނުވުމުން ދޫކޮލުމުން އެއީ މިނިވަނެއް، އަދި އެމެރިކާއިން ޓެރަރިސްޓެއްކަމަށް ތުހުމަތު ކުރިޔަސް މުސްލިމް ދިވެހި ދަރިއަކު ހައްޔަރު ކުރެވެންޖެހޭނީ އެކަށީގެންވާ ހެއްކާއި އެކު އެމެރިކާގެ ތުހުމަތަކަށް ވެގެންނުވާނެ. މިސާލަކަށް ދިވެހިންނަށް މިފަސްގަޑުގައި ނުރަށްކަލެއް ކުރިމަތިވެދާނޭފަދަ ޢަމަލެއް ހިންގަންއުޅޭނަމަ، މަދަމާ ލާދީނީ މީހުންގެ މަދަދާއިއެކު ރާއްޖޭގެ ޢިލްމުވެރިން ތިޔަލިސްޓަށް އެމެރިކާއިން އަރުވައިފިނަމަ ޓެރަރިޒަމް ޤާނުނުން ޢިލްމުވެރިންވެސް އެމެރިކާގެ ތުހުމަތު ހުއްޖަތަކަށް ހެދުމަށްފަހު ހައްޔަރު ކުރެވިދާނެ

    23
    1
  5. ހހހ

    ކޮން ގޭމެއް

    28
    4
  6. ދެބޯ ގެރި

    ޓިކެޓް ނަގާދީފަ އެމްޑީއެންގެ މީހުން ފުރުވާލުމަށްފަހު ޔައްޔަރު މިކުރަނީ އެކަމާ އިދިކޮޅައް ބަސްބުނާ މީހުން...

    50
    3
  7. ސާފު

    ދިވެހިންނޭވެ. ހޭލާ ވިސްނާ ފިކުރުކުރާށެވެ. މިދުނިޔޭގަ މިހާރުއޮތް އެންމެ ގޮންޖެހުންބޮޑު ގައުމަކަށް މި ރިވެތި ލާމަސީލުގައުމު މިއޮތީ ވެފައެވެ. ސަބަބަކީ އިސްލާމްދީނުގެ ނަމުގައި ފަތުރަމުންމިދާ އަމިއްލަ ރައުޔުތަކެވެ. އިލާހީދީނަށް އުޅެމުން ދުނިޔެ އުޅުމުގެ އާންމުހާލަތު ހަނިކުރުމެވެ. އިލްމުވެރި ފިރިހެނާއަށް ދިރިއުޅުން ފުޅާވެ އޭނަގެ އަތްދިގުވެއެވެ. އެހެނަސް އަންހެނާގެ އިޖްތިމާއީ ސާކަލް އޭނަގެ ގޯތިއަށްވުރެ ފުޅާކުރެވޭކަށްނެތެވެ. ހިތާމައިގެ ކޮޅެއް އެބައޮތްތޯއެވެ. އާދޭހާއެކު ދަންނަވަންވީ ﷲއަށާ ނަބިއްޔާ ސއވ އަށް އީމާންވެބިރުވެތިވެ ސޯލިހް އަމަލުކޮށް އެކަލާނގެ ފަރުޟުތަކާ ވާޖިބްތަކަށް ރައްކާތެރިވާމީހާއީ ދެދުނިޔޭގެ ބާއްޖަވެރިއެކެވެ. މިކަމަށް އިތުރު ފަތުވާއެއް ބޭނުމެއްނެތެވެ. ނޭނގޭހާލު ގޮތްގޮތަށް ދީނީ ކަންތައްތައް މާނަކުރުމުގެ ބޭނުމެއް ނެތެވެ. ވައްﷲ އައުލަމް

    17
    2
    • މޯލްޑިވިޔަން

      ސަޅި ކޮމެންޓެއް

  8. ޕުއްޕު ހާނަާ

    އޭ މިނިވަން ފިކުރު ރާއްޖޭގައި އަށަގަތަ ދީގެން ނުވާނެ. އަޅެފަހެ ދީނަށްފުރައްސަަާރަ ކުރާ މީހުން ދޫކޮށްލާފަ އެތިބީ ކޮންފަދަ ޖަަާހިލު ސަރުކާރެއްތަ ގުނޫތު ކިޔައިގެންވެސް މި ޖާހިލުން ތަކުގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭ

    46
    6
  9. ނައިބުތުއްތު

    ދީނަށް ފުރައްސާރަކުރުން " ނިރުބަވެރި" ޢަމަލަކަށް ނުވޭތޯ؟

    46
    4
  10. ޒާ

    މީ ދެން ބޮޑުވަރު. އެމެރިކާއިން ބުނާހާ ގޮތަކަށް ކަންކުރަނީ. މީ މުސްލިމުން ރުޅިއަރާ ކަމަކީ. ދެވެހިރާއްޖޭގައި ވެސް މުސްލިމުން އިތުރަށް ރުޅިއެރުވުން ތި ފަށީ.

    37
    4
  11. ޖިންނި...

    އޭނާ ހައްޔަރުކުރީ އެމެރިކާ ރުއްސުމަށްތަ؟އަމީން އެއީ ގޯސް މީހެއްނޫން އެކަމަކު އެއީ ﷲ އައް ބިރުވެތިވެ އެއިލާހައް ކިޔަމަންތެރިކަން އަދާކުރާ ހެޔޮލަފާ މީހެއް.
    ﷲ ސ.ވ އޭނާ އަށް ކެއްތެރިކަމާއި ސާބިތު ކަން ދެއްވާށި
    آمين.

    35
    5
    • އުއްމު ދުޖާނާ

      އާމީން

    • އަހުމަދު

      އާމީން

  12. ބޯހަލަލާކު

    އެމެރިކާ ކަނޑަ އަޅަންވީ އެއީ ބަކަށްޓެކޭ ދެން ކަތިލަންވީ
    މުޅި ދުނިޔެ ސުއްނާފަތި ކުރަނީ ނިރުބަވެރި އެއްނޫން.

    32
    2
  13. ނިކަމެތި

    ހަތިޔާރާއެކު ގޮސް ހައްޔަރުކުރާވަރުގެ ނުރައްކާތެރި މީހެއްނަމަ މިއޮތް ހުރިހާދުވަހު ނުބެހެއްޓީސް، މިދަނޑިވަޅުގައި ހަތިޔާރު އަޅައިގެންގޮސް ތިޔަކަމެއް ތިޔަކުރީ ރައްޔިތުން ބިރުވެރިކަމަކަށް ފޮނުވާލާ އެމްޑީއެންއާ ދެކޮޅަށް ދެކެވޭ ވާހަކައިގެ އަޑު މަޑުކުރަންދޯ؟ ކާފަރުން ބުނާ ކޮންމެ މީހަކީ ޓެރަރިސްޓެއްދޯ

    34
    • ކިހާއް

      ޙައްޤު ތެދު

  14. Anonymous

    އެމެރިކާ ބުނާހާ ގޮތަށް މި ސަރުކާރުން މަސައްކަތް މި ކުރަނީ. 2012 ފެބްރުއަރީ 7 އިއާދަވާނެ ﷲގެ ރަހުމަތާއިއެކު

    36
    1
  15. ށުމަން

    ޢެމްޑީ އެން ރިޕޯރޓް ފޯކަސް ގެއްލުވާލަން ޖަހާ ޕްލޭން. ތިބުނާ މީހަކު މާލޭގަ އުޅޭތާ އެތަކެއް އަހަރެއް ވީ. ޙުސް ފޭކް...

    18
    1
  16. ހައްތަވާވެސް ބޯދާބަސް

    މިކަމުގައި ފިޔަވަޅުއަޅަންވީމަ އެމެރިކާ؟ ދެން އެހެންކަންކަމުގައި އެމެރިކާ ކޮބާތޯ؟
    އަނެއްކާ ރާއްޖޭގެ މުއައްސަސާތަކަކަށްނޭގި ހުއްޓް އެމެރިކާއަށް މީނައަކީ ކިހާވަރެއްގެ މީހެއްކަން އެގޭ؟ ބަންދުކުރަން އެންގޭ؟ ވީމަ ރާއްޖެ މިއޮތީ ކިހިނެއް ވެފަތޯ؟ އަޅުވެތިވެފަނޫންތޯ؟

    14
    1
  17. ާއަފްލާ

    ދީނީ ހަރުކަށި ފިކުރުގެ މީހުން ހިފާ ހައްޔަރު ކުރެވޭ އިރު ލާދީނީ ފިކުރުގެ މީހުނައް މިނިވަން ކަމާއެކު އުޅުމުގެ ފުރުސަތު އޮވެގެންނުވާނެ މިގައުމުގަ މި އއމްޑީޕީން އަބަދުވެސް މޮޔަ ސޮރަކު ވެރިކަމައް ގެންނަނީ މިކަހަލަ ލާދީނީ ޢަމަލުތައް ހިންގާ ޕްރޮމޯޓް ކުރަން

  18. ލައި

    މިގައުމުގަ އެހެން ދީން ތަކައް ފުރުސަތު ހޯދަން މަސައްކަތް ކުރާ އެންމެ އިސްފަރާތަކީ. (އަންނި)

    16
  19. ޢަލީ

    އެމެރިކާ މީހުން ބުނާ ގޮތަށް ކަންތައްކުރަންޖެހޭތަ؟ އެމެރިކާ މީހަކު ރާއްޖޭގައި ތިގޮތަށް ނިރުބަވެރިއެކޭ ކިޔާފަ ހައްޔަރު ކޮށްބަލަ އެމީހުން ރާއްޖެ ހޭއަރުވާލާނެ. މީހުން ހައްޔަރު ކުރަންޖެހޭނީ ރާއްޖޭގެ ފުލުހުންނަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިގެން. މީހަކު ހަމަ ތަނަކުންފެންނައިރަށް އެމެރިކާމީހުން ބުއންޏޭ އެފްރިކާމީހުން ބުންޏޭ ކިޔާފަ ހައްޔަރެއް ނުކުރެވޭނެ.

  20. ހަރަހގެގހެ

    މީ ކޮންރަށެއްގެ ކޮން ގެއެއްގެ މީހެއް؟ މީ ވަރަށް ވާހަކަ. އިނގޭ! ހޯދީމާ އެނގޭނީ މީނާގެ ސަބަބުން މީހުން "ގެއްލިފަ" ވޭތޯވެސް!

  21. ދޮންބެ

    ކުރީ ސަރުކާރުން ހައްޔަރުނުކޮށް ހުރި މީހަކު މިސަރުކާރުން މި ހައްޔަރުކުރީ ކީއްވެބާ؟ އެމްޑީއެން މީހުންވެސް ހައްޔަރުނުކުރަނީ ކުރީ ސަރުކާރުން އެކަމާ އަޅާނުލާތީކަމަށް އަޑު އިވެނީ.