ރޭ ރަސްފަންނު ކައިރީގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގައިގެން ރިޕޯޓްކޮށްފައިވާ ސައިކަލެއް، މޭރީ ބަރައުން ކައިރިން ދުއްވާފައި ދަނިކޮށް ހުއްޓުވާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މި ސައިކަލު ގެއްލިގެން، ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ހަމަ ރޭގެ ވަގުތެއްގައި، މޭރީ ބްރައުން ކައިރިން އެ ސައިކަލު ދުއްވާފައި ދަނިކޮށް ހިފަހައްޓާފައި ވާކަމަށެވެ.

ފުލުހުންގެ ޓްވީޓުގައި ވިދާޅުވީ، އެ ސައިކަލު ދުންވަން އޭރު އިނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިހާރު، އެ މީހަ ވަނީ ފުލުހުންގެ ބެލުމުގެ ދަރަށް ގެނެސްފައި ކަމަށެވެ.

މީގެ އިތުރުން އެ ސައިކަލު ވަނީ މިހާރު އެ ސައިކަލުގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ސައިކަލު ވަގަށް ނެގުމާއި، ވައްކަމާއި, މަސްތުވާތަކެތީގެ މައްސަލަތަށް މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު