ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޖުޒާމު (ލެޕްރަސީ) ބަލި ރާއްޖޭގައި ފެތުރެން ފަށައިފިއެވެ.

މި ބަލި ފެތުރެމުން ދަނީ ގދ.ފަރެސްމާތޮޑާގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުގައި މި ބަލި ފެތުރެމުންދާ ކަމަށާއި އަދި މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން އެ ރަށުގައި ދިރިއުޅެމުން އަންނަ ކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ބައްޔެއްކަން އެރަށު ސިއްހީ މަރުކަޒުންވެސް ފާހަގަކޮށްފައި ވާއިރު، އެ މަރުކަޒުން ނެރުނު ބަޔާނުގައި ވަނީ މި ބަލި ކޮންމެ މީހަކަށްވެސް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

"މި ބައްޔަކީ ވަރަށް ނުރައްކާތެރި އަދި ކޮންމެފަދަ އިންސާނަކަށްވެސް ޖެހިދާނެ ފަދަ ބައްޔެއް. އެހެންކަމުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ބަލީގެ ކުރީކޮޅު ބަލި ދެނަގަނެ ފަރުވާ ކުރުމުވެ." އެ ބަޔާނުގައި ވެއެވެ.

ޖުޒާމު ބައްޔަކީ 1960 ވަނަ އަހަރުތަކުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ވަރަށް ބޮޑަށް ފެތުރުނު ބައްޔެކެވެ.

މި ބައްޔަށް ފަރެސްމާތޮޑާ ރައްޔިތުން ސްކްރީން ކުރުމުގެ މަސައްކަތް އެރަށު ސިއްހީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ. މީގެ 3 މަސް ކުރިން ސަރުކާރުން ވަނީ ރާއްޖެއިން ޖުޒާމް ބަލި ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު އެޗް އޯ) އާއި އެކު މަސައްކަތް ފަށައިފައެވެ.

 

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢާމީން

    ޔާ ﷲ މި ނުރައްކާތެރި ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް އަވސް ޝިފާއެއް މިންވަރު ކުރައްވާ އެހެނިހެން މީހުން މިބަލިން ރައްކާތެރިކޮށް ދެއްވާންދޭވެ. އާަމީން.

    368
    3
    • ޙަސަން

      ޢެމްޑީޕީ ބައިގަނޑު އައިމަ ކޯފާ

      10
      52
  2. ލަމް

    ސުބުހާނައްﷲ!
    އަޅަމެންްްނާ ދަރިން ސަލާމަތް ކުުރައްވަަަވާ މިޤައުމުން މިބަލި ނެތިކުރައްވާންދޭވެ.
    އަމަންއަމާންކަން މިންވަރު ކުރައްވަވާންދޭވެ.

    283
    2
  3. ޒީ

    މާތްﷲ އަޅަމެންނާ އެބަލި ޖެހިފަވާމީހުން ސަލާމަތް ކުރައްވާންދޭވެ.
    މިބަލި ޖެހުމުން ވާގޮތުގެ މައުލޫމާތު އާމުންނަށް ޚަބަރުގަ ގެނެސްދީފިނަމަ ބަލީގެ ކުރީކޮޅު ދެނެގަތުމައް ފަސޭހަވާނެ!

    133
    1
  4. ޢަކު

    ޙިސާބަށްވުރެ ދިވެހީން ނުބައިވީމަ މިފަދަ ކޯފާ މި އަންނަނީ.
    ދީނަށް ފުރައްސާރަކޮށް، ހެއްދެވިފަރާތައް ޖަދަލުކޮށް، ފޙިޝަ އަމަލު ގިނަވެއްޖެ. ޑިވެހިންނޭ ހޭލާ

    129
    3
  5. މެޑިކަލް

    އަދިވެސް ބދޭސީން އެއަރޕޯޓުން މާލެ އެތައް ދުހުކު އުޅެފަ ފޭކުމެޑިކަލް ހުށަހެޅީމަ ސަރުކާރުން ގަބޫލުކުރާތި ވަބާއެއް

    76
  6. ބެއްޔާ

    ސުބުހާނައްﷲ. ދިވެހިރާއްޖެ މިބަލިން ރައްކާތެރިކުރައްވާފާނދޭވެ. ދިވެހި ދަރިންނޭ ، މިބަލިން ރައްކާތެރިވުމަށް އެދި ދުޢާކުރޭ

    112
    4
  7. އަލީ ރާޖާ

    ވަގު ސަރުކާރު އައިފަހުން މުޅި ގައުމުގަ ބިރުވެރިކަމާ ހިތާމައިގެ ޙަބަރު

    63
    23
    • އަޒޫ

      ތިބުނީ ހަމަ ތެދެއް، މިސަރުކާރަކީ މީ ހަމަ ބޮޑު ވަބާޔެއް ބޮޑުވެގެންވާ ކޯފާޔެއް ބޮޑު މުސީބާތެއް، މިސަރުކާރު އާ ފަހުން ދިވެހިރާއްޖެ ޔައް ނުވާކަށް ކަމެއްނެތް ހުސްހިތާމަވެރި ކަންކަން.

      22
      13
  8. އަމީން ރިބަންކަޑާ

    ކޮބާ ސަރުކާރުގެ ކަމާބެހެނީ ކޮންބައެއް.. ހެލްތުމިނިސްޓްރީން ރައްޔިތުން ހޭލުންތެރި ކުރުމުގެގޮތުން ކުރިކަމަކީކޮބާ.. ސަރުކާރުން މިފަދަ މައްސަލަތަވެސް ދޯހަޅިކޮށް ކުރަނީ މިއީވެސް ކުރީސަރުކާރުގެ މައްސަލައެއްތަ.. ރައްޔިތުންގެ ސިއްހަތާގުޅިފަހުރި މިފަދަ ނާޒުކު މައްސަލަތަކުގަ ދޯހަޅިނުވެ ސީރިޔަސްކޮށްވެއްޖެދޯ އުޅެން.. ހިތަންއެރިވަރަކަށް ބިދޭސީން މިއޮއްގެން ގެނެސްއަޅާފަ ގަވާއިދަށް ފައްތަނީއޭކިޔާ އެއްމެމީހަކުވެސް ފޮނުވާނުލާތާންގަ މިއިންމީހެއްގެ މެޑިކަލް ޗެކަޕެވެސް ނޭގެހަދާކަމެ..

    42
    1
  9. Anonymous

    ސަރުކާރުން އިއުލާނު ނަންގުވައިފި. އޮޅުވާލުމާ މަކަރާ ހީލަތް. ރައްޔިތުންނަށް ސަލާމަތާރައްކާތެރިކަންވެސް މިސަރުކާރުން ނުދޭނެކަން މިއެނގެނީ.

    56
    7
  10. Anonymous

    މީސްތަކުންގެ ތެރޭ ފިތުނަފަސާދަ އިތުރުވެ ނުބާކަންބޮޑު ފާފަތަކަށް އަރާގަނެ ބިރެއްނެތި ތިމާމެން ހިތުހުރިހާ ކަމެ އް ހިތުހުރިހާ ގޮތަކަށް ކުރަމުން ދަނީނަމަ ކޮންމެފަދަ ވަބާ އެ އްވެސް ކުރިމަތިވެދާނެ.

    11
  11. ތިމަންނަ

    ސަރުކާރުން މިބަލި ކޮންޓްރޯލްކުރީ ބަލިޖެހިފައިތިބި މީހުން ވަކިރަށަކަށް ލާ. އެރަށަށް އެއްވެސް ބަޔަކަށް ނޭރޭގޮތަށް ހަމަޖައްސާ އަދި ގަވާއިދުން ފަރުވާކުރިއަށް ގެންގޮސްގެން... މިގޮތުން މީހުން އެއްފަރާތްކޮށް ބޭތިއްބި ރަށަކީ އަންހެނުން މާލެ އަތޮަޅު ބިޔާދޫ އަދި ފިރިހެނުން ވިލިގިލިވަރު (މިހާރުގެ ވިލިވަރު)ގައި

  12. ހ

    ވިޔަފާރުވެރިން މަސައްކަތްތައްކުރާމީހުން. ރެކްރޫޓ އެޖެންސީތަކުގެ މީހުން އަމިއްލަ ފަިދާއަށް ތަންތަނުން ބަލިޖެހިފަވތިބޭ ބޮންދުން ވަގު ސެޓފިކެޓް ހައްދައިގެން ގެނެސް ރާއްޖެއަށް އުކަމުންދާއިރު ފެތުރޭކަށް ވަކި ބައްޔެއް ނޯންނާނެ.

  13. ޟނޖ

    ޝުބުހާނަﷲ