އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރޕޯޓުގެ މައްސަލައާއި އެކު އެތައް ބަޔަކު ބޭޒާރުވެފައި ވާކަމަށް އައްޝައިހް އަލީ ޒައިޒް ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެއަކަސް އެމްޑީއެންގެ މައްސަލައާއި އެކު އެތައް ބަޔަކު ބޭޒާރު ވެއްޖެ ކަމަށާއި އިސްލާމް ދީން "ފުނޑާލުމަށް" އޮތް އެޖެންޑާ ތަކާއި އެ އެޖެންޑާތަކަށް ތާއިދުކުރާ މީހުން ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެކަމަށެވެ. އަދި މިހާރު އެމީހުންނަށް އޮތް ސަޕޯޓު ގެއްލިފައިވާ ކަމަށާއި އިސްލާމް ދީނަކާ ދެނެއް ނުކުޅެވޭނެ ކަމަށް އޭނާ ކުރެއްވި ޓްވީޓުުގައި ވަނީ ވިދާޅުވެފައެވެ.

 

ޒައިދު ވަނީ އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެމްޑީއެން އަށް ސަޕޯޓުކޮށް ވާހަކަ ދައްކަމުން ގެންދާތީ އެޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރަތްތަކުން އެ ޕާޓީއަށް ނަފުރަތު ކުރާކަމަށްވެސް މީގެ ކުރިން ވިދާޅުވެފައެވެ. ޒައިދު ވިދާޅުވީ އެމްޑީޕީ އަށް އޮތް ސަޕޯޓު މިހާރު ގެއްލެމުން ދާކަމަށާއި އެކަން އޭނާ އާއި ދިމާވި އެމްޑީޕީގެ ފަރާތްތަކުގެ ކިބައިން އެނގިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން އެމްޑީއެން އާއި މެދު ސަރުކަރުން އަދިވެސް އެކަށީގެންވާ ފިޔަވަޅެއް އަޅައިފައި ނުވާތީ ސުވާލު އުފައްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީއެން މައްސަލަ ހޫނުވެފައި ވަނީ އެޖަމިއްޔާ އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓެއްގެ ސަބަބުންނެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެމްޑީއެން ގެ ރިޕޯޓުގައިވެސް ބަލަން ޖެހޭ ރަނގަޅު ކަންކަން އެބަހުރި ކަމަށާއި އެރިޕޯޓުގައި ވާ ކަންކަމާ މެދު ނުރުހުން ފާޅުކޮށް ފިޔަވަޅު އަޅަން ގޮވާލުމުން އެރިޕޯޓުގެ އަސްލު މަގްސަދު ގެއްލޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖާދު

    އަދި ކިރިޔާތަ އެނގުނީ އެމް.ޑީޕީގެ ލާދީނީކަން މިޤައުމުގަ ފުރިހަމަ މުސްލިމެއް ހުރިއްޔާ އެނގޭނެ ޝައިޚްމެންވެސް ޝައިޚް ކިޔަސް ފުރިހަމަ މުސްލިމުންނަށް ނުވޭ.. މާތްﷲ އިންސާނާ އަށް ވިސްނައި ފިކުރު ކުރުމުގެ ބާރު ދެއްވާފައި ވަނީ ކަމަކު އެއްފުޅާައްމަތިން ފުއްމާލާ ބަކަރި ހާސްފުޅައްމަތިން ފުންމާނެ މީ ހަރުބަހެއް.

    33
  2. މޯޑް

    ޱައިދު ޖެއްސި ސިޔާސީ ގޭމެއްކަން ޔަގީން ވެއްޖެ

    18
    4
  3. ޒާހިދާ

    މި ސަރުކާރުން އެމްޑީއެން އުވައެއްނުލާނެ.މީ ވަރަށްސާފު ކަމެއް.އެހެންނަމަމިހާރު އޮންނާނީ އުވާލާފަ.

    31
  4. Juhaa

    ލާދީނީ ކަލޭގެއަށް ސަޕޯޓްކުރާ މީހުން އެމް.ޑީ.ޕީގައި މުޅިންވެސް ތިބެނީ. އެކަލޭގެ ކޮންމެ އެއްޗެއް ކިޔަސް އެމީހުން ތިބޭނީ އަތްތިލަބަޑި ޖަހަން. އެކަލޭގެ މައްޗަށް ދަޢުވާއެއް ކޮށްފިއްޔާ ވާނީ ސިޔާސީ ދަޢުވާއަކަށް.

    29
  5. މިގޭ

    މިހާރު ތިޔަހުރީ ކޮން ކޮޅަކު.

    19
    1
  6. ޒާ

    ތީ އެއްވެސް ވާހަކައެއްނޫން. ދުޢާ ބާއްވާލެއްވިކަމަށް ބުނާ ޝޭޚާއި މުޙައްމަދު ނަޝީދަށް ވާގިވެރިކުމުކީ އިސްލާމް ދީނަށް ދެކޮޅުވުންކަމަށް ކަރުން ނާރު ނަގާ ގޮވި ޝޭޚާއި ދީނު ދިފާއުގައި ބަސްބުނާކަމަށް އިޢުތިރާފްވި ޝޭޚް އަލީ ޒާހިރުވެސް ހުރީ އެމީހުންނަށް ލިބުނު މަގާމުގެ އަރާމާއި ފުލުގައި އަނގަ ބަންދުކޮށްގެން. ދެންވެސް ވާނީ އެހެން. އަދި އެބައުޅޭ އެގޮތަށް މަގާމެއް ލިބެންދެން ރައީސްމީހާ ހަމަ ސޯލިހް ވީމައޭ ސޯލިހު މިނަން ފަހަތަށް އައީ ކިޔައިގެން އުޅޭ ޝޭޚެއް.

    15
  7. ޙޯރަ

    ޢިސްލާމްދީނަށް ވާގިދޭވެރިކަމެއް މިގައުގައި އޮންނަންޖެހޭނީ! ޢިންތިހާބެއް ލަސްނުކޮށް ބާއްވަން ފެނޭ! މިއީއިސްލާމީދައުލަތެއް! ޜައްޔިތުންގެ ސަރުކާރެއް!

    13