އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް ފިޔަވަޅު އަޅާފައިނުވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާ ޕީޕީއެން/ޕީއެންސީ ކޯލިޝަން ގުޅިގެން ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ އެމްޑީއެންއަކީ ޑިމޮކްރަޓިކް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށާއި އެއީ ރާއްޖެއަށް ލާދިނީ ފިކުރު ގެންނަން މަސައްކަތް ކުރާ ބައިގަނޑެއްގެ ޖަމިއްޔާއެއް ކަމަށެވެ.

"އެމީހުންނަށް ޖާގަ ދެވިގެން ނުވާނެ. އިސްލާމީ ދައުލަތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ. އެމްޑީއެންއޭ ކިޔާ ބައިގަނޑު ފުނޑާލަންޖެހޭނެ." ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމިން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރެ އެއްމަސް ދުވަސް ފާއިތުވެގެންދާއިރު ރައީސް ސޯލިހް އަށް ކުރެއްވުނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި ދައުލަތުގެ މަގާމުތަކުގައި ރައްޔިތުންގެ ލާރިން މުސާރަދީގެން މި ޖަމިއްޔާގެ މީހުން ތިއްބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާމިން ވިދާޅުވި އެވެ.

އަދި ކިޔަވާ ކުދިންގެ ސިކުނޑިއަށް ލާދީނީ ފިކުރު ވެއްދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އެ ކުދިން ކިޔަވަމުންދާ މުގައްރަރު ބަދަލު ކުރާ ކަމަށް ޔާމިން ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި މުގައްރަރު ބަދަލު ކުރާނަމަ މަދަރުސާތައް ބޮއިކޮޓް ކުރައްވަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ރައީސް ޔާމިން ވަނީ ދެއްވާފަ އެވެ.

މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ސިފަކުރައްވާ ރައީސް ޔާމިން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ޔަހޫދީ ޖަމާއަތްތަކުން ފަންޑު ކުރާ ކަމަށެވެ. އަދި އެމްޑީޕީއާ ގުޅިފައި އޮތް، އެމްޑީއެންއަކީ ނުބައި ނިޔަތެއްގައި އުފެދުނު ތަނެއް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ ރާއްޖެ އަކީ ސައްތަ ސައްތަ މުސްލިމު ގައުމަކަށް ވީކަމީ ނަސީބެއް ކަމަށާއި ދީނަށް ފުރައްސާރަ ކުރުމަކީ މިނިވަން ހިޔާލޭ ނުވަތަ ޒުވާން ވިސްނުމޭ ބުނެވޭކަށް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ޔާމިން ވިދާޅުވީ،އެކަން ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އެމްޑީއެންއަކީވެސް އެގޮތަށް އުފެދުނު ޖަމިއްޔާއެއް ކަމަށެވެ.

އެމްޑީއެން އުވާލާ އެ ޖަމިއްޔާގެ މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާ ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި ގެންދަނީ އަޑު އުފުލާ މުޒާހަރާ ކުރަމުންނެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުންވެސް އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އެއްބަސް

  އެހެންނުވާނީ ސޯލިހު އަކީވެސް މިގައުމުގަ ބުދުފައްޅި އަޅަން ބޭމުންވާ މީހެކޭދޯ ؟

  24
  2
 2. ކަލޯ

  ކަލޭ ވެރިކަމުގަ އެކަމަށް ކަމެއް ނުކުރެވުނީ ކީއްވެޔޯ؟

  4
  31
  • Anonymous

   ކަލޭ ކޮން ވާހަކަ އެއ އް ދަ އްކާކަށް، މި ލާދީނީ ސަރުކާރުގެ އެއ އޮތީ ހިތުހުރި ގޮތަކަށް ރިޕޯޓް ބަދަލުކޮށްފަ، ހޭބު އްދި ފިލާފަ ތިބޭބަޔަކަށް ނޭނގޭނެ ވާނުވާ.

   12
   4
 3. ހހހހ

  އެމް.ޑީ.އެންްގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ 10 ފުރައްސާރަ:
  1/ ރަސޫލާ صلى الله عليه وسلم އަކީ ދުނިޔޭ ވެރިކަމާ ހެދި އުޅުއްވި ބޭކަލެއްކަމަށް ޞިފަކޮށްފައިވުމާއި އެކަލޭގެފާނަކީ ޢަދުލުވެރިކަމާއި ސުލްހަވެރިކަމަށް އުޅުއްވި ބޭކަލެއް ނޫންކަމަށް ސިފަކުރުން، (ޞ:12)

  2/ ރަސޫލާ صلى الله عليه وسلم އަކީ ޤަތުލުއާއްމުހިންގާ މީހުން އަޅުވެތި ކުރެއްވި ބޭކަލެއްގެ ގޮތުގައި ޞިފަކުރުން (ޞ:16)

  3/ ރަސޫލާ صلى الله عليه وسلم އަށް ޖޯކުޖަހައި، ކާޓޫނުކުރެހުމަކީ އެކަމާ މެދު މުސްލިމުން ރުޅިއައިސްގެން ވާނެ ކަމެއް ނޫންކަމަށް ބުނުން (ޞ:16-17)

  4/ ރަސޫލާ صلى الله عليه وسلم އަކީ ”ކުޑަވަރެއްގެ ކަލާނގެ“ އެއް ކަމަށް ސިފަކުރުން. (ޞ:16-17)

  5/ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމަކީ ”ހައްގެއް“ ކަމަށް ބުނުން، (ޞ:16-17)

  6/ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރުމާއި ދެކޮޅު ހެދުމަކީ، އެކަން ކުރާ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ޞިފަކޮށްފައިވުން، (ޞ:16-17)

  7/ ރަސޫލާ صلى الله عليه وسلم ގެ ކާޓޫނު ކުރެހުމާ ދެކޮޅަށް ރާއްޖޭގައި މީގެ ކުރިން ޝުއޫރު ފާޅުކޮށްފައިވާތީ އެކަމަށްވަނީ ފާޑުކިޔާފައިވުން. (ޞ: 16-17)

  8/ ރަސޫލާ صلى الله عليه وسلم އަކީ މީހުން ކާފަރުކުރާ ”ތަކްޕީރީ“ ފިކުރުގެ ބޭކަލެއްކަމަށް ޞިފަކުރުން، (ޞ:22)

  9/ ރަސޫލާ صلى الله عليه وسلم ގެ ޙަދީޡް ބަސްފުޅުތަކަށް ކުޑައިމީސްބަސް ރައްދުކޮށްފައިވުން، (ޞ:22)

  10/ މިޒަމާނުގައި މިއުޅޭ ހައްދުފަހަނަ އެޅި ޖާހިލުންނާއި މިއުއްމަތުގެ ސައުސާހިބާ އާ އެއްވަރު ކޮށްފައިވުން، (ޞ:22)

  އެހެންކަމުން އެމްޑީއެން އުވާލުމަށް މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.

  23
 4. ހހހހ

  އެހެންކަމުން އެމްޑީއެން އުވާލުމަށް މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.އެމް.ޑީ.އެންްގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކޮށްފައިވާ 10 ފުރައްސާރަ:

  25