މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ފޯރުކޮށްދޭ ބަސް ދަތުރުތަކަށް ބޭނުންކުރާ ޓިކެޓް ވިއްކުން ހުއްޓާލުމަށް ނިންމައިފިއެވެ

މާލެ - ހުޅުމާލެ އާއި މާލެ - ހުޅުލެއަށް ކުރާ ބަސް ދަތުރުތަކަށް ހާއްސަ ބަސް ކާޑެއް ތައާރަފްކޮށްފައިވާއިރު، އެ ކާޑު ނޯންނަ ފަރާތްތަކުން ދަތުރު ކުރަމުން ދަނީ ވަކިން ޓިކެޓް ނަގައިގެންނެވެ. ނަމަވެސް އަންނަ މަހުން ފެށިގެން، ބަސްކާޑު ނުލާ ދަތުރު ނުކުރެވޭނެ ގޮތަށް ހެދުމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ވަނީ ނިންމާފައެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބަސް ދަތުރުތަކަށް ވިއްކާ ޓިކެޓް ވިއްކުން ހުއްޓާލުމުން ދެން ދަތުރުކުރެވޭނީ ބަސްކާޑު ބޭނުންކޮށްގެން ކަމަށެވެ.

އެމްޕީއެލް ގެ ބަހުގައި މާލެ - ހުޅުމާލެ އަދި މާލެ - ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ނަގާ އަގަކީ 10 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާރޑު

    ތިބުނާ ކާޑަކީ ވަގުތުން ލިބޭއެއްޗެއްބާ ވައެވެ. އެހެންނޫނީ ދިޔައީ ދެކޮޅުޖެހާކަމެއްބާވައެވެ. ކޮންމެ މީހަކު ކޮންމެ ވަގުތަކުގައުވެސް ދަތރުކުރަން ބޭަނުން ވެދާނެނޫންތޯއެވެ.

    4
    1
  2. އަހުމަދު ފަޔާޟް

    ހުޅުމާލެ ހުޅުލެ އެމް.ޓީ.ސީ.ސީ ބަހުން އަދިވެސް ނަގަނީ 20ރ މިތަފާތު ކުރުން ހުއްޓާނީ ކޮންއިރަކުންބާ @ޓްރާންސްޕޯރޓް މިނިސްޓަރ

  3. ވެރިން

    ވަރަށް ހެއްވާ،މަޖުބޫރެއް ނުކުރެވޭނެ ބަސްކާޑު ހައްދާކަށް.ދަތުތރެއްގަ މާލެ އަރާމީހަކުވެސް މިހާރު ތި އޮތްގޮތުން ޖެހޭނީ ބަހުން ދަތުރުކުރަންޏާ ބަސްކާޑު ހައްދަން.ކޮބާ މިސަރުކާރުން އަގުހެޔޮކޮށް ފަސޭހައިން ރައްޔިތުންނަށް ހިދުމައްދޭން ވީ ވައުދު.

  4. ގަމާރު

    މާލެއިން ހުޅުލެއަށް ދިއުމަށްވުރެ ހުޅުމާލެއިން ހުޅުލެއަށް ދިއުން ކައިރި، އެކަމް 20ރ ނަގާ. މީ ސަރުކާރު ކުންފުންނަކުން ރައްޔިތުން ފޭރުން. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް މިކުރާ ވައްކަންތަކެއް ނުހުއްޓޭ.