ކަނޑުގެ ދިރުންތަކާ ބެހޭގޮތުން ދިރާސާތައް ކުރަން "ކޮރަލިއަން ލެބްގެ" ނަމުގައި ޅ. ވައްވަރުގައި، ޕްރޮފެސާ ހަސަން އުގެއިލް ހިންގަވަމުން ގެންދެވި ލެބްގެ މަސައްކަތުގައި ކުލަ ނުޖެހި އުޅެނިކޮށް ކުރީ ސަރުކާރުން އަތުލުމުން ވަރަށް ދެރަވި ކަމަށާއި މި ސަރުކާރުން އެރަށް އަލުން ދިން ކަމުގައި ވިޔަސް އަލުން ހިންގޭނެހެން ހީނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކޮރަލިއިން ލެބާ މެދު އުގެއިލް ވަރަށް ފޮނި ތަސައްވަރެއް ގެންގުޅުއްވިއެވެ. އޭނާ ބޭނުންފުޅުވީ، މުރަކަ ދިރާސާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް އެތަން ހެދުމަށެވެ.

"ވިހި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވީ ކޮރާލިއަން ލެބްއޭ ބުނީމާ ދުނިޔޭގައި ކޮރަލް ދިރާސާ ކުރާ، މުރަކަ ދިރާސާ ކުރާ ކޮންމެ ފުންނާބު އުސް ބޭފުޅަކަށްވެސް 'ތިއީ ދިވެހިރާއްޖޭގައި ހުންނަ ތަނެކޭ، ތިމަންނަ ދަންނަމޭ ތިތަން. ތިއީ ވަރަށް ފުންނާބު އުސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ތެނެކޭ' ބުނާ ވަރު ކުރަން،" އުގެއިލް ވިދާޅުވިއެވެ.

ކޮރަލިއަން ލެބް ހުޅުވީ 2013 ވަނަ އަހަރު އެެވެ. އެ ލެބް ހިންގަން ސަރުކާރުން ވައްވަރު ދޫކުރީ 21 އަހަރުގެ މުއްދަތަކަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ނުފޫޒާއި އެކު ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް 2017 ވަނަ އަހަރުގެ މެއި މަހު އެރަށް އަނބުރާ ހަވާލުކުރުމަށް ވަނީ އަންގާފައެވެ.

"އެ މަސައްކަތް އޭރު ސަރުކާރުން ހުއްޓުވާލީ. ވަރަށް ނޭއްގާނީ ގޮތަކަށް، އަޅުގަނޑުމެން އަތުން އަތުލީ. ގަވައިދާ ގާނޫނާ ހިލާފަށް އަތުލީ. އެއީ އެކަންތައް ވީ ގޮތަކީ،" އުގެއިލް ވިދާޅުވިއެވެ.

ސަން އޮންލައިންގެ 50 މިނެޓް ޕްރޮގްރާމުގައި ޕްރޮފެސަރު އުގެއިލް ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އަތުން އެ ރަށް އަތުލީ ވަރަށް "ނޭއްގާނީކޮށް" ކަމަށެވެ.

އެ ރަށުގައި ކުރަމުން އައި މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ކުރަމުން އައި މަސައްކަތެއް ކަމަށާއި އެއީ ރާއްޖެއަށް މުހިންމު މަސައްކަތްތަކެއް ކަމަށްވެސް އުަގައިލް ފާހަގަކުރައްވާފައިވެއެވެ. ވައްވަރުގައި ހުރި ކޮރަލިއަން ލެބަކީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހުރި ތަނެއް ކަމަށާއި އެތަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުން އައިސް ދިރާސާ ކުރަން ހުޅުވާލާފައި އޮތް ތަނެއް ކަމަށް އޭނާ ބުންޔެވެ. އަދި އެތަނުގައި ބޭނުން މުރަކަ ދިރާސާ ކުރާ ބޭރުގެ އެތައް މާހިރުންނެއް ހިފި ކަމުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

"އެ މަސައްކަތް އަޅުގަނޑަށް ނޭނގެ އޭގެ ޒާތުގައި އެގޮތަށް ކުރެވޭނެ ކަމެއްވެސް، އަދި އޭތި ކުރިއަށްދާ ހިސާބެއްގައެއް ނޫން އޮތީކީ މިހާރު އޮތް ގޮތުން. ދެން އަޅުގަނޑުމެން ދާން ޖެހޭނީ އިތުރު ވިސްނުމަކަށް" އުގެއިލް ވިދާޅުވިއެވެެ.

މިހާރު އެ ރަށް އަނެއްކާވެސް ހަވާލުކުރިޔަސް ދެން އަލުން ހިންގޭނެހެން ހީނުވާ ކަމަށް އުގައިލް ވިދާޅުވެފައި ވެއެވެ. އެ ރަށަކީ ބޭރު މީހެއްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދައިގެން ހިންގި މަސައްކަތެއް ކަމަށާއި މިހާރުގެ ސަރުކާރުން އެ ރަށް ދެވިދާނެ ކަމަށް ބުނާ ނަމަވެސް، ޕްރޮޖެކްޓަށް ބޭނުންވާ ފަންޑުތައް މިހާރު ނެތްކަމަށް އޭނާ ވިދާޅުވިއެވ

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތާޖިރު

    ޢުގައިލުމެން ކަހަލަ ކިޔަވައިގެން ތިބި ޕްރޮފެސަރުން ތިފަދައިން ނާއުއްމިދުވާ އެއްޗެއް ނޫން. އެހެންމީހުންގެ ހަމްދަރުދީ އާއެކު ފަސްއެނބުރި ނުބަލާ ކުރިއަށްދޭ. ފަންޑަކީ އެކަމަށް އެދިގެން މަސައްކަތް ކުރީމާ ހަމަޖެހެން އޮންނަކަމެއް. މިސަރުކާރަކީ ވަރަށް ދީލަތި ސަރުކާރެއް. ވަށްވަރު ޙަވާލު ކުރާއިރު މަސައްކަތަށް ބޭނުންވާ ފަންޑުވެސް ދެއްވަފާނެ.

    13
    44
  2. ޢަލީ

    ތިކަހަލަ ކިތަންމެ ނޭއްގާނީ ކަންތައް ޔާމީންގެ ސަރުކާރުން ހިންގާފައި ހުންނާނެ

    20
    51
  3. ސާމް

    ކޮންތާކުން ލޯކަލް ޓޫރިޒަމް ހިންގާ މިލިއަނުން ފައިދާ ނެގީ. ވަގު ވިޔަފާރި ކުރީ

    47
    5
  4. ލލ

    ތިޔަ ހައްދަވާ ދިރާސާތަކުން ނެރެންވާނެ އެންމެ ބޮޑު ނަތީޖާއަކަށްވާންވީ މިތަކެތި ހެއްދެވި މަތިވެރި ﷲ ވޮޑިގެންވާކަން، މިތަކެތީގެ ރައްބު ވާކަން އެއީ މިތަކެތި އުފެއްދި ކަލާގެކަން ސާބިތުކުރުން !

    37
    2
  5. ބާބޫ

    ވިލާތައް ވަޑައިންނަވާ ބޭފުޅާ

    28
    3
  6. ށުމަން

    ޢުގައިލް ސިޔާސީ ނުވެ ތިކަން ކުރިނަމަ ކުރީ ސަރުކާރަކުން ތިރަށެއް ނާތުލާނެ. ޢުގެއިލް ރީދޫވެގެން ގޮސް ރީދޫ ޕޯސްޓް ކޮށް މަސްލަހަތު ނަގާލީމަ ވީގޮތްތީ..

    42
    8
  7. މަބޭ

    ގާނޫނާ އި ގަވާ އިދުތަކާ ހިލާފަ އް އަތުލިވާހަލަ ބުނާ އއިރު އެތާންގަ ގަވާ އިފާހިލާފަ އް ލޯކަލްޓުވަރިޒަމް ވިޔަފާރިހިންގުމުން ރަ އްއ އަތުލީ

    33
    2
  8. ނިޔުޓިރިޝަން

    އުގައިލު މޮޅުވާހަކަ ނުދައްކާ.. ތިވެސް ކުރީސަރުކާރު ފޯބިޔާޖެހިފަހުރިމީހެއް.. އުގައިލު ކުރަމުންދިޔަ ދިރާސާތަ ދަންނަ ފަރިތަ ރައްޔިތުން ނ އަތޮޅާ ޅއަތޮޅުގަ އެބަތިއްބޭ... ބޭންގަކާ ތެލާޕިޔާއެ ފެންގަޑަކަށްލާއިގެން ދިރާސާކުރުމުގެ ނަމުގަ އެތަންތަނަށް ދޮންކުދިންގެނެސް ނަގަމުންދިޔަ ފައިދާ.. މިސަރުކާރުން އެރައް ދިނަސް އުގައިލުހިންގާނީ ކުރިންވެސް ހިންގިގޮތަށް.. ދައުލަތަށް އެރަށުން ކިހާއަދަދެއްގެ ޓެކްސެދިނިންތަ.. ރައްޔިތުންގެ ބިމުގެ ވަސީލަތްލިބެނީ ވަކިބަކަށް.. ގާސިމާ އުގައިލާވެސް މިޖެހުނީ އެއްތާކު.. ދައުލަތަށް އެއްޗެނުދިނަސް މިމީހުންނަ ބިންދޫކޮއްފަ ބާއްވަންވީ. ބަލަގަ ދައުލަތަށް ފައިސާދިނީމަދޯ ރައްޔިތަކަށް އެއްޗެލިބޭނީ.. ރައްޔިތުންފެލުމުގަ މިމީހުންއުޅެނީ.. އެކަން ހުއްޓުވީމަވަނީ އަނިޔާއަށް.. 1މިލިޔަން ޑޮލަރަށް ތަހުލީލުކުރަން ހޯދިސާމާނު އަދިވެސް ހުންނާނެތާ އެރަށުން އެތަންނެގިޔަސް.. އަނެއްކާވެސް ދިރާސާކުރަން ރިސޯޓެހިންގަބަލަ.. ދިރާސާކޮށްނިމެނީ 21ެަހަރުން ދެންބަލާ ދައުލަތަށް 21އަހަރުން އެރަށުން ލިބޭނެ ފައިދާ.. އަތޮޅަށް ކޯންޗެދިނީ.. ހުސް އަމިއްލައެދުމާއިގެން.. ދެން އެހެންވީމަ ވެރިކަމާދޯ ހިފަނީ ދިރާސާކުރަން..

    33
    4
  9. Anonymous

    ވަށްވަރު އުގެއިލް އަށް ދޭން އުޅެނީ އުގެއިލް އެމްޑީއެން ރިޕޯޓާއި ދެކޮޅަށް ވާހަކަ ދެއްކުމުން އެކަން އޮއްބަން.

    31
    4
  10. ކިނބޫ

    ވައްވަރު ލިބިއްޖެތަ؟ ޖާކު ދެނަހުރީ. ރަށްތަކުގެ ވެބްސައިޓްތަކުުން އުގައިލަށް ވައްވަރު ދިންކަމް އެނގޭކަށް ނެތް. ވަގުޑީލެއް ހަދާލީބާ! ކޮށްފާނެ ހަމަ.

    17
  11. ބޭކާރު

    ޥަކިމަގްސަދެއްގަ އުޅުނީ އެކަން ނުވީމަ

    15
  12. އަބޫ

    އުގައިލް ތިވިދާޅުވީ އެކަން ހިނގިގޮތައްތޯ ނުވަތަ ގޯހީ ކުރީސަރުކާތޯ ތިކަން ޤަބޫލު ކުރެވޭނީ ދެފަރާތުގެ ބަސް އަޑުއެހުމަށްފަހު. މިހާރު ތިއޮތީ އުޤައިލްގެ ބަސް އިއްވާފަ އަޅުގަނޑު އެދެން ތިކަމާގުޅިގެން ކުރީސަރުކާރުގެ ޓްއަރިޒަމް މިނިސްޓަރ ނުވަތަ އެކަން އެނގިހުރި ކުރީސަރުކާރުގެ މިނިސްޓަރެއްގެ ފަރާތުން ޓީވީ ޕްރޮގުރާމެއްގައި ތިކަން ހާމަކޮށްދިނުން އޭރައް އެނގޭނީ ގޯހީ ކޮންފަރާތެއްކަން.

    15
    • ނާދިރު

      އަޅުގަނޑަކީ ތިޔަބުނާ އުގައިލް ދަންނަ މީހެއްވެސް ނޫ.. އެކަމަކު ކުރީ ސަރުކާރުގަ އެ ދާއިރާގަ ވަރަށް އަޑީގަ އަޅުގަނޑު އުޅުނިން. ތިޔަބުނާ ރަށެއް އުގަިލް ހެދި ކަމާއި، ފޮނުވަން ފިޝަރީޒަށް ފޮނުވަންޖެހޭ ހުރިހާ ރިޕޯރޓެއްްވެސް އޭނާ ފޮނުވި.. މިކަން ގޯސް ކުރިކަމަށް ޔަޤީނާ ގާތަށް އެނގެނީ ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމުކަން މިރަށް އެވަރަށް ހަދައިފަ އޮއްވަ ތަން ފުނޑާލާ އެ ރަށް އަތުލީ ރަނގަޅަކަށް ނޫން ކަން އަހަރެން އޭރުވެސް ބުނަމުން ދިޔައިން އަދި މިހާރުވެސް ބުނާނަން... ޟިފަދަ ކަންކަން ކުރީމަ ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގަ ވެއްޓެނީ ޤައުމުގެ އަގު.. ހިތާމަހުރިކަމެއް މީ...

      ޙަޤީގަތް އެނގޭނެ ޑރ ޝައިީއަށް..

  13. ނަސީދު

    ޢުގެއިލުވެސް އެރަށުގައި ގެސްޓު ވިޔަފާރި ކުރި ހަބަރު އަޅުގަނޑުވެސް އެހިން

    18
  14. ހަސަންބީ

    ތިޔަ ކަންތަށް ކުރާށޭ ކިޔާގެން ނ ، ޅ އަތޮޅުން ދެ ރަށް ނަގައިގެން ކުރެއްވީ ވިޔަފާރި. 5 އަހަރުވީއިރު އަތޮޅުގެ މީހަކަށް ތިކަމުން ފައިދާ އެއްވިތޯ؟ އުޅުއްވީ ރަށްތަށް ރިސޯރޓް ޑިވެލޮޕް ކުރާނެ ބަޔަކަށް ވިއްކާލެވޭތޯ. އެކަން ނުވީ ގާނޫން އޮތްގޮތުން މެރިކަލްޗަރ/އެގްރިކަލްޗަރ އަށް ނަގާފަ ހުންނަ ރަށްރަށް ޓޫރިޒަމް އަށް ބިޑު ނުކޮށް ބަދަލުނުކުރެވިގެން. މިހާރު ދެން ތިޔައުޅެނީ ހަމަ އޭތި ހަދަން. ތިމާގެ އިލްމުގެ ނާޖާއިޒް ފައިދާ ނެންގެވުން ރަންގަޅެއް ނޫން.

    17
    1
  15. އުގެއިލޮލް

    ތީ ވަރަށް މައްސަލައުޅޭ މީހެެއް. ވެރިކަން ހޯދަން އުޅޭ ގޮލައެއް

    9
    3
  16. އަހްމަދު

    ލަފާކުރެވޭގޮތުގައި މިހާތަނަށް މިލިޔުން 70 ވަރަކަށް މީހުން ބަލަފައިވޭ. އުގައިލްގެ ވާހަކަ އެއީ ތެދެއްކަމަށް ގަބުލުކުރީ ވަރަށް ވަރަށް މަދު ބައެއް.