ކުރީގެ ސަރުކާރުން ރަށްތައް ނުއަގުގައި ވިއްކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 220 މިލިއަން ޑޮލަރު ނުލިބި ވާކަމަށް ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

އައްސަދު މިކަން ހާމަކޮށްފައި ވަނީ އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން މައުލޫމާތު ހިއްސާކުރުމަށް އެކޮމިޝަނާއި ފުލުހުން އަދި އޭސީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އައްސަދު ވިދާޅުވީ 2013 ވަނަ އަހަރުގެ ތެރޭގައި ރަށްރަށް ވިއްކުމާއި އެރަށްރަށް ވިއްކައި ފައިސާ ނަގާނެ އުސޫލެއް އެކުލަވާލައި ގެޒެޓްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ އުސޫލަށް އަމަލު ކުރުމުގެ ބަދަލުގައި އެމްއެމްޕީއާރުސީގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ "އޭރަކު އައި މީހަކު އޭރަކު އޮތް ގޮތަކަށް" ކަމަށެވެ. އަދި އެރަށްތައް ދޫކުރުމުގައި އަމަލުކޮށްފައިވަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަމަށާއި އެކަންކަމަކީ އެއް އުސޫލަކުން ހަމަހަމަ ކަމާއެކު ކޮށްފައިވާ ކަމެއް ނޫން ކަމަށް އައްސަދު ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ ބައެއް ފަހަރު އޮފަރ ލެޓަރ ދެވި ކޮންޓްރެކްޓް ނުހަދާ ރައްތައް ގަތް ފަރާތްތަކުގެ އަތުން ފައިސާ ނެގިފައިވެސް އެބަހުރި ކަމަށާއި އެބައިބައި ނުލައި ވިއްކާލި 49 ރަށަށް ބަލާލި ނަމަވެސް މަދުވެގެން ދައުލަތަށް 220 މިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް ހެދި ލީސެކިއުޝަން ކޯސްޓު ހޯދުމުގެ ގޮތުގައި ދޭ އަގެއްގެ ގޮތުގައި 76.9 މިލިއަން ޑޮލަރުގެ އަގެއް ނުލިބި އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ރެކޯޑު ކުރެވިފައި ނުވާ 143 މިލިއަން ޑޮލަރެއްވެސް ދައުލަތަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ފެންނަން އޮތް 77 މިލިއަން ރުފިޔާ އާއި ނުފެންނަ 143 މިލިއަން ހިމަނައިގެން ޖުމްލަ 220 މިލިއަން ޑޮލަރު ދައުލަތަށް ނުލިބި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުން އެ ހުރިހާ ކަމެއް ކޮށްފައި ވަނީ އެކަމުގައި ފަހަތުގައި އެހެން ކޮރަޕްޝަނުގެ އަމަލެއް ނުހިނގާނެ ކަމެއް ކަމަށް ބުއްދި ގަބޫލް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްސަދު ވިދާޅުވީ މިކަން ފުރަތަމަ ފެށިގެން އައީ ސަރުކާރުގެ ކުންފުނި ތަކަކުން ފައިސާ ނެގުމަށް ފަހު އެ ފައިސާ އަނބުރާ ދެއްކުމަށްޓަކާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައކެއް ވިއްކާލައި އަގުތަކެއް ނެގުމަށް ފަހު "އެކިއެކި ސަކަރާތްތަކެއް" ޖަހައިގެންކަމަަށެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރީގެ ސަރުކާރުން ނަގައިފައިވާ ފައިސާ ދެއްކިފައި ވާކަމަށާއި އެހެން ނަމަވެސް އެފައިސާ ދެއްކީ ކިހިނެއް ކަން ބަލާއިރު އޮންނަނީ އެމްއެމްޕީއާރުސީ އިން ނުއަގުގައި ރައްތަކެއް ވިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ހަމައެކަނި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހި ނުލިބިދިޔަ ފައިސާގެ އަދަދުވެސް 77 މިލިއަން ޑޮަލަރަށް އަރާކަމަށް އޭނާ ވިދާޅުވިއެެވެ.

"އެހެން ވީމާ އަބަދުވެސް މި ދެކެވެމުން އަންނަ ވާހަކަ އެބަ ދިމާވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބެންޖެހޭ އެއްޗެއް ނުލިބި ދިޔަ ބަޔަކީ އަޅުގަނޑުމެން ދޫކޮށްލާނެ އެއްޗެއް ނޫނޭ. އެބައި އަޅުގަނޑުމެން އެބަ ޖެހޭ ހޯދަން. ގަނެ ވިއްކުމުގެ ވިޔަފާރީގައި ގަންނަ މީހާ ގަންނާނީ ވިއްކާނެ މީހަކު ހުރިއްޔާ. އެއީ ހަނދާން ބަހައްޓަން ޖެހޭ އެއްޗެއް" އައްސަދު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަހުމަދު

  ސްޓިކާ ތަކުން އެބައި ކަވާރ ވެއެއްނު؟

  14
 2. ހުޅުރާއްޖެ

  ހާދަވަރެކޭ ތިހުރީ މިއުޅޭ ލާދީނީ ވާހަކަ އޮއްބާލަން. ބަލަ ތިޔައީ މީގެ އެތައް ދުވަހެއް ކުރިން ތަހުގީގުކޮށް އެނގިފައިވާ ކަންކަމޭ. އަދިވެސް ތިޔަ ލިސްޓުގައި ހިމަނަންޖެހޭ ކިތަންމެ މީހަކު މިގައުމުގައި އުޅޭނެ ކަމީ ޝައްކަކާނުލައި އެނގޭ ކަމެކޭ.

  21
 3. ބޯގަޅި ކަކުނި

  ކަލޭމެން ބިޑުނުކޮށް މަސައްކަތްތައް ބޭގެކުންފުނިތަކަށް ދިނުމުން ވަރަށް ފައިދާވާނެ. އެމްޓީ ސީސީއަށް ދީފިއްޔާ ގެއްލުން. މިއަހަރުގެ ރައީސުލް ޖުމުހޫރިއްޔާއޮ އޮފީހުގެ ބަޖެޓް 2 ބުރުންހުސްކޮށްލީމާ ވެސް ފައިދާ

  13
 4. އަބޯ

  ތިއަށް ވުރެ ބޮޑު އަގަކަށް ހިސާބު ހެދިނަމަ 500 މިލިއަން ޑޮލަރު ލިބޭނެކަމަށް ހިސާބުތަކުން ދެއްކުނީސް އެވަރަށް ހިސާބު ދަސް ނުވަނީތަ ؟

  14
 5. ބުރޯ

  ރަނގަޅު އެއްޗެއްކިޔޭތޯ ބަލާބަލަ މިހާރު މިލިޔަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދެއް އެއަދަދާ ދިމާނުވާ ގޮތަށް ތަފާތު ހިސާބުހަދާފަ 1000 މިލިއން ޑޮލަރު ކުޑަކޮށް އެރަށްތައް ވިއްކާލިޔޭ ނުކިޔަނީ ކީއްވެ ؟ 2008 ގަ ވެރިކަމުގަ ކޮލިގޭމީހުނާ އެކުހެދި 5% ދަވްލަތުގެ ހިއްސާ ކުންފުނީގެ ޑީލް ގެ ވާހަކަ އޮތީ 5% ކުންފުނީ މީހުނަށް ގަނެވޭގޮތަށް އެގްރީމަންޓް އެއީ ކީއްވެ ؟ އެޑީލްގާތަ އަލީވަހީދު އައީ ؟ ގެގަތުމަށް ފައިސާލިބުނީ އެޑީލްގާތަ ؟ ރަނގަޅު ތަކެތި ކިޔަން ދަސްކޮށްގެން ކީމަ ސަވާބު އިތުރު ވާނީ

 6. ޢަބްދުއްލާ

  ރަށްތައް ނުއަގުގައި ވިއްކުމުގެ ސަބަބުން ދައުލަތަށް 220 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވޭ - އައްސަދު

  7 ގަޑިއިރު ކުރިން ( އޮކްޓޯބަރ 24, 2019 )

  ބަލަކަލޭމެނެއްނޫންތަ އައި ހެވަން އަތުވެދާނެތީ ބރުގަތީ.

  ޓީސާޓް ގައިG M R ޖަހައިގެން ދުވީ.

  މިހާރު ރައީސްއޮފީހުގެ ބަޖެޓުގެ ނެއްލާރިން 17 މިލިޔަން ޚަރަދުކުރަނީ.

 7. ވަލީ

  އައްސަދުމެންނަކީ ފޭލިއަރުންތަކެއް.. ފިނޭންސު މިނިސްޓަރީ ނުހިންގުނު ބަޔެެއް.. ހިސާބު ޖަހާކައްވެސް ނޭނގޭނެ..

 8. ކަހީނު ކަލޭގެ

  ތިޔަތަސްބީހައިގައި މިފަސް އަހަރު ދުއްވާލާ! ތިޔައީ ހެޔޮވެރިކަން! ޜައްޔިތުން ގުބޯ ހައްދާ! ތިޔަސޮނިވެއްޓޭތަން ބަލަން ތިބޭނެކަމަށް ހީނުކުރާތި!

 9. ޢާއިޝާ

  ބްލޫ ޔުނިފޯމްގަ ތިބި ދެމީހަކު ފެނިފަ ހިނިއަންނަނީ. ކެކެކެކެ.