ދުނިޔޭގެ ސުލްހައިގެ ޖަމިއްޔާ އދ. ގެ މުހިއްމު އަސާސްތަކާއި، ޤަވާއިދުތަކަށް ބޯލަނބަން އަނެއްކާވެސް އަޒުމް ކަނޑައަޅާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ. އުފެދުނުތާ 74 އަހަރު ފުރުން ފާހަގަކޮށް، މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ.ގެ އަހަރީ ދުވަހާއި ގުޅިގެން ރާއްޖެއިން އަނެއްކާވެސް އިންސާނިއްޔަތު ބަދަހިކުރަން އެ ޖަމިއްޔާގެ ފަރާތުން އެކަށައަޅާފައިވާ މުހިއްމު އަސާސްތަކަށާއި، ޤަވާއިދުތަކަށް އިހުތިރާމްކޮށް، ބޯލެނބުމަށް އަޒުމް ކަނޑައަޅާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުޑަ ދަޢުލަތެއްގެ ގޮތުގައި ދިވެހިރާއްޖެއިން އަބަދުވެސް އދ. އަށް ބަލާފައިވާ ކަމަށާއި، އަދި އެއީ ދޭދޭ ޤައުމުތަކުގެ ސުލްޙަވެރިކަން ދަމަހައްޓައިދޭ، ޤާނޫނީ ޙުކޫމަތު ދަމަހައްޓައިދޭ، ފަރަޤުތައް ކުޑަކޮށްދޭ، އަދި ޤައުމުތަކުގެ އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާކޮށްދިނުމަށް އެހީތެރިވެދޭ ޖަމިއްޔާ އެއް ގޮތުގައި ކަމަށެވެ.

އދ. އުފެދުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހުގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އދ. އުފެދިގެން ދިޔައިރު، ދުނިޔޭގެ ގިނަ ޤައުމުތަކަކީ މިހާރު އދ. ގެ މެމްބަރު ޤައުމުތަކެވެ. ދުނިޔޭގެ ޤައުމުތަކުގައި ހިނގާ ބޮޑެތި ހުރިހާ ކަންތައްތަކާއި ގުޅިގެން އދ. ގެ ތަޅުމުގައި އެ މައްސަލަތަކާއި ބެހޭގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި ބަހުސްކުރެވި، ނިންމުންތައް ނިންމުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހުސެން

  އިސްލާމްދީނުގެ އަސާސްތަކަށް ބޯލަބާނަން.އެއީ ރަނގަޅު ގޮތަކީ.

  20
 2. ޢަލީ އަޙުމަދު ވަހީދު

  ޢދ.ގެ ވެސް އެންމެ މުހިއްމު އަސާސަކީ އެބަޔަކު ޤަބޫލުކުރާ ދީނަށް އިޙުތިރާމްކުރުން. ކީއްވެތަ މިސަރުކާރުން އިސްލާމް ދީނުގެ އަސާސްތަކަށް ބޯނުލަނބަނީ؟ ﷲ އަށް ވުރެ ބޮޑަށް ބިރުގަންނަނީ ޓްރަމްޕް އާއި ނަތަންޔާހޫއާއި ގެރިމޯޑީ ދެކެ އުތަ؟ އެމްޑީއެން އުވާލާ!

  23
 3. ޖީވަންޓޭ

  ކަލޭ ބޯލަނބާ ކިޔަމަންވެ އަޅުވެތިވޭ. އަހަރުމެނެއް ނޫޅެމު.

 4. އައްޔު

  އދ ވުޖޫދުވުމުގެ މާކުރިން މަދީނާގެ ގާނޫނު އަސާސީއަށް ބަލާބަލަ އިސްލާމްދީނުގައި އދ އިން އިންސާނިއްޔަތުގެ ވާހަކަދެއްކުމުގެ ކުރީގައި ފެންނާން އެއޮތީ އެވާހަކަ އަޅުގަނޑުމެން ބަޔެއްގެ އިންސާނިއްޔަތުގެ ވާހަކައަށް ނޫޅުނަސް އިސްލާމް ދީނަށް އުޅޫނީމާ އެކަން ވާނެ އިސްލާމް ދީނަކީ އެންމެ މަތިވެރި ދީން އެދީނުގައި ނެތް ހައްލެއް ނެތް.

 5. ކކކކ

  އަލިފުދާލުގެ އަޅުންނަށް ބުނެވޭނީވެސް ތިހެން

 6. ރހާގެ

  ދީނައް ބޯނުލެނބިޔަސް އަލިފުދާލައް ބޯލެނބޭތޯ ބަލާ..އެހެންނުން.