ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުން ހުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހުޅުވައިލައިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އާއި ގުޅިގެން އެކޮމިޝަނަށް ހުށަހަޅައިފައިވާ ޝަކުވާ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އޭނާ އެދިފައިވާ ތީ އެކަން އެގޮތަށް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އެ އަޑުއެހުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގެ 14:00 ގައި ކަމަށާއި، ޖުޑީޝަލް ކޮމްޕްލައިންސް އެންޑް އިންވެސްޓިގޭޝަން އިން ޕޯސްޓް ބިލްޑިންގް ގެ 6 ވަނަ ފަންގިފިލާގައި ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ޖޭއެސްސީން ވަނީ އަޑުއެހުމަށް ވަނުމުގެ ފުރުސަތު އާންމުންނަށާއި މީޑިއާތަކަށް ޖާގަ އޮތް މިންވަރަކުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

ޖޭއެސްސީ ަަަށް ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ހުށެހަޅާފައެވެ. އެއީ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން އާދަމް މުހައްމަދު ގެ މައްސަލައެވެ.

މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްސަލައިގެ ސުވާލުކުރުން ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ގުޅުން ހުރި ބައެއް ކަންތައްތަކެއްގެ ތުހުމަތު ދައުލަތުން ވަނީ ކޮށްފައެވެ.

އެ މައްސަލަތަކާއި ގުޅިގެން ަަަަަަ އަބްދުﷲ ދީދީ ވަނީ ފަނޑިޔާރު ކަމުން ވަކި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްދާމް

    ކޮބާތަ ރައީސް ސޯލިހުގެ މަށްޗަށް ކުރާތުހުމަތުގެ މައްސަލަ ވަނީ ކޯޓަށް ވައްދާފަ. ކިހާވަރަކުން ދާނެބާ. ކޮންމެ ގޮތެއްވިޔަސް ވެރިކަމުން ދުރުވާއިރަށް އެމަށްސަލަ ނަގުވާނަން އަދި ޖަލުގެ ތޭރިތަކުގެ ފަހަތަށްވެސް ލާނަން.

    13
  2. ސަރުދާރު އިމްތިޙާނު

    ފަނޑިޔާރުންގެ މައްސަލަޔަކީ މަޖްލީހުގެ ރައީސް ކުށެއްކޮށް ސާބިތުވެގެން ކުރިހުކުމެއް ތަންފީޒު ކުރަނިކޮށް ބަލިވެގެން ކަމަށްބުނެ ބޭރުޤައުމުތަކުގައި އުޅެފަ ރާއްޖެ އައީމަ ޖަލަށް ނުލައި ފިލައިގެން އުޅުނު މައްސަލާގައި ޙުކުމެއް ނުކޮށް މިނިވަންކުރުން. އަދި އިތުރަށް ފަނޑިޔާރު ވަގަށްނަގައިގެން އުޅުނު މައްސަލަ ރިވިއުކުރަންޖެހޭ ކަމަށް ކޯޓުން ބުނެ އެކަން ނުނިމެނީސް މަޖްލީހުގެ މެމްބަރުކަމަށް ކުރިމަތި ލެއްވި އިރު ބަލިކަށިކަން މަތީ ހަނުތިބުން.

    11