އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ކުރީގެ ސަރުކާރުގެ އިސް ފުލުހުންތަކެއް ހިފި ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ސީޕީ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ވިދާޅުވީ މި ހަޔާނާތުގައި ކުރީގެ ކޮމިޝަނާ އަކާއި އަދި ޑެޕިއުީ ކޮމިޝަނާއެއްވެސް ޖެހިފައިވާ ކަަމަށާއި، އަދި އެ ހިޔާނާތުގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން އެފަރާތްތަކުން ބޭނުންކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. މިހާރު ފުލުހުންގެ ވަޒީފާ އަދާ ކުރާ ބައެއް ފަރާތްތައްވެސް ހިމެނޭގޮތުން ޖިނާއީ ތަހުގީގުވެސް މިމައްސަލައިގައި ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ފުލުހުންގެ އިދާރީ ތަހުގީގު މިހާރުވެސް ހިންގަމުންދާ ކަން ސީޕީ ހަމީދު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރުމުގެ ފަހުން 144 ފަރާތަކާ ސުވާލުކޮށްފައި ވާނޭ ކަމަށެެވެ. އެހެން ނަމަވެސް އޭގެ ފަހުން ހޯދުނު ހޯދުން ތަކުގެ އަލީގައި އެ އަދަދު ދެގުނައަށް ބޮޑުވެގެން ގޮސްފައިވާ ކަމަށް ހަމީދު ވިދާޅުވިއެެވެ. އޭގެ ތެރޭގައި ގާނޫނީ ގޮތުން ތުހުމަތު ކުރެވެން ޖެހޭ ފަރާތްތައް ހިމެނޭ ކަމަށާއި އެފަރާތްތަކުގެ ނަން ހާމަކުރާނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިނގައިފައިވާ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައެވެ. މި ހިޔާނާތުގައި މިހާރުގެ ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭކަމަށް ބުނެ، ބައެެއް ބޭފުޅުން ސަސްޕެންޑްވެސް ކުރިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 1.3 ބިލިއަން ޑޮލަރަށް އަރައެވެ. މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތުހުމަތު ކުރެއެވެ.

މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާރުގެ މަޖިލީހުގެ 16 މެމްބަރުން ހިމެނޭ ކަމަށެވެ. އަދި އަލަށް ފަށާފައިވާ އެމައްސަލައިގެ ޖޮއިންޓް ތަހުގީގަށް އެނގިފައިވާ އައު މައުލުމާތު ތަކަށް ބަލާއިރު އެ މައްސަލައިގެ ޚިޔާނާތުގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އިކުރާމު

    މީގަ އާޒިމާޝަކޫރާ ޗަންޕާ އުއްޗުވެސް އުޅޭނެ ޔަގީން

    8
    45
    • ދދދ

      ކަލޭވެސް އުޅޭނު. ޝައްކެއް ނެތެއްނު.

  2. ާއަފްލާ

    ދޮންކަލޯ ތީހަމަ އެމް ޑީ އެން ރިޕޯޓްގެ އަސްލު ގެއްލުވާލަން ކުރާ މަސައްކަތެއް ތިކަން ހުއްޓާލާފަ މިދީން ހިމާޔތް ކުރަން އުޅެބަލަ

    75
    3
  3. ގިޓާ

    ދީނަށް ފުރައްސާރަ ކުރި މައްސަލާގެ އަޑު ކަނޑުވާލަން އެންމެރަނގަޅު އަޑު ތިފަތުރަންފެށީ ސީޕީއަށް ސާބަސް

    73
    1
  4. ާއައްޑޫ އަލިބެއްޔާ

    ޢެމްޑީ އޭ ރިޕޯޓް ފޯކަސް ގެ އްލުވާލަން ދައ އްކާ ވާހަކަ ތަށް

    70
    1
  5. ބޮޑު ހަސްންބެ

    މި ވަރުގެ ބަޔަކަށް އަހަރުމެންވީ އިތުބާރުކުރަން. ގައުމުގެ ހަލާކަކީ ފުލުހުން

    37
    3
  6. ޢަހުމަދު

    ކަލޭ އިސްތިއުފާދީ..

    77
    1
  7. ކިނބޫ

    ލާދީނީ ރިޕޯޓުގަ ފުލުހުންހެ ވެރިމީހާވެސް ބައިވެރިވި. އެކަން އެނގޭތަ ކަލެއަށް؟ ދެބޯގެރި ދުއްވާނެ ކަމެއް ނެތް. ރިޕޯޓު ވާހަކަ އޮއްބައެއްނުލެވޭނެ. ހޭކެނޑެން ޖެހޭނީ.

    114
    1
  8. މުހައްމަދު

    މީ އެއ އްކަލަ ލާދީނީ އްޔަތު ދޯ!

    23
    1
  9. Anonymous

    ދޮންކަލޯ ހަމީދޫ. ފުރަތަމަ އެމްޑީއެން މައްސަލަ އޮއްބާލަން މޮޅު ވާހަކަ ނުދައްކާ އެމައްސަލަ ބަލާބަލަ

    35
    1
    • ޛަންމަރު

      ކޮމެންޓެއްކުރިޔަސް ހަމައެކައްޗެއް މިއަންނަނީި. މާތްﷲ އަށް ބިރުވެރިކަމެއްނެތް ބަޔަކަށް ކޮންތަހްޤީޤެއް ކުރެވޭނީ. މިޤައުމުން އިސްލާމްދީން ފޮހެލާނެ ހުރިހާ ޓޫލްތަކެއް ބޭނުންކުރާތި

      28
  10. ބޯހަލާކު

    އެހެންތަ އަސްލުތަ އަޅޭ ހާދަ ހެއްވައޭ ؟

    24
  11. ހސހސހސ

    ކަލޭ ފުރަތަމަ ބޭރު ކުރަން ވީ

    50
    2
  12. އަލީމް

    ހަމީދު ކަލޭ ފުރަތަމަ އިސްތިއުފާ ދީ. އެމްޑީއެން ރިޕްރެޒެންޓް ކުރަން ގޮސް ކީކޭކިޔާފަ ނޭނގޭ ކަމަށް ހަދައިގެން ތިހުރީ. ދީނޭ ކިޔައިގެން ކަލޭވެސް ނުކިޔާކަ އެެއްޗެއް ނެތް.

    40
    2
  13. ާބޯގޯސް

    ތިކި ޔަނީ އެހެން އެއްޗެ. ދީނައް ފުރަސާރަ ކުރާ ވާހަކަ ދައްކާތީ އެއަޑު ކަޑުވަން ދައްކާ ހޮޅި ވާހަކަ.

  14. ނަގޫރޯޅި

    މަގާމުގެ ނުފޫޒު ބޭނުން ކޮއްގެނ ބަޔަކަށް މަންފާއެއް ހޯދާދިނުމަކީ ވެސް ހިޔާނާތެއް. ކުރީގެ އިންޓެލިޖެންސް ވެރިޔަކައް ހުރެ ދައުލަތުގެ ސިއްރު މައުލޫމާތު ހިއްސާކުރަން ނުޖެހޭ ބަޔަކަށް ހިއްސާ ކުރުމަކީވެސް ހިޔާނާތެއް. ޕޮލިސް ކޮމިސަނަރަކައް ހުރެ އިސްލާމް ދީނައް އަދި ނަބިއްޔާއަށް ފުރައްސާރަ ކުރިބަޔަކު ދިފާއުކުރުމަކީ ވެސް ހިޔާނާތެއް. މި ދެ ހިޔާނާތުގަ ބައިވެރިވެފައި މިވަނީ ހަމައެކަކު. މސ ހަމީދު.

  15. އިސްލާމް

    މީނަ މިމަޤާމުގައި ހުރުމަށް ކުފޫ ހަމަނުވޭ. މީނަޖެހޭ ބޭރުކުރަން. ނަމުން ސޯލިހު ކަމުން ޖާހިލު މީހާ ހުންނަނީ ބީރުވެފަތަ؟ ރައްޔިތުންގެ އަޑުނީވެނީ... ވޯޓް ހޯދަން ނާންނާތީ ދެން.

  16. އަހްމަދު

    އެމްޑީއެމްގެ މައްސަލަ އެހެން ދިމާލަކަށް ޑައިވާޓް ކުރަން ކުރާ މަސައްކަތް ހުއްޓާލާ!

  17. ސޮއްބެ މާލެ

    ރީނދޫ ޕަޕެޓު އެމްސީ ހަމީދޫ... ކަލޭގެ ކާފަރުކަން ދެކިބަލަ.. އެމްޑީއެން މައްސަލަ އޮއްބަން ފުލުސް އޮފީސްވެސް ބަދުނާމު ކުރީޔޭދޯ