މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުމުގައި ބައިވެރިވި ކަމަށް ބެލެވޭ އަޒްރާއާއި އެ ޖަމިއްޔާގެ ފައުންޑަރ މެމްބަރު އަދި އެކްޒެކެޓިވް ޑިރެކްޓަރ، ޝަހިންދާ އިސްމާއިލް އެމައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަންވެގެން ހަވާލުކުރަން އުޅުނު ޗިޓު ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ރިޔާޒު ވިދާޅުވީ ޝަހިންދާއާއި އަޒްރާއަށް ފުލުހުން ފޮނުވި ޗިޓާ އެ ދެ މީހުން މިހާރު ހަވާލުވެފައިވާ ކަމަށެވެ. އަދި 14 ދުވަހުގެ ތެރޭގައި ތަހުގީގަށް ހާޒިރުވާން އެޗިޓުގައި އެ މީހުންނަށް އަންގައިފާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހަފްތާ ތެރޭގައި ފުލުހުން ވިދާޅުވެފައިވަނީ އެމްޑީއެން އިން ނެރުނު ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަތަކާއި، އާންމުންގެ މެދުގައި ދީނީގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. އެމައްސަލަ ފުލުހަށް ހުށައެޅީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.

އެ ރިޕޯޓުގެ މައްސަލަ ފެންމަތިވެ، މައްސަލަ ހޫނުވި އިރު އެ ދެމީހުން ތިބީ ރާއްޖެއިން ބޭރުގައެވެ. އެގޮތުން އަޒްރާ މިވަގުތު ހުރީ ސްޕެއިންގައި ކަމަށްވާއިރު ޝަހިންދާ ހުރީ ޖަރުމަނުގައެވެ.

ފުލުހުން މީގެ ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ އެމްޑީއެން މައްސަލާގައި، އެ ރިޕޯޓު ދިރާސާކުރުމަށް ދީނީ އިލްމުވެރިންތަކަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓު ދިރާސާ ކުރުމަށްފަހު އެ ރިޕޯޓުގައިވާ ދީނާ ޚިލާފު ކަންކަމާ ގުޅޭ ގޮތުން ތަފްސީލީ ރިޕޯޓެއް އާންމު ކުރަން ނިންމާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރާޅު ބޯއީ

  ޖަމަލު ފޮޑި. ތީ ރައްޔިތުން މައިތިރި ކުރަން ސޯލިހު ކަލޭގެ ފުލުހުން ލައްވާ ކުޅުވާ ގޭމެއް. ހަރާމުން ހަރާމް ވާނެ އެއްކަމެއްވެސް ނޯންނާނެ.
  ރައްޔިތުން ކެކި ގަތީމާ ލާދީނީ ސަރުކާރުން އެޅުވި އަނދުންތައް.
  1 ވަގުތީ ސަސްޕެންޝަން
  2 ރިޕޯޓް ލިޔުނު ކުދި ދައްޖާލުންތައް ފިލަން ފުރުސަތުދީ ފުރުވާލުން.
  3 ދުވަސްތަކަކަށްފަހު ހޯދާ ކަމަށް ބުނެ ނޯޓިސް ނެރުން. އެއާ ވިދިގެން ފޮޓޯ ޖެހި މީހާގެ ފޮޓޯ ނެގުން.
  4 އޭގެ ދުވަސްތަކެއް ފަހުން ޗިޓް ހަވާލުވެއްޖެ ކަމަށް.
  މީ އަޅެފަހެ ލައިވް ކަވަރޭޖެއްތަ. އާނ ޝަހިންދަ ބޯޓަށް އަރައިފި މިހާރު ފާހާނާ ކުރަނީ. ކަނީ ބޮނީ. މުސީބާތެއްނު ޖެހިފަ މިއޮތީ.

  2
  1
 2. Anonymous

  ބައެއް މީހުން ހިފާ ހައްޔަރުކޮށް ތަހުޤީޤު ކުރޭ އަނެއް ބަޔަކަށް ލޮބުވެތި ޗިޓް ފަތްކޮޅު

 3. Anonymous

  މީ ކޮންފަދަ މުޞީބާތެ އް، ކޮންޗިޓެ އް ފޮނުވާކަށް، މިޖަ އްބާރުންނަށް އަދަބުދޭންވީމަ ރަޢީސްމީހާ ތުރުތުރު އަޅަނީ ވަރަށް ހިތާމަ ހުރިކަމެ އް.

 4. ސފރޖދ

  ރޭވުންތައް ރާވާނިމުނީ. ޗިޓާއި ޙަވާލުވެއްޖެޔޯ. ޙާޒިރުވުމަށް އަންގާފައިވާ ދުވަހު އެމީހުން ކޯޓަށް ޙާޒިރުވާނެޔޯ. ނަމަވެސް އެއްކަމެއްވެސް ނުވާނެ. ރައްޔިތުންގެ ލޮލުގައި އަޅުވާއަނދުނެއް. ޑީލްތައް ހަދަމުން ގޮސް ހެދޭނެހޭދޭއެއް ނޭނގިގެން މިސަރުކާރުން އުޅެނީ. ދީނަށް ފުރައްސާރަ ކުރި މައްސަލާގައި ރައްޔިތުންގެ ރުޅި އިންތިހާއަށް ދިއުމުން އަނެއްކާވެސް އުކުޅެއްހަދާލީ. ސަރުކާރު ދަމަހައްޓަން ބޭނުންނަމަ ރައްޔިތުންގެ އަޑުއަހަންވާނެ.

 5. ސަހިންދާ ބިންތި ފެންހިންދާ

  ސަހިންދާ ބުނީ ތެޅިތެޅި ތިއްބަ އޮންނާނީ ރައީސް އޮފީސް މެދުވެރިކޮށް ޕީއެސްއެމް ގެ ލައިވް ތަކަށް ދީނީ ޢިލްމުވެރިން އެރުވުން މަނާކޮށް ދީނީ ޕްރޮގްރާމެއް ވެއްޖާ ކުރިން ރެކޯޑް ކުރެވި ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހޭގޮތް ހަދާފައޭ. ރައީސް މީހާއަކަށް ނުކެރޭނޭ އެމްޑީއެން އުވާލާކަށްވެސް އިތުރު ގޮތެއް ހަދާކަށްވެސް ތިމަންނަމެންގެ ބާރު މާގަދަވާނޭ!؟.!؟،

 6. ޢަބްދުއްލާ

  އެމްޑީއެން މައްސަލާގައި އަޒްރާއާއި ޝަހިންދާ ޗިޓާ ހަވާލުވެއްޖެ

  2 ގަޑިއިރު ކުރިން ( އޮކްޓޯބަރ 24, 2019 )

  ސައިތާނުނަށް ޝަރީއަތެއް އޮވޭތަ.