މިހާތަނަށް ރައްޖޭގައި ހިނގައިދިޔަ އެންމެ ވަރުގަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ ގެ ހިޔާނާތުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ބައިވެރި ވިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައިވާކަމަށް އަޑުތައް އަރައިފައިވާތީ އެކަމުގައި ތުހުމަތުކުރެވޭ ހެކި ދެއްކުމަށް މަލީހް ބިޝާމްގެ އަރިހުން އެދިވަޑައިގެންފިއެވެ.

މަލީހް ވަނީ އެކަން ޔަގީން ކޮށްދެއްވުމަށް އެދިވަޑައިގެން ޕީޖީ ބިޝާމް އަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސިޓީގައި ރާއްޖޭގެ ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ފަރުދީ މިނިވަންކަން ކަށަވަރުކޮށްދޭ ހުޅުވާލެވިފައިވާ މިނިވަން ޑިމަކްރަޓިކް ގާނޫނު އަސާސީ އަކަށް ވާތީ އާއި، އެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ކޮންމެ ފަރުދަކަށް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާތީ، އަދި އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާތީ އާއި ދައުލަތުގެ އިހްލާސްތެރި މަސައްކަތްތަކެއް ފާއިތުވި 19 އަހަރު ކޮށްފައިވާތީ އޭނާގެ މައްޗަށް އެފަދަ ބޮޑު ތުހުމަތެއް ޕީޖީ ކުރައްވާފައިވާނަމަ އެކަން ސިއްރުނުކޮށް އެކަމުގެ އެންމެހާ ތަފްސީލް ރައްޔިތުންނަށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މަލީހް ޕީޖީ ބިޝާމަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ އްއެވެސް ލިޔެކިއުމެއް ނުވަތަ އެހެނިހެން ހެއްކެއްވެސް ވާނަމަ އެ ސިޓީ ޕީޖީ އަށް ލިބިވަޑައިގަންނަވާތާ ތިން ދުވަހުގެ ތެރޭގައި ރައްޔިތުންނަށާއި މީޑިއާ ތަކަށް ދިނުމަށް ވަނީ އެދިފައެވެ.

މިނިސްޓަރ މަލީހަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރުމާއި ގުޅިގެން އޭނާ ވަނީ ބިޝާމާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ރާއްޖޭގައި އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނެއް ނެތެވެ.

ޕީޖީ ބިޝާމް ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަތަކާއި ގުޅުން އޮތް ކަމަށް ބުނާ އިތުރު 2 ވަޒީރެއްގެ ނަންވެސް އެކޮމެޓީގައި ހާމަކޮށްފައިއެވެ. އެއީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގެ ނަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މަލީހު ، ބަލަ މިހިރަ ހަޔާތްކުޑަޔާ، ކަލޭ ބުނާއިރަކަށް ނުޖެހޭނެ ހެކިދައްކާކަށް. އެކަން ކުރާނީ ޝަރީޢަތުގެ މަޖުލީހުގައި. ކަލޭ ހިތްވަރެއްހުރިއްޔާ ދޭބަލަ ޝަރީއަތަށް. ގޮސް ނުކުރާ ކަމެއްކަން ސާބިތުކޮށް ދީބަލަ. ކަލޭމެން ޔާމީނަށް ވެސް ގޮވީމެއްނު ޝަރީޢަތަށް ދާށޭ. މިހާރު ކަލޭވެސް ފައިސާ ކެޔޭ ބުނީމަ ކޮން ވައްވަކެއް ތިޔަ ޖައްސަނީ. ތީހަމަ ވަގެއް. އެކަން އެނގޭ ވަރަށް ރަނގަޅަށް. ދޭ ޝަރީޢަތަށް. އަދި ތި ޝަރީޢަތް ވާނެ ލައިވް ކުރަން.

    14
    6
  2. ރަށުމީހާ

    އަމައްޔާއި މީނަދެންއުޅޭފާޑެއް

    10
    11
    • ހަމް

      ހީވަނީ ރަނޑު އަންހެނެއްހެން.

  3. ކާފަދ

    ކަލޯ ތިޔަކުރާ ވިޔަފާރިތައް ފެށީ ކާކުދިން ފައިސާއަކުންތަ؟ ދެން ބުނާނެ ތިމަންނަގެ ނަމުގަ ވިޔަފާރިއެއް ނުހުންނާނޭ. އެކަމަކު ހުރި ނަމެއްގަ ވިޔަފާރި އެބަހުއްޓެއްނު މިކަލޭގެގެ ޖީބަށް ފައިސާ ވަންނަ. އަމީން ކައިރީގަ އަހާލަބަލަ ޕާރޓްނަރޝިޕް އިން ކިހާވަރެއް ލިބޭތޯ

  4. ޚަލޯ

    ކަލޯ ތީ ބޭލުނީ ދެން ބަހަނާ ނުދައްކާ އިސްތިއުފާ ދެއްވާ...ވަރަށް ސަލާމް...

  5. ހުސްނު ނޫނު

    ތިމަ ކުރަން ޖެހޭ ކަމެއް އެހެން މީހުން ލައްވާ ކުރަންވެގެން މިހިރަ އުޅޭ ވަރެއްދޯ...