ގދ. އަތޮޅު ފަރެސްމާތޮޑާ ގައި، ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް އެ ރަށު ސިއްހީ މަރުކަޒުގެ ފަރާތުން މަޢުލޫމާތު ދީފިއެވެ.

ޖުޒާމް ބަލި ފަރެސްމާތޮޑާގައި ފެތުރެމުން ނުދާ ކަމުގެ ޔަޤީންކަން ދެއްވީ މިއަދު "ވަގުތު" ގެ ފަރާތުން އެ ރަށު ސިއްހީ މަރުކަޒަށް ގުޅުމުން ސިއްޙީ މަރުކަޒުގެ މެނޭޖަރު، ސަބާހް އެވެ.

"ވަގުތު"ގެ ފަރާތުން ސަބާހް އަށް ގުޅުމުން، އޭނާ ވިދާޅުވީ ޖުޒާމް ބަލި އެރަށުގައި ފެތުރެމުން ނުދާ ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ މިތަނުން، ހެލްތް ސެންޓަރުން ކޮށްފައި އިން އިއުލާނެއް ނޫން. މިތަނުން އިއުލާނެއް ކޮށްފައި ނީންނާނެ ތިގޮތަކަށް. ތިއީ ކޮންމެވެސް ގޮތަކަށް ގޮސްފައި އިން އެއްޗެއް. އިދާރީ ގޮތުން ވެފައި އޮތް ފޯލްޓެއްގެ ގޮތުގައި ބެލެވެނީ. އަޅުގަނޑަށް އެނގިގެން ނޫނީ މިތަނުން އިއުލާނެއް ގޮސްގެން ނުވާނެ. އަނެއް ކަމަކަށް، މިރަށުގައި ޖުޒާމް ބަލިފެތުރެމުންދާ ވާހަކަ، އެއީ ދޮގެއް." ސަބާހް ވިދާޅުވިއެވެ.

ސަބާހް މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުޒާމުބަލި އެ ރަށުގައި ފެތުރޭކަމަށް އިޢުލާން ކުރެވުނީ އޮޅިގެން ކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް ޚަބަރު ފެތުރެން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ މަރުކަޒުން އާންމުކޮށްފައިވާ އިއުލާނެއްގެ ސަބަބުންނެވެ. އެ އިއުލާންގައި ބުނެފައިވަނީ 1960 ގެ އަހަރުތަކުގައި ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ޖުޒާމް ބަލި، މިހާރު އެ ރަށުގައި ފެތުރެމުންދާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދާ މީހަކު މިހާރު ވެސް ފަރެސްމާތޮޑާގައި އުޅޭ ކަމަށް އިއުލާންގައި ވެ އެވެ.

ސަބާހް ވިދާޅުވީ ޖުޒާމް ބަލި އެރަށުގައި ފެތުރެމުން ނުދިޔަ ކަމުގައި ވީނަމަވެސް، އެ ބަލީގެ ސްކްރީނިންގ ޕްރޮގްރާމެއް އެރަށުގައި ކުރިއަށް އެބަގެންދަވާ ކަމަށެވެ. 1960 ގެ އަހަރުތަކުގައި ވެސް އެރަށުގައި ޖުޒާމް ބަލި ފެތުރުނު ކަމަށާއި، މިފަހަރު ޖުޒާމް ބަލީގެ ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދަވަނީ ދުނިޔޭގެ ސިއްޙަތާބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި، ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އާއި ސިއްހީ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ދަށުން ކަމަށް ސަބާހު ވިދާޅުވިއެވެ.

ޖުޒާާމް ބައްޔަކީ، ދިވެހިރާއްޖޭގައި 1960ގެ އަހަރުތަކުގައި ވަރަށް ބޮޑަށް ފެތުރުނު ބައްޔެކެވެ. އޭރުގެ ރާއްޖޭގެ ސިއްޙީ ފަރުވާގެ ކަންކަން ހުރި ހާލަތުން، އެ ބައްޔަށް އެކަށީގެންވާ ފަރުވާ ދެވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވިއެވެ.

ފަރެސްމާތޮޑާގެ އިތުރުން، އޭރު ދެކުނުގެ ބައެއް އެހެން ރަށްރަށުގައި ވެސް އެ ބަލީގައި ގިނަ ބަޔަކު މަރުވެފައިވެއެވެ. އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ޖުޒާމް ބަލި 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއިން އެއްކޮށް ނައްތާލާނެ މަގު ޗާޓެއް މި އަހަރުގެ ތެރޭގައި އެކުލަވާލައިފަ އެވެ

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޯގަން

    މަތިން އެންގީމާ އެއޮތޫ އެވެސް ނުކުރާ އިއުލާނަކަށް ބަދަލުވެފައި.

    51
    1
  2. ސސސ

    ހަަނ. އޮޅެ ސަރުކާރަށް އޮޅުނީ ދޯ އަނެއްކާވެސް. ދެން ތިޔަފަދަ ކަންކަމަކީ އޮޅިގެން ކުރެވޭ ކަމެއް ނޫން. ޕްރެސަރު އައީމަ ބަދަލުކޮށްލީ މީ ހަގީގަތަކީ.

    65
    2
  3. ބޯގަން

    ފަރެސް މާތޮޑާ ސްކޫލް އިނާމްދިނުމު ގެ ޖަލްސާއަށް މާލެއިން އަންނަން އޮތް ވަފްދު ކެންސަލްވީ ކީއްވެ ؟

    62
    1
    • ދދދދދދ

      އެއީ އޮޅިގެން ދާން އުޅުނު ވަފްދެއް. އެހެންވެ ކެންސަލް ކުރީ؟

      16
      1
  4. އަޅުގަނޑު

    އަލްހަމްދު ލިﷲ އަބަދުވެސް އެންމެހާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވަވާ ރަހުމާންވަންތަ އިލާހްއަށް.

    82
  5. ކައުންސިލް

    އޮޅިގެން ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް، ދެން ކީއްކުރަން ޖުޒާމް ބައްޔޭ ކީ އޮޅިގެން،،

    64
    1
  6. ޒީ

    ދޫ ނުބާާ ސަރުކާރެއްމީ!
    އޮޅިގެން ނުވަތަ އޮޅުވާލާގެން ވެރިކަމަށް އައީވެސް!
    އޮޅިގެން ވެރިކަމުންވެއްޓޭނީވެސް!
    !

    46
    3
  7. ޙަކީމްބެ

    ތި ރަށުގައި އެބައްޔަށް ސްކްރީން ކުރަނީ ކީއްވެ؟އޮޅިގެން! ޢެހެންރަށަކު ނުކުރޭ! ތިޔަޢީ އެއްމެފަހުން އެބަލީގެ ބަޔަކު އުޅުނު އެއްހިސާބު ކަމަށްވޭ!ލެޕްރަސީ ބަލި ޖެހި އެބަލީގެ އަލާމާތެއް ނުފެނި ފަންސަވީސް އަހަރު ހުންނަ ކަމަށްވެ! ތިކަމާ ހައިރާން ވާކަށްނުޖެހޭ! ތިއިން އެގެނީ ދުޅަހެޔޮކަން ދަމަހައްޓަން ހަވާލުވެ ތިބި ފަރާތްތަކުގެ ދޯދިޔާކަން!

    37
    1
  8. ފަރެސްމާތޮޑާ މީޑިޔާ

    ހަގީގަތަކީ ފަރެސްމާތޮޑާގައި ތިޔަބައްޔަށް މިފަހުން ފަރުވާ ހޯދާފައިވަނީ ޒުވާނެކެވެ. އޭނާގެ ބަލި މިހާރު މުޅިން ރަނގަޅުވުމާ ވަނީ ކައިރިވެފައެވެ. އޭނާގެ ކަންކަން ރަނގަޅަށް ގާތުން މޮނީޓާކުރެވެމުން ދެއެވެ. ފަރެސްމާތޮޑާގެ ހެލްތު ސެންޓަރުގެ ހާލަތަށް ބަލާއިރު ތަނުގެ ހިންގުން އެހާމެ ދޯހަޅިއެެވެ. ދޯހަޅި ކަމުގެ އެއްކަން މިހާރު ކޮށްގެން ތިޔަ އުޅޭ އިއުލާނަކީވެސް، އެކަމުގެ ޒިންމާ ނަގާކަށް މެނޭޖަރު ސަބާހަކަށް ނުކެރޭ، ކަނޑައެޅިގެން ދޮގު މައްޗަށް ދޮގު ހަދަމުން މިހާރުވެސް އެހަދަނީ.

    12
  9. Anonymous

    ތިވަރަށް އޮޅެންޏާ ތިތަނުން ފަރުވާހޯދުމަކީ ނުރައްކާކަމެއް. .

    15
  10. ކެކެކެ

    ނޯޅޭތާ ދުވަސްކޮޅެއް ކޮށްލާފަ މާސިންގާ އޮޅުމެއް އެރީ އޮތަ

    13
  11. އަކުރު

    އަސްލު އެމީހުން އިޢުލާން ކުރަން އުޅުނީ "ޖުޒާމްބަލި" ފެތުރޭ ވާހަކައެއްނޫންކަންނޭގެ! އެމީހުން ހާމަކުރަން އުޅުނީ އެރަށުގައި "ޒުވާން " ބަލި ފެތުރޭވާހަކަ އެދޭތި އޮޅުނީ! އެހެންވީމަ ބޮޑުން އެންގީ އަވަހަށް ކެންސަލް ކުރަން . އެހެންނޫނީ އެމްޑީ އެން ރިޕޯރޓުން ސަލާމަތް ނުވެ އުޅެނިކޮށް ތިބަލީގައި އަޅާއިގެންފިއްޔާ ވެއްޓޭލެއް އަވަސްވެދާނޭ.

    13
  12. ޝާމް

    ހިނދު ކޮޅުގަ ދެއްތޯ

    13
  13. ޙަަލި

    ތިވަރު ކަމެއް އޮޅުމަކީ އަދި މާކަބޮޑުމައްސަލައެއް ނޫންތާ!! ﷲ އާ އެކަލާންގެ ރަސޫލާ އަށް ފުރަސާރަ މިކުރަނީ އޮޅިގެން. ލިޔާއިރު އަތް އޮޅިގެން ލިޔެވޭ ގޮތޯ މިހުންނަނީ!!!

  14. އަޙްމަދު

    ޢޮޅުންބޮލުން ސަރުކާޜު

  15. އަޙްމަދު

    އިތުރު ބަހަނާ ބޭނުމެއްނުވޭ. އިސްތިއުފާ!

  16. އިބޫ ހުޅުމާލެ

    ތީ އޮޅުމެއްނޫން ސަރުކާރަށް އިތުރު ޕުރެޝަރެއް އަންނެކަން އިގޭތީ އޮޅިގެންނޭކީ މީހަޤީގަތަކީ.. އެހެންނާ އެހެންމީހަކު ޑުރާފްޓުކޮށް އެހެންމީހަކު ޓައިޕްކޮށް އެހެންބަޔަކު އެޕްރޫވްކޮށް ނެރޭ އިއުލާނެއްނޫނީ ލިޔުމެއް އެ އޮޅޭނެ ގޮތެއް އޮވެދާނެތޯ؟ ޤަބޫލް ކުރެވުނީސް އިމްލާ ކުށެއް އިންނަމަވެސް...