ސަރުކާރު ދިފާއުކޮށް ވާހަކަ ނުދައްކާ މީހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ބެއިތިއްބުމުގެ ބޭނުމެއް ނެތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަީފު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އާއި މެދު ނުރުހުން ފާޅުކުރަމުން ދަނިކޮށް އެމްޑީޕީ އިން އެ ޖަމިއްޔާ ކުއްވެރި ނުވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކާފައި ވުމުން އެމްޑީޕީއަށް ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ހަސަން ލަތީފު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ހިމާޔަތް ކޮށް ވާހަކަދައްކަން ޖެހޭ ކަމަށާއި އެއީ އެފަރާތްތަކުގެ ވާޖިބެއް ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރައްވާނަމަ އެފަދަ ފަރާތްތައް މަގާމުތަކުގައި ބައިތިއްބުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އެމްޑީޕީ އިން މިއަދު ވަނީ އިދިކޮޅު ފަރާތްތަކުން އެމްޑީއެން އާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރި ނުވުމަށް ގޮވާލައިފައެވެ. އަދި އެފަދަ ކަންކަމަކީ އެޕާޓީގެ ގަވައިދުތަކާއި ހިލާފު ކަމެއް ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

އެމްޑީއެން އާއި ދެކޮޅަށް އަޑުތައް ގަދަވަމުން ދާއިރު ހަމައެކަނި އެމްޑީއެންއަށް ބާރު ލިބޭ ގޮތަށް ވާހަކަދައްކަމުން އަންނަނީ ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން އެކަންޏެވެ. އެގޮތުން ރަައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީއެން އާއި ދެކޮޅަށް ވާހަކަ ދައްކާނަމަ އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގެ އަސްލާއި މައިގަނޑު މަގްސަދު އޮޅޭ ކަމަށް ވިދާލުވެ އެފަދަ ވާހަކަ ނުދެއްކުަމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ޝާހް، ރ.ވާދޫ

  ބަލަ ހޭބައްޔާ، ސަރުކާރުން ކުރާ ކޮންމެ ނުބައިކަމެއް ދިފާއުކޮށް އެއްބާރުލުން ދޭކަށް ނުޖެހޭ. މިހާރު ރައްޔިތުން ދަރުވާލާ ސަރުކާރެއް ކަލޭގެ ތި ސަރުކާރަކީ. ނުބައި ކޮންމެ ކަމެއް ދިފާއުކޮށް ވާހަކަދައްކާ މީހަކީ ސަރުކާރުން ބޭރުވާންޖެހޭ މީހަކަށް ވާނަމަ، ކަލޭމެން ވެރިކަމަށް އަންނަން ރައްޔިތުން ބޮލަށް ވިސްނާދީ ދޮދާ މަކަރާނޫން ހެދީ ދެން ކޯއްޗެއްހޭ؟ ހަމަތަ ކަލޭ؟؟؟؟

  124
  1
  • ބޭބެ

   އެންމެ ފުރަތަމަ ބޭރުކުރަންވީ މަޖްލިސްގެ ރައީސް! އޭނަ ރައިސް އިބޫގެ ސަރުކާރަށް ތާޢީދު ނުކުރާތާ އަޑީގައި ހުރެގެން ސަރުކާރަށް ދުއްޕާންކުރަނީ! އިބޫގެ ސަރުކާރު ބަލިކަށިކޮށް ވައްޓާލުމަށްޓަކައި މަޖްލިސްތެރޭ ހުރެ ކުރާހާ ދުއްޕާނެއް ކުރަނީ މަޖްލިސްގެ ރައިސް! އެހެންވީމަ ފުރަތަމަ އޭނާ އެބަޖެހޭ އިސްތިއުފާދޭން! އޭނާގެ ފަހަތުން ހަސަން ލަތީފު ބުނާ މީހަކު ބޭރުކުރެވެންވެސް ވާނެ! އިބޫގެ ސަރުކާރަށް ހުރިހާ ޑެމޭޖެއް ދެނީ މިބުނި ރައިސް!

   69
 2. ކޮބާ

  ސަރުކާރުދިފާއުކުރުމަކީ ހަސަންލަތީފުވެސް
  ހިމެނޭ ގޮތަށް އިސްލާމް ދީނާއިދެކޮޅަށް އެމްޑީޕީން
  ތިކުރާ މަސައްކަތު ގައި ބައިވެރިވުން ތަ؟
  ހަސަނާ ކަލޭމެން ތި އެމްޑީޕީ ހަލާކު ކުރަނީ
  ﷲ ގެދީނާ ޚިލާފް ވެފަތިބިބަޔަކު ތިޔަހިމާޔަތް ކުރަނީ އަހަރެމެން ދެން ތިއެމް ޑީޕީ ގަ ނުތިބޭނަން ހީވަނީތަ
  ﷲ އިރާދަކުރެއްވިއް ޔާލަހެއް ނުވެ ތިޕާޓީން ވަކިވަނީ މި މިރަށުން ކިތަށް މީހުން ވަކިވޭތޯ
  ބަލަން ކަލޭ މެން ނިކަން ތިބެބަލަ
  އެމްޑީޕީ ގެ ބޮޑުންހީވާކަހަލަ ދޯ ތިމަން މެން
  ބޭނުން ގޮތެއް ހަދާލާނަމޭ
  ﷲ އިރާދަކުރެއް ވިއް ޔާ ދީނާދެކޮޅަށް ތިހިން ގާ
  ޖަރީމާ ތަކު ގެ ހިތި ރަހަ ވަރަށް އަވަހަށް ލާނެ

  113
  3
 3. ށސސ

  ގދ. ތިނަދޫ ކައުންސިލުން އެމްޑީއެން ކުއްވެރިކޮށްފައިނުވޭ. އެތާއުޅެނީ މުސްލިމުންތަ. އަދި އިންތިޚާބެއް އެބައޮތް ކުރިޔަށް

  89
  1
 4. ޙަސަން

  އިސްލާމް ދީނަށް ފާޑުކިޔާ ފުރަށްސާރަ ކޮއް އިސްލާމް ދީން ދިފާއު ނުކުރިޔަސް ސަރުކާރު ދިފާއު ކުރުމަށް ގޮވާލެވޭ، އަދި ސަރުކާރުގެ ސިޔާސަތު ތަކަށް ތާއީދު ނުކުރާ އަދި އެމް،އެމްޕީ،އާރުސީ ހިޔާނާތުގަ ބައިވެރިވާ ފަރާތްތައް ސަރުކާރުގެ ތިބި މީހުން އަށް އިސްތިއުފާއަށަ ގޮވޭ އިރު އެމް،ޑީ،އެން ގެ މީހުން ސަރުކާރުގަ އިސް މަގާމްގަ ތިބި އިރު އެމީހުން އިސަތިއުފާއަށް ގޮވާކަށް ނުކެރެ، ސަބަބަކީ އެ ރިޕޯޓަކީ ސަރުކާރުން ބޭނުން ވާ ރިޕޯޓަކަށް ވުން ނުވަތަ ސަރުކާރުގެ ސިޔާސަތު ކަމުގައިވުން. ދެއްތޯ؟!

  87
 5. އަފޭ

  އެބަ ރަނގަޅު ވޭ

  25
  1
 6. އެހެންތަ

  އިސާމްދީން ދިފާއު ނުކުރާ އަދި ދީނަށާއި މިއުއްމަތުގެ ނަބިއްޔާއަށް ފުރައްސާރަކޮށް ހަދާމީހުންވެސް މަޤާމުތަކުން ފެއަށް ޖެހެން ޖެހޭ!

  67
 7. ޖަނަވާރު ޓޯޓޯ

  މީި ކޮންކަހަލަ ބީތާއެއް

  55
 8. ވީސް

  އެމްޑީޕީ މެމެބަރަކަށް ވިޔަސް ދެވޭނެ. ކަލޭމެން ޕާޓީ ގެ މެމްބަރަކަށްވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުވާކަށް ނޫން. އެ ޖަމިއްޔާ އުވާލާ އޭރުން ދެކޮޅަށް ނިކުންނާކަށް ނުޖެހޭނެ. ޕާޓީ މެމްބަރުން ގެ ދީނަށް ފުރައްސާރަކުރަންޏާ ނިކުންނާން.

  57
 9. ވާނުވާ

  ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައިވާ ހުވާކޮށްގެން ހުރެ އިސްލާމްދީނަށް ނަސްރުދީ ބަސްނުބުނެވޭ އެންމެންނަކީ މިހާރުން މިހާރަށް އިސްތިއުފާދޭންޖެހޭނެ ބައެއް. ގާނޫނުއަސާސީގައިވާ ހުވަޔާ އެއްގޮތަށް އެމީހެއްގެ އަމަލުތައް ނުބެހެއްޓޭ އެގޮތަށް ކަންކަން ނުކުރެވޭ އެންމެން ހުވާކޮށްގެން ތިބި މަގާމުތަކުން އަވަހަށް އިސްތިއުފާދެއްވާ. ހުވަޔާ އެއްގޮތަށް އަމަލުނުކުރެވޭނަމަ އެ މަގާމުތަކުގައި ތިބުމުގެ އެއްވެސް ބޭނުމެއް ނެތް.

  44
 10. މިހުރީ ހަނު

  އިސްލާމް ދީނާ ދިފާއު ނުކުރާބައެއް ސަރުކާރުގައި ރައްޔިތުންގެ ލާރިން މުސާރަ ލިބިގެން ތިބެގެންނުވާނެ

  52
 11. ހެއްރަބޭ

  ކަރުތާފެނަށް ފައިބަނީ . މި މަތިވެރި ދީނަކާ ނުކުޅެވޭނެ. ހޭބަލިނުވާތި.

  49
 12. އިބްރާހިމް

  މީނާއަކީ ތަންދޮރު ނުދަންނަ ލާދީނީ އަށް ސަޕޯޓުކުރާމީހެއްކަން މިދަނީ ފާޅުވަމުން ނެވެ. މިއުޅެނީ ޕާޓީވެގެންނޫނެވެ.ރަސޫލާ(ޞ) އަށް ފުރައްސާރަ ކުރަނީ ހައްދު ފަހަނަ އަޅާފައިވާ މީހުންނެވެ. މި މީހުންނަށް ވެރިކަން ދެއްވާ ފަރާތްވެސް ނޭގެއެވެ.

  44
 13. ރަޝީދުބެ

  މިއީ ތޯ ޑިމޮކްރަސީ.ވަރަށް ޖައްބާރު.ވަރަށް އަނިޔާވެރި.

  47
  1
 14. މަސީހު

  ރާއްޖެއިން ބޭރައްފުރަން ފުލައިޓައްއަރާ ގޮތައް ބޯންފަށާއެއްޗެއިން ހަމަބުއްދިކެޑޭމީހަކު ބޭނުންވާނީ އެ ގޮތްޕްރޮމޯޓްކުރަން

  47
 15. ސާނިހު

  ލާދީނީ ނަޖިސްތައް އެމްޑީޕީއިން ބޭރުކުރާނަން. އެމްޑީޕީއަކީ ލާދީނީ މީހުން ހިތުހުރިގޮތެއް ހަދާކައް ހިބަ ކޮއްފަ އޮތް ޕާޓީއެއްނޫން. އެމްޑީޕީ މެމްބަރުންމީ.. ޕާޓީއިން ލާދީނީ އެލެމެންޓުތައަ ބޭރުކޮއްލަނަން. ނުތިބެވޭނެ އެމްޑީޕީއަކު ތިގޮތަކައް. ކީއްކުރާނަމޭ ހިތައްއަރައިގެންތަ ތިއުޅެނީ. އަހަރެމެން އެެއްއިރެއްގަވެސް އެމްޑީޕީއައްވަނީކީ ލާދީނީ ގޮތް ފަތުރާކަށެއް ގަބޫލުވެގެންނެއްނޫން.

  39
 16. ސައުދު

  ޕާޓީގެ މަސްލަހަތު ތޯ ނޫނީ އިސްލާމް ދީނާއި، މުސްލިމުންގެ މަސްލަހަތުތޯ ކުރިއަށް ނެރެންވީ؟ ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން (ސިފައިންނާ ފުލުހުންވެސް ހިމެނޭ ގޮތަށް) ތި ބޭފުޅުން ކޮށްގެން ތިއްބެވި ހުވާ މަތިން ހަނދުމަފުޅު ނެތުނީތޯ؟

  41
 17. އާދަނު

  ބަލަ ހަސަނާ ކަލޭ ތިޔައުޅެނީ ހުވަފެނެއްގެ ތެރޭގަ. އަދި ހޭއަރާނެ.

  22
 18. ކަންނެލި އޮޑި

  ދީނަށް ދޯކާދޭ ބައިގަނޑު. ލާދީނީ ބައިގަނޑު. ރައްޔިތުން ދަރުވާލި ބައިގަނޑު. ފެންފޮދަކާނުލައި ބަޖެޓް ދިރުވާލި ބައިގަނޑު. ހަލާކުހުރި.

  24
 19. ޑޮކުޓަރު

  ސަރުކާރަކީ ދީންތަ؟؟؟

  7
  14
 20. ކަށިމަތި

  މީއަނެއް މުނާފިޤު

  23
 21. 1111

  ހަސަން ލަތީފްގެ ތި ވާހަކައިން އެނގެނީ ސިޔާސީ މަޤާމުތަކުގައި ތިބުމަކީ އަޅުވެތި ކަނެއްކަން. ހަަމަ ތިގޮތަށް ކަލޭމެން ޕާޓީ ހަދައިގެން އެޔަށް މީހުން ވައްދާގެން ތިތިބެނީ އަޅުވެތިވެފަ. ކަލޭމެން ދައްކާ ކޮންމެ ވާހަކައަކުން ކުރާ ކޮންމެ ޢަމަލަކުން ހާމާވަނީ ޖާހިލުވެފައިވާ މިންވަރު!

  23
 22. ރުޖޫޢަވާންޖެހޭ

  ސަރުކާރާއި، ސަރުކާރުގެ ދޮންދަރި (މޯލްޑިވްސް ޑިކްޓަރޓޭޝިޕް ވާމަކުނު) ދިފާޢު ނުކުރާ އެންމެން މަގާމުތަކުން ބޭރުކުރަން ޖެހޭނެކަމަށް އަޑުއެހިން،
  ބަލަ ވެރިކަން ދެއްވަނީ ކޮންފަރާތަކުން ކަން އެނގިނުލައްވަނީތޯ؟
  ކާކުތޯ ހީކުރީ 6 ފެބްރުއަރީ 2012 ގައި ، ދެން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ޑރ، ވަހީދު ރާއްޖޭގެ ވެރިކަމާއި އެބަހަވާލުވާކަން.

  އަހަރެމެންނަށް މަގާމު ދެއްވަވަނީވެސް ރިޒުގުވެސް ދެއްވަވަނީވެސް ހަމަ އެންމެ ފަރާތަކުން އެއީ އަހަރެމެން އެނބުރި އެފަރާތަކަށް ރުޖޫޢަވާންޖެހޭ ފަރާތް.

  23
 23. ބިންގޯ

  ހަސަނާ. ކާކު ބޭރުނުކުރެވިގެންތޯ ތިޔައުޅުއްވަނީ. ނަން ބުނެލަބަލަ. އިމްރާނު ތޯ. އިމްރާނު ބޭރުކުރާކަށްނުކެރޭނެ. ޢިމްރާނު ދެކެ ބިރުގަނޭދޯ.

  21
 24. އަސްލު

  އެހެދޯ ހެއްދެވިފަރާތާ ރަސޫލާ އަށް ފުރައްސާރަކުރިޔަސް ޕާޓީ މީހުންވީމަ ދީން އެއްފަރާތްކޮށްފަ ބާއްވަންވީދޯ.... ކުރިހުވަޔާ ލަދުކޮބާ...

  16
 25. މާލޭމީހާ

  އޭއްޗެކޭމީއްޗެކޭކިޔާގެން އޑއގެމައްސަލަ
  އޮއްބާލަންނޫޅޭ އަހަރެމެންގެމައްސަލަދުލެއް
  ނުކުރާނަން

  10
 26. ޖަރީމާ ރާއްޖެ

  ޥާއު!ޑިމޮކްރެސީ!ހަލާކު ހުރި!މޑނ ދަށުވެ ދިވެހި ރައްޔިތުން ފޫހި ކޮއްފި

  10
 27. Anonymous

  ޢިސްލާމްދީނައް ނަސްރު ދިނުމަކީ ކަލޭމެން ލާދީނީ އެޖެންޑާ އާއި ޙިލާފު ކަމެއްކަން ނޭގޭ މޮޔައެއްވެސް ނުހުންނާނެ. މުރުތައްދުން ވަރައް މޭކަރާނެ އިސްލާމް ދީނައް ނަސްރު ލިބެންޏާ

  14
  1
 28. އެއްކަލައިއްސެ

  އެއއ އްމެންވެގެން އެ އްމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ހަސަންލަތީފުގެ ތަލަ އިގަ އިސްތަށި އިންދޭތޯ ބަލަންވީ، އޭގެ ފަހުގަ އެހެން ކަމަކާ އުޅޭނީ.

 29. Anonymous

  ހޭބަލިވާ

 30. ދެމިޔަކަން

  އަޅުގަނޑު ހީކުރީ އެޖެންޑާ19 ގަވަނީ ހެޔޮކަންތަށް
  ކަމަށް! އެކަމު އަދިމި އެނގެނީ އެޖެންޑާކޮށްކެން ތިހިންގަނީ ހުރިހާރަށެ އްގެ ބަނދަރުމަތީ ކަޅުހަން
  ބަހަށްޓާ އެއ އަށް ބަކާޑީ އަޅާ ބޭނުން ވަރަކަށް ބޮވޭ
  ގޮތް ހަދަން ކަނޑަ އެޅި އެޖެންޑާކަން!
  ﷲ އިރާދަކުރެ އްވިއްޔާ ތިޕާޓީގަ ދެން ނުތިބޭނަން
  މަށެ އް މަގޭ އާ އިލާވެސް މިކެނޑެނީ ތިޕާޓީން
  ކިތަށް ދުވް ވޭތޯބަލަން ހުރެބަލަ !

  15
 31. ހުސެން

  ހަސަނާ ކަލެއާ ދިވެހި ދައުލަތުގެ އެންމެހާ މަޤާމުތަކުގެތިބި މީހުން ކުރި ހުވާ ގައި ﷲ ގަންދީ ހުވާކޮށްފަ އަދި އިސްލާމްދީން ހިމާޔަތް ކުރާނެ ކަމަށާއި……. އެހެންނުން އެޔަކު ނެތް އެމްޑީޕީ ނޫނީ އެމްޑީއެންގެ ވާހަކައެއް.އެހެންކަމުން ހަސަނާ ދޮޅުރޯނާ އަރައިގެން ނޫޅެބަލަ،ހުވަޔާ ކަލޭމެން އެންމެން ތިތިބީ ހިލާފުވެފަ،އެހެންވީމާ އެންމެ ފުރަތަމަ ކަލެޔާއި ނަޟީދު އިސްތިއުފާދީފާ ގެއަށް ދާންވީ،ބޭކާރު ސަޅިބައިސާ ނުކަނޑާހުރޭ

 32. ބޯގަޅި ކަކުނި

  ކަލޫ ހަސަނާ! ކަލޭމެން ހުވާކޮށްގެން މަޖިލީހަށް ވަނީ ފުރަތަމައިސްލާމްދީ ހިމާޔަތްކުރާކަށް ނޫންތަ؟ ރައްޔިތުން މެދުވެރިކޮށް ﷲ ދެއްވި މަޤާމެއްތީ. އެކަލާނގެ ކުޅަދުންވަންތަ ވެގެންވޭ ތިބާ ނިކަމެތިކޮށްލައްވަންވެސް ގަދަބަސް ނުބުނޭ.

 33. ޤާރޫނު

  މީނަހިތުން މީނަދޯ ރިޒުގު ދެއްވާ ފަރާތަ ކީ. ޤާރޫނު ހެން ބޮޑާވަނީ ދޯ.