ކަސްޓަމްސް އޮފިސަރެއް ކަމަށް ހެދިގެން އުޅުނު ދިވެހި ފިރިހެނަކު މީހަކާއި ރައްޓެހިވެ، އޭނާ އާއި ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން ދީގެން އަންހެން މީހާގެ އަތުން އެއްލައްކަ ރުފިޔަ އަތުލުމަށްފަހު ފިލައިފިއެވެ.

ކަސްޓަމްސް އޮފިސަރެއް ކަމަށް ހެދިގެން އުޅުނު މީހާ އަންހެން މީހާގެ ކައިރީގައި ބުނެގެން އުޅުނީ ވެސް އެނާގެ އަސްލުނަމެއް ނޫންކަމަށް ވެއެވެ. އަންހެން މީހާގެ ގާތް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެއްލައްކަ ރުފިޔާ ކަސްޓަމްސް އޮފިސަރެއް ކަމަށް ހެދިގެން އުޅުނު މީހާގެ އަތައް އަންހެންމީހާ ދިނީ އެޕާޓްމަންޓެއް ކުއްޔައް ހިފުމަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ދެއްކުމަށެވެ.

އެއްލައްކަ ރުފިޔާ ހިފައިގެން ދިޔަ ފަހުން އެނާގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން އަންހެން މީހާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އެއީ ކަސްޓަމްސްގެ އޮފިސަރެއް ކަމަށް އަންހެން މީހާ ބުނުމުން ފުލުހުން ވަނީ އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓް ހޯދުމަށް އެދިފައެވެ. އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓް ހޯދަން ކުރި މަސައްކަތުން އެނގުނީ އެއީ ކަސްޓަމްސް އޮފިސަރެއް ނޫންކަމާއި އޭނާ ބުނެފައިވާ ނަން ކިޔާ މީހަކު ކަސްޓަމްސްގައި ވެސް ނުޅޭ ކަމަށެވެ.

އޭނާ ދީފައި ވަނީ ދޮގު މައުލޫމާތުތަކެއް ކަން އެނގުމުން އެއީ ކާކުކަން ހޯދަން ކުރި މަސައްކަތުން އެނގުނީ އެއީ ރ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް ކަމާއި އޭނާ އުޅުނީ ނަން އޮޅުވާލައިގެން ކަމެވެ. އޭނާ ކުރިން ބުނެފައި އޮތީ އޭނާ އަކީ މާލެ މީހެއް ކަމަށެވެ.

އޭނާ އަކީ މީގެ ކުރިން ވެސް އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މީހެއް ކަމަށް ޓްވީޓް ކުރި ބައެއް މީހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނަ މިހާރު ވެސް ހުރީ ކުރީގެ މައްސަލައަކާއި ގުޅިގެން އިއްވާފައިވާ ދެމަސް ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަން ޖަލުގައެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުން ވަނީ ރާއްޖޭގައި ވަަރަށް ބޮޑަށް އާއްމުވެފައެވެ. އެފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރަން އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް އަދިވެސް ބައެއް މީހުން މަކަރާއި ހީލަތް ހަދާ މީހުންގެ ބަހަށް ހެއްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ލާމު

    ޖަލުގައި ހުރި މީހަކު ކިހިނެއް މިކަން ކުރީ.

    59
    1
  2. ދިދަ ދަނޑި

    މާލޭ މީހުނަށް ހުތުރު އަރުވަން ނޫޅޭ.. ވައްކަން ކުރަން ވީމަ ރަށާ ނަމާ ބަދަލުވެފަ، މީހުން ކުރިމަތީ ބައެއްގެ އަގުވައްޓަން ނޫޅޭ..

    40
    13
  3. އަހްމަދު

    މަކަރުން އެއްލައްކަ ރުފިޔާ ގެންދިޔަ މީހާ ހޯދި އިރު ހުރީ ޖަލުގައި. ދެންވެސް އޭނަގެ ވަނަވަރު ހާމަ ނުކުރާތި . އޭރުންތާ ދެންވެސް އެހެން މީހުން އަތުން މަކަރުން ފައިސާ އަތުލެވޭނީ.

    78
    1
  4. މުސްލިމާ

    ޖަލުގައި ހުރެގެންވެސް ތިޔަ ވަރުގެ މަކަރާ ހީލަތް ހެދޭވަރުގެ މީހުން އުޅޭ ދޯ؟

    51
  5. އަލީ ހަމީދު ބެ

    މީހަކު ފެންނަ އިރަށް ހިތާވާން ޖެހޭތަ؟

    51
    2
  6. ބަރީޓޯ

    ދިވެހި އަންހެުންވެސް ހަމަ ބޯ ރަނގަޅީއޭ ބުނެވޭނީ ހެހެހެހެހެ 1 ލައްކަ ރުފިޔާއިން ހައްޖަށް ދިޔަނަމަ

    50
    1
  7. ޙައްގު

    ކަމާބެހެޭ މުއައްސަސާތައް މިގައުމުއި ވަނީ ބޮޑުތަނުން ފެއިލްވެފަ ދުވާލެއް ރޭގަނޑެއް ނުދާނެ ތިޔަޖަލު މީހުން މިގައުމުގައި ދިހަބާރަ ފޭރުން ނުފޭރޭ، އެކި އެކި ނަންބަރުން ގުޅާ ތަފާތު އެކި އެކި ސްޓޯރީ ޖައްސައިގެން ނިކަމެތިން ބުރަމަސައްކަތުން ހޯދާ ފައިސާކޮޅާ މުދާ ފޭރުންމީ މިހާރު މިގައުމުގައި އާއްމު ކަމަކަށް ވެއްޖެ،
    ރަތްޔިތުންގެ ޓެކްސްލާރިން ބޯކޮށް މުސާރަނަގައި ޕްޓެކްޓް އެންޑް ސާރވް ޖަހައިގެން ލަދުގަންނަން ޖެހޭނެ،
    ބިލިއަން އާބާދީ އިންޑިއާގަ ފޭކް ކޯލެއްކޮއްލާތާ ފަޅި ސިކުންތު ކޮޅެތެރޭ އެއުފުރާލަނީ،

    25
    5
  8. ސިތުރާ

    އަމިއްލަ ނަންވެސް އޮޅުވާލައިގެން އުޅޭނީ ވަރަށްވެސް ބޯ ރަނގަޅުވެ ވިސްނުން ތޫނު ވީމަ. އެ ފިރިހެން މީހާއަށާ މަރުކޮމިޓީގަ ވަޒީފައެއް ދިނުމަށް އެދި ގޮވާލަން

    31
    2
  9. ރޯނުއެދުރު

    ދިޔަ ދަޑި މާލެ މީހާ ކަނީ ރަށުމީހާ ދިނީމަ މާލޭ މީހާ ހަމައެ ކަނި ކުރާ ކަމަ ކީ ގުރާވިއްސުން .މާލެ ވެފަ ދެން އޮޅާލަ

    5
    5
  10. ބިސް ނާޅާ ވެލާ

    އެސޮރަށް ދެންވެސް މާފު ކޮށްބަލަ.. ބަލި ކުދިންނޭ ޖަޒީރާ ރާއްޖޭގަ އުޅެނީ

    4
    4
  11. ޖަޒީރާ ބޯއީ

    ފައިސާ ދިންމީހާ ވާނީ ކަސްޓަމްސްއިން ކޮންމެވެސް ވަރަކަށް ނާޖާއިޒް ކަންކަން ހިންގާ މީހަކަށް، އެހެން ނޫންނަމަހީ ކަސްޓަމްސްގެ ޔުނީފޯމަކަށް ފައިސާއެއް ދުލެެއް ނުކުރާނެ.

  12. ޟަލާ

    ލާރިވެސް ގިނައީ އަހަރެމެން މިއުޅެނި މީހަ ކަށް ދޭނެ ދިހަރުފިޔާވެސް ނުލިބިގެން

    9
    1
  13. އަލްޖިބްރާ

    ތިޔައީ "އަދީބް " އަށް ވުރެވެސް ކުޅަދާނަ މީހެއްތާ !