މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ބޯމައްޗަށް ވެއްޓި ހާލުދެރަވެ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 7 އަހަރުގެ ރައުޝަން ޖިއާން ގެ މަރުގެ މައްސަލަ އާއި ގުޅިގެން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ޖަލަށް ލައި ތިން މީހަކު ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމުން ނިކަމެތި ބިދޭސީ މަސައްކަތްތެރިންނާ މެދު ކަންކަން ހިނގަމުންދާ ގޮތް އެނގިގެން ގޮސްފިކަަމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ ޖިއާން މަރާއި ގުޅިގެން އިއްވި ހުކުމަކީ އެފަދަ ފަރާތްތަކާ މެދު މިގައުމުގައި ކަން ހިނގަމުންދާ ގޮތުގެ މިސާލެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން ދަޢުވާ ކޮށްފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރ އާދަމް ޝަފީގް އާއި، މަސައްކަތް ކުރަމުން ދިޔަ ތަނުގެ ސުޕަވައިޒަރ މޫސާ ހަސަން ގެ އިތުރުން 4 ބިދޭސީންގެ މައްޗަށެވެ. އޭގެ ތެރެއިން އާދަމް ޝަފީޤުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށާއި މޫސާ ހަސަން 115،200 ރުފިޔާއިން ޖޫރިމަނާކޮށް ދެ ބިދޭސީންގެ މައްޗަށް ވަނީ ޖަލު ހުކުމާއި 7،200 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެެވެ.

އޭގެ ތެރެއިން ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ސިމެންތި ބަސްތާ މައްޗަށް ނަގަމުން ދިޔަ އިރު ވިންޗް އޮޕަރޭޓް ކުރަން ހުރި ރައްޖާވް އަލީ އަދި އޭނާ އަށް އެހީވާން ހުރި މުތުމަނި ރަމަޗަންދުރަގެ މައްޗަށެވެ. މި މައްސަލައިގައި މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކޮށްފައިވާ ކަމަށްބުނެ ރައްޖާވް އަލީ ގެ މައްޗަށް ކޮށްފައި އުފުލާފައި ވަނީ 6 އަހަރުގެ ޖަލުހުކުމެކެވެ. އަދި އެފަދަ ފަރުވާ ކުޑަ އަމަލެއްގައި ބައިވެރިވި ކަމަށް ބުނެ މުތުމަނި ރަމަޗަންދުރަގެ މައްޗަށް އުފުލާފައި ވަނީ 3 އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން އެ ބަސްތާ ފޮނުވުމަށް މަގުމަތީގައި ތިބެގެން އެހީތެރިވި ދެމީހުން ކަމަށްވާ، ކެޝަރިލަލް ޗައުހާން އާއި ގުލަން މުހައްމަދު ވަނީ 7،200 ރުފިޔާ އިން ޖޫރިމަނާ ކޮށް 1 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެފައިސާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެކަފި

    އަދިވެސް ބިދޭސީންތަ ނިކަމެތިވީ...

    10
    3
  2. ނަސީދު

    ތަނުގެ ވެރިމީހާޖަލައްލާންޖެހެނީ އޭރުން އޭގެން އިބްރަތް ދެންތިބިމީހުން ހާސިލްކުރާނީ އެހެންނޫންގޮތަކައް މިގައުން ރަގަޅެއްނުކުރެވޭނެ

    5
    1
  3. އީސަބެ

    ކީކޭ ކިޔަން އުޅޭ އަންހެނެއް މިހިސާންއަކީ، މިކަހަލަ މީހުންނާ ހެދި ގައުމު ހަލާކުވަނީ، ކޯޓުގެ މައްސަލައެއްކޮބާ މީގަ. ވަކީލެއްގެ ހައިސިއްޔަތުން އަދި ޖުޑިޝަރީގެ އިސްލާހުކުރަން ހުރި އިސްމީހެއްގެ ހައިސިއްޔަތުން ދާއިރާގެ އަގު ވެއްޓޭގޮތަށް އަދި ކޯޓުތަކުން ނެރޭ ހުކުމްތަކަށް މީހުންގެ ގަދަރު ކުޑަވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކުޑަކަމެއްނޫނެވެ. ކިޔެވިއަސް ތަންދޮރު ނޭގުމޭ ތިޔަށްކިޔަނީ. ޝަރުއީ ނިޒާމްއޮތީ ތަރުތީބު ކުރެވިފައި، ހުކުމާމެދު މެދު ހިތްހަމަނުޖެހޭނަމަ މަތީ މަރުހަލާއަށް ދެވޭނެ. ހުކުމް ގަބޫލު ކުރިއަސް ނުކުރިއަށް އެއަށް ބޯލަނބަންޖެހޭނެ. އެގޮތް ދަސްކޮށްދޭން އުޅޭ ރައްޔިތުންނަށް.

    12
    1
  4. Juhaa

    މި ގައުމުގައި ޝަރީޢަތް ކުރަން ޖެހޭނީވެސް މި ދައިތަ ބުނާގޮތަށް. އެކަމަކު އިސްލާމް ދީނުގައި އަންހެނާގެ ޢައުރައަކީ ކޮބައިކަމެއްވެސް މި ދައިތައަށް ނޭނގޭ. މިއީ އެއުޅޭ ލާދީނީ ކަލޭގެއާ ޖެހުނު އަނެކަކު. މި މީހުންގެ ކިބައިން މި ގައުމު ސަލާމަތްވެގެން ނޫނީ މި ގައުމަށް ހަމަޖެހުމެއް ނުލިބޭނެ.

  5. އަބޯ

    މިއީ ނަސީދާ ޖެހުނު ދެވަނަ އެތި. އެމެރިކާ އެމްބަސީގަ ވަޒީފާދީފަ ބަހައްޓާފަ ކުރުވީ ކޮންމަސައްކަތެއް ނަސިދުގެ އެމެރިކާ ދަތުރުގާ ހިތުން ނުފިލާވަރުވީ ދޯ ؟