މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު އިސްލާމް ދީނާ ޚިލާފު ރިޕޯޓު ކުށްވެރިކޮށް ބަޔާނެއް ނެރުމަށް އެދި އައްޑޫ އަތޮޅު ހުޅުދޫ ރައްޔިތުންގެ ފަރާތުން އެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އަށް ފޮނުވި ސިޓީ "ގެއްލިއްޖެ"އެވެ.

ކައުންސިލަރ ޝުކުރީ ވިދާޅުވީ އެ ރިޕޯޓު ކުށްވެރި ކުރުމަށް ކައުންސިލުގެ ފަރާތުން ބަޔާނެއް ނެރުމަށް އެދި މޭޔަރަށް ފޮނުވި ސިޓީ ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ކައުންސިލުން ޖަވާބު ދީފައިވާ ކަމަށެވެ. އަދި އެފަދަ ބޮޑު މައްސަލައެއްގައި އައްޑޫ ސިޓީ ކައުންސިލް ހިމޭނުން އޮންނަ އޮތުން ބަލައި ނުގަނެވޭ ކަމަށާއި ހުޅުދޫ ރައްޔިތުން ތިބީ އެ ރިޕޯޓާ ދެކޮޅަށް ކަމަށް ޝުކުރީ ވަނީ ވިދާޅުވެފައެވެ.

"އެމްޑީއެންގެ މައްސަލާގައި އެންމެ ފުރަތަމަ ކައުންސިލަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ލިޔުނީ މި ރިޕޯޓު ބަލައި ނުގަނެވޭ ކަމަށާއި ރާއްޖޭގެ އެހެން ކައުންސިލްތަކުން ވެސް މި ރިޕޯޓު ކުށްވެރި ކުރަމުން އަންނަ ކަމަށް، އެކަމަކު އެވާހަކައަށް އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅެއް ނުވި، ދެން އަޅުގަނޑު ލިޔުނީ މޭޔަރ އަށް އެޑްރެސްކޮށް ކައުންސިލް ބައްދަލުވުމުގައި މިކަމަށް މަޝްވަރާކޮށް ނިންމުމަށް، އެކަމަކު އަންގާރަ ދުވަހުގެ ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ނުކުރުމުން ބެލި އިރު ސިޓީ ގެއްލިއްޖެ،" އައްޑޫ ލައިވް އަށް މައުލޫމާތު ދެއްވަމުން ޝުކުރީ ވިދާޅުވެފައިވެއެވެ.

ޝުކުރީ ވިދާޅުވެފައިވަނީ ކައުންސިލްގެ އިދާރާއިން ސިޓީ ގެއްލުނު ނަމަވެސް އޭގެ ކޮޕީއެއް އޭނާގެ އަތުގައި އެބަ އޮތް ކަމަށާއި އެ ސިޓީ ގެއްލުމަކީ ވަރަށް "ހެއްވާ" ކަމެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ 78 ކައުންސިލަކުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރެފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން އެ ރިޕޯޓާ ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަ ނުކުރެއެވެ. ނަމަވެސް މީގެ ކުރިން އެކި ކަންކަމުގައި އެންމެ އަވަހަށް ބަޔާން ނެރޭ ކައުންސިލްތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް ހިމެނޭއިރު އސަރުކާރުތައް ބަލައި ނުގަތުމަށް ވެސް އެކައުންސިލުން ބަޔާން ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހުސެން

  އެއީ ކިހިނެއް ގެއްލުނީ؟ސޯބޭމެނަށް އެއުޅެނީ ބޭން އެމްޑީއެން ޖަހާލަން ނުކެރިގެން ލަދެއް ނުގަނޭތަ؟

  44
  1
 2. މލ

  ސޯބެއަކީ ވަހުތާނެއްފަދަ މީހެއް ބާރަށް ވައިޖެހޭ ދިމާ ދައްކައި ދޭނެ ރައްޔިތުން ދައްކައެއްނުދޭނެ އަމިއްލަ އެޖެންޑާ އިސްކުރާމީހުންނަށް އެހެންކަމަކާ ނޫޅެވޭނެ

  32
  • ދޮގެއް؟

   އަމިއްލަ އެޖެންޑާ އިސްކުރާވަރު ކުޑައީނު. މާދަމާވެސް އަެިސް ވޯޓެކޭ ހަމަ ގޮވާލާއިރަށް ރީ ދޫ ލިބާސް ލައިގެން އުޅޭތީ ކަލޭމެން ހަމަ ހޭވައްލާ ތައްޔާރު. ދެން ކޮން ވާހަކައެއް ދައްކާކަށް.

   21
   • ކޮސްނުގޮވާ

    ތިއުޅެނީ ރީނދޫ މައްސަލައެއްނޫން. ރީނދުލުގަ އުޅޭ ތަންދޮރުނޭނގޭ ބައިގަނޑެއްގެ ވާހަކަ ތިދައްކަނީ. މުޅި ރީނދުލަކީ ގޯހެއްނޫން. ރީނދުލުގެ ފުރިހަމަ މެޖޯރިޓީއަކީ ދީނަށް ލޯބިކުރާ ދީނީކަންކަމަށް ދެކޮޅުހަދާ ބައިގަނޑާއި ކަނޑައެޅިގެން ދެކޮޅުބައެއް.

  • ބޮސް

   އަދިވެސް ތިމީހުންނަށް ވޯޓުދީ ހޮވާތި. ތިޔަ ސިޓީކައުންސިލަކުނެތް ބުއްދީގެބޭނުން ހެޔޮގޮތުގަހިފާ އަދި ހިފަންއިނގޭމީހަކުވެސް. ދެންކިހިނެތް ދީނީކަންކަމަށް ތިޔަމީހުންގެ ސަމާލުކަން އޮންނާނީ.

 3. އަލިބެ

  އަނހާ!!! ތިދަށްކަނީ އަންނި މިނެކިރާ ކައްޓާއިން ކިރާފަ ހުރި ސޮރެއްގެ ވާހަކަ

  21
 4. ޙފޒ

  .ތީގެތެރެއިން ގިނައީ މާތް ރަސޫލާ(ސ)އަށްވުރެ އަންނިދެކެ ލޯބިވާމީހުން.ﷲގެކޯފާއަށް ބިރުވެތިވޭ!

 5. އެގަންޖާ 19

  އައްޑޫސިޓީ ކައުންސިލަށް ހޮވިފައިތިބީ (ޝުކުރީ ފަދަ ބޭފުޅުންނުލައި) ލާދީނީ މީހުންގެ ސަޕޯޓަރުން، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގައި ތިއްބެވި ދީންދެކެ ލޯބިވާ ހުރިހާ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވައިގެން، ސޯބޭބޭ މެންނަށް ނޫނެކޭ ބުނަމާ...!

 6. ގިޓާ

  އެއިންވެސް އެގެނީ އެމްޑީޕީއާއި އެމްޑީއެންނަކީ އެކެއްޗެއްކަން

  4
  1
 7. Anonymous

  ތީގެތެރެއިން ގިނައީ މާތް ރަސޫލާ(ސ)އަށްވުރެ އަންނިދެކެ ލޯބިވާމީހުން.ﷲގެކޯފާއަށް ބިރުވެތިވޭ!