ގުޅިފަޅު ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ގުޅިފަޅު މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ
ޑަޗް އައިއެންޖީ ބޭންކުން ލޯނު ހޯދުމުގެ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަަމަށާއި އެ ލޯނު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
ޑަޗް އައިއެންޖީ ބޭންކަކީ އެހެން ގައުމުތަކުގެ އެގްޒިމް ބޭންކްތަކެކޭ އެއްގޮތަށް، އެ ގައުމެއްގެ ކުންފުންޏަކާ މަސަައްކަތް ހަވާލުކުރަން ޝަރުތު ކުރާ ބޭންކެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ބޮސްކާލިސް އަށް އަޅުގަނޑުމެން މި ޕްރޮޖެކްޓް ދިނީ ކީއްވެތޯ؟ އެއް ކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ޕްރޮޖެކްޓް ހިންގަން އަޅުގަނޑުމެން ބޭނުން ވަނީ ޑަޗް އައިއެންޖީ ބޭންކްގެ ފައިނޭންސިން އަޅުގަނޑުމެންނަށް ލިބިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލުކުރަން ކަމަށާއި އެއީ ވަރަށް އަވަހަށް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަވަސް ކަމެއްގެ ގޮތުގައި ވިޔަފާރި ބަނދަރުގެ މަަސައްްކަތް ކުރަން ޖެހެނީ މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުގެ ޖާގަ ކުޑަ ކަމުން ގިނަ ދަތިތަކެއް ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަ މިހާހިނދަށް ތިތަން ހިއްކަން ޖެހޭބާ؟
ތިއަށްވުރެ ފައިދާވާނެ ލޯނު ނަގައިގެން ހުޅުމާލޭގައި ގެދޮރު އެޅިޔަސް
ތިހަމަ ލާރިގަނޑު ކާލީ
ހުރިހާ އެއްޗެއް އެގޭ މީހުންނަށް އެގޭ. އޮލުވާލަން ނޫޅޭ. ބެހި މީހުންވެސް އެގޭ. އޮޅުވާލުމުގެ ބޭނުމެއް ނެތް. ގުދޯ ގުދޯ ގޮވާނެކަމެއް ނެތް.
ތިޔަ ވިދާޅުވަނީ ނެދަލޭންޑްގެ ބޭންކަުން ލޯނުނަގައިގެން ބިންހިއްކުމުގެ މަސްރޫއު ހިނަގާ ވާހަކަތޯ ؟ ވީއިރު ކޮންފަޅެއް ދޭންޖެހޭވާހަކަ މިކިޔަނީ ؟ ތިޔަ ވިދާޅުވާގޮތުން ބިންހިއްކަން ލޯނުނަގަނީ އެކުންފުނިން އެމީހުން ބިން ހިއްކީމަ ދަވްލަތުން ދޭންޖެހޭނީ ލޯންއަދާ ކުރާ ޕޭމަންޓް ވީއިރު މިކިޔަނީ ކޮންފަޅެއްގެ ވާހަކަ ބާ ؟ ނުވަތަ ފަޅެއްދީފަ އެފަޅުހަދަން ދަވްލަތުން ލޯނު ނަގާދޭ ވާހަކަބާ މިކިޔަނީ އޮޅުން ބޮޅުން .
ބްރިޖް އަޅަން ޗައިނާ އިން ލޯނުނެގި އިރުވެސް ބްރިޖް ހެދީ އިންޓަނޭޝަނަލް ބްޑަށް ހުޅުވައިލާއިގެން ކަންކަން ކުރަންވާ ތަރުތީބު އޮޅޭތީ ހޫނު ފެނަށް ވެއްޓެނީ ތިޔަ ވަރުގެ ލޯނެއް ދިވެހި ބޭންކް ނުލިބޭނެ ތޯ އަދި ފަހުން ފައިސާ ދައްކާ ގޮތަށް ތިޔަ ވަރު ކަމެއް އެމްޓީ ސީ ސީ އަށް ނުކުރެވޭނެތޯ ކަންކަން ކުރަން އޮންނަ މަގު ދޫކުރާތީ ކޮބާ ސަރުކާރު ހިންގަން ހަވާލު ވީމާ މިގަޮތަށް ވެސް ކަން ކުރަން ޖެހޭކަން މިހާރު އިނގޭދޯ އެކަމު އޭރު ގޮވި ޔާމިން ބިޑް ނުކޮށް ނުވަތަ އަގު ބޮޑު ކޮށް ކަން ކުރަނިއްޔޭ ކަން ކުރަން ކުރިމަތި ލީމާ މިހާރު އިނގޭ ދޯ ބޭނުން ވާހާ ގޮތަށް އަދި ނުކުރެވޭކަން ގަވާއިދާ ޚިލާފަށް އަގު ބޮޑު ކޮށްވެސް ކަން ކުރަން ޖެހޭކަން،،،،،
ލޯން ނަގަނީ ކީއްކުރަން. ޔާމީން އަރާ ދަރުވާލާ ދަރަނި ކުރިވި ވާހަކަ ގޮވީ. ޗައިނާއިން ނަގާފައި ހުރި ލޯންތައް ގިނަ ކަމުން ޗައިނާ މޯޗައި އައިލެންޑްތައް ދީފައި ރަށްތަކުން ދިވެހިން ފައިބައިގެން ދާންޖެހިދާނެ ކަމަށްކީ ސަރުކާރެއް. ދެން އަނެއްކާ މިޖެހެނީ ނެދަލެންޑުން ލޯން ނަގާގެން ދެއްކެން ނެތިގެން ހޮޅިންނަށް މިގައުމު ދީފައި ފައިބައިގެންދާން. އޭރުން ހުސް މުރުތައްދު މުޖޫ ނައީމް މިގައުމުގައި އޮންނާނީ ޕްލަސް ވެލެޒިނީ އެންޑް ޝަހިންދާ ތިބޭނެ މަންދު ހޮހޮޅައިން މޭ ނެރިގެން
ތިނޫން ކަމެއް މި އެމްޑީޕީ ސަރުކާރުން އެބަކުރޭތަ؟ މަހަކު 32 ލޯނު. އަތާފަޔާޖަހާދެން ވޯޓުދިންމީހުން. މިއޮތީ އިސްލާހަށް، ދަރިންގެ ބޮލުގަ ލޯނު ނާޅުވަން އެވާހަކަ ވިއްކައިގެން ވެރިކަމަށް އައި ބައިގަނޑުގެ ފެންވަރު.
ލޯނުދޭތީދޭ ހަދިތާއަކީ ކޮރަޕްޝަން. އަމީރު އިސްތިއުފާ
ލޯނުދޭތީދޭ ހަދިތާއަކީ ކޮރަޕްޝަން. އަމީރު އިސްތިއުފާ