މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާއި، ގުޅިގެން އެ ޖަމިއްޔާ އުވާލަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލަ އިއްޔެ ހުށަހެޅުނު ނަމަވެސް، އެ މައްސަލަ ރަޖިސްޓަރ ކުރިކަން އަދި ސާފެއް ނޫނެވެ.

އެ ޖަމިއްޔާ އުވާލަން ކޯޓަށް މައްސަލައެއް ހުށަހެޅިއިރު، އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން ގޮވާ މީސް މީޑިއާގައި ދަނީ ކެމްޕޭން ކުރަމުންނެވެ. އެ ޖަމިއްޔާއިން ނެރުނު ރިޕޯޓާއި ގުޅިގެން، މައްސަލަތަކެއް ފުލުހުން ބަލަމުން އަންނައިރު، ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

އެމްޑީއެން އިން ނެރުނު އެ ރިޕޯޓާއި ގުޅިގެން، ނުރުހުން އަތޮޅު ތެރޭގައި ހިނގާލުންތައް ބާއްވާފައި ވެއެވެ. އަދި އެކި އަތޮޅުތަކުގެ ކައުންސިލްތަކުން ދަނީ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ބަޔާންތައް ނެރެމުންނެވެ.

އެމްޑީއެން އިން ކީރިތި ޤުރުއާނާއި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން ތައްޔާރުކުރި ރިޕޯޓެއްގެ މައްސަލަ ހޫނުވިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެޖަމިއްޔާ ސަސްޕެންޑް ކުރުން ފިޔަވައި އަދި އިތުރު ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ.

އެ ޖަމިއްޔާގައި ހިމެނޭ އަދި، އެ ރިޕޯޓް ތައްޔާރު ކުރުމުގައި އުޅުނު އެއްވެސް މީހަކު މިހާރު ރާއްޖެއަކު ނެތެވެ. އޭގެ ތެރެއިން އެކަކު ހޯދަން ފުލުހުން އިއުލާނުވެސް ކުރިއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިއްދޫ

    މޯލްޑިވިއަން ލާދީނީ ނެޓްވީކު އުވާލަން ޖެހޭ.. އެއީ ލާދީނި ބަލި އާލާކޮއް ފަތުރާ ޖަރާސީމެއް. މިހާރު އެޖަރާސީމުގެ އެކި ސުޓުރެއިންތައް ފެތުރެމުން ދަނީ. މި ޖަރާސީމުން ޖައްސާ މުނާފިގު ކަމާއި ލާދީނީކަމުގެ ބަލި އެންމެގަދައައް ޖެހިފައި އޮތީ ދިވެހި ސަރުކާރަށާއި އަދި ދައުލަތުގެ މުއައްސަސާތަކައް.

    23
  2. އަލިބެ

    އެތަން ފުރިފަ އެއޮތީ އިސްލާމްދީނައްވުރެ އަންނި ދީން މުހިންމު ބައެއް.

    19
  3. ގިޓާ

    ދުވަސް ކޮޅަކުން އަޑު ކެނޑޭނެކަމަށް ލަސްކޮށްލަނީތަ؟ އެމީހުންގެ އަގަތަކުންފުމެ އެހުޅުކޮޅު ނިއްވާލަން މަސައްކަތް ކުރިޔަސް ޤިޔާމަތައްދަންދެންވެސް އެކަމެއް ނުވާނެ

    21
  4. އުވާލަން.

    ހަމައެކަނި އެ ޖަމުއިއްޔާ އުވާލާކަށްނޫން ހުށަހަޅަންވީ. އެޖަމުއިއްޔާ ވަގުތުން އުވާނުލުމާއި ޖަމުއިއްޔާގެ މެމްބަރުން ރައްޔަތުންގެ ފައިސާއިން މުސާރަދޭ ރައީސް ވަޒީފާ ދެއްވާފަ ތިބި ސަރުކާރުން ވަކިނުކުރާތީ މިކަމުގައި ރައީސް ބައިވެރިވެފަވުމުން ރައީސްއާއި ހޯމްމިނިސްޓަރާއި ޔޫތުމިނިސްޓަރު ވަޒީފާއިން ވަކިކޮށް އެމީހުން ޤާނޫނު އަސާސީ އާއި ހުވަޔާ ޚިލާފުވެފަވާތީ އެ މައްސަލަ ޝަރީއަތުން ބަލާ ފިޔަވަޅު އެޅުމަށްވެސް ކޯޓަށް ހުށަހަޅަންޖެހޭ. ޢެމީހުން އިތުބާރު ނެތްކަމުގެ ވޯޓް ނުނަގާތީ ރައްޔަތުންގެ މަޖްލިސް މެމްބަރުން ވެސް ވަޒީފާއިން ވަކިކޮށް ޝަރީއަތްކޮށް އަދަބުދިނުމަށްވެސް ހުށަހަޅަންޖެހޭ. ކޯޓަށް މައްސަލަހުށަހެޅި ބޭފުޅަކަށް ސާބަސް އަދި ޝުކުރިއްޔާ. ﷲ ވާގިދެއްވާނެ. އިންޝާﷲ.

    17