މަރުތައް ބަލާ ކޮމިޝަނުން ރޭ ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ރާއްޖެ ނާންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަރުތައް ބަލާ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރު އިރުފާން ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެއެވެ. އިފްރާން ހޯދަން އިއުލާނު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރާލި، އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ތެރޭގައި ފުލުހުންވެސް އިރުފާނު ހޯދަން އިޢުލާނު ކުރިއެވެ. ނަމަވެސް އޭނާ ހޯދިފައެއް ނުވެއެވެ.

މިހާރުމަރުތައް ބަލާ ކޮމިޝަނުން ވަނީ އިރުފާން ހޯދައި ދިނުމަށް އާއްމުންގެ ކިބައިން އެދިފައެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ޖަހައި ފުރަތަމަ މަރާލީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ޖެހުމުން ފަރުވާދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަޝީދު

    2016. ވަނައަހަރު ގަވެސް 2015 ގަވެސް ތިބުނާ އިރުފާނު މާލޭގަ އުޅުނު ކަން ޔަގީން އަހރންގެ ލޮލުން ދުށިން އެކަމަކު އެމާރީއަށްފަހު އޭނާ ނުފެނޭ

  2. ޢަލީ

    ފެއިލް ވެފައި އޮތް ތަނެއް މީދާ މުޅިތާގަ އުަޅެނީ