ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މައުމޫން 29 މިލިއަން ރުފިޔާ އޭނާގެ އަތުުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"މަންމަ އަޅުގަނޑު ކައިރީ ބުނީ ދެން އިތުރަށް މައުމޫނު ތަންތަނަށް ދަމާނޭ ކަމެއް ނެތޯ. އެހެންވީމާ އަޅުގަނޑު ވަގުތުން ވަގުތަށް މައުމޫނަށް މާފުކޮށްފިން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމަ ގުޅުއްވާފައި، މައުމޫނާ އިދިކޮޅު ނުވުމަށް ވަނީ ނަސޭހަތް ދެއްވާފައެވެ. އެހެންވެ، މިއަދުން ފެށިގެން މައުމޫން ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމަ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖާބިރު ވިދާޅުވި އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށް އެމައްސަލަ ހެއްކާއި އެއްކޮށް ހުށަހެޅުމުން މައްސަލަ ބެއްލެވުމަށްޓަކައި އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރު ކުރެވިފައެވެ. އެކަމަކު، މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިނުގަތުމުން ތަހުގީގު ކުރިޔަށް ގެންދިޔުމަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެ މަންމައަކީ ގއ.ކޮލަމާފުށި މީހެއް ކަމަށާއި މައުމޫނަކީ ވިލިނގިލި ބޭފުޅެއް ކަމަށެވެ. ދެ ބޭފުޅުންވެސް ހުވަދޫ އަތޮޅަށް ނިސްބަތް ވުމުން ތިމާގެ ވާނޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މިހާރު ޖާބިރަކ،ީ މައުމޫނު އެންމެ ފުރަތަމަ އުފެއްދި ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ވެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޖާ ޖަގިޔާ

  ލޯބި ޖާބިރޫ އަބަދުވެސް ހަދަނީ ދޮގު ދޯ މަށަށް ހީވަނީ ބޭރުކަރަޔަކުން ކަަާފަ ޔަށް ދިން ލާރިތަކެއްހެންތީ ރަށްދުކުރަން ކަލެޔާ ހަވާލު ކުރީހެން ހެހެ

  54
  1
  • ބޭބެ

   މީނާ މީ ވަރަށް ރަގަނޅު މީހެއް!! މުޅިން ހަމައެއްނުވާނެ! ހޭވެރިކަން ނުހުންނަ ހިނދުކޮޅު އަންނާނެ! ހޮނޑައިދޫ ބީޗްމަތިން ހަނދާންވޭ ޖާބިރު ފެނުނީމަ!!

   24
 2. ބެއްޔާ

  ހެހެހެހެ. އިރުއިރުކޮޅާ ހެވެނީހަމަ. އަނެއްކާވެސް ހިނިއެބާއާދޭ. މީކިހިނެއްވެގެން އުޅޭ މީހެއްތަ. ހުވަދުއަތޮޅުވީމާ ތިމާގެކަން މިއެނގުނީޔޯ. ދެމީހުން ވައްތަރެއްވެސްނޫން. އެކަކު ބަބުރުކަރަ އަނެކަކު

  40
  • ށުމަން

   ބަބުރު ކަރަ. ޙަހަހަހަހަހަ

  • ދދދދދދ

   އޭނައާ ތިމާގެ މީހުން އެންމެނަށްވެސް އެނ ގޭ. ނުލާހިކު ވައްތަރުވެސްމެ. އަޑުވެސް ވަރަށް ވައްތަރު.

 3. ސަންތިމަރިޔަބު

  މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެ މަންމައަކީ ގއ.ކޮލަމާފުށި މީހެއް ކަމަށާއި މައުމޫނަކީ ވިލިނގިލި ބޭފުޅެއް ކަމަށެވެ. ދެ ބޭފުޅުންވެސް ހުވަދޫ އަތޮޅަށް ނިސްބަތް ވުމުން ތިމާގެ ވާނޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ދެބޭފުޅުން ކާއިވެނިހެޔޮވާ ވަރަށް ވުރެގާތް ދެއްތޯ ؟ ހަމަހިނިއަންނަނީ

  33
  • އިބޫ

   އެދެބޭފުޅުން ކާވެނި ހެޔޮވާކަމެއް ނުވާކަމެއްނޭގެ. ޔަގީނުންވެސް ޖާބިރު އާއި މައުމޫނަކާ ކާވެނި ހެވެއްނުވާނެ. އެހާވެސް ތިމާގެވާނެ.

   22
   1
  • މޯދީ

   އިންޑިޔާއިން ފަންޑުކުރި ލާރި އެއީ ލޮލީ އެއްޗެއްނޫން! އެއްމެފަހުން އެކަން ފަޅާއަރާފާނެތީ ތިމާގެ ވެގެން މާފްކޮށްފީމޭ ކިޔަނީ!

 4. ދަތްގޯނި

  ޖާބިރު އަކީ ބެސްޓޭ މަމެން ބުނަނީ ހަމަ މިހެންވެގެން. ތިހެން އުލެފާ އަނެއްކާ މަޢުމޫނުގެ ދަރިއަކާއި ކައިވެނި ބައްލަވާ ނުގަންނައްޗޭ ތިމާގެ ކަމުންގޮސް!

  17
 5. Anonymous

  ދެބޭފުޅުންގެ މަންމަ އަކީ ހުވަދޫ މީހުން. އެ ދެމީހުންވެސް އުޅުނީ މާލޭ ބޮނޑުންގެ ގޭގޭގަ ބަދިގޭ މަސައްކަތުގަ. އަދި ދެބޭފުޅުންގެ ބައްޕަ ނިސްބަތްވަނީ މާލެއަށް. މިދެން ލައްކަ ވާހަކަ. ޑީއެންއޭ ހަދަނިކޮށް މާލޭގެ ބިމުން ބައެއް ލިބުންވެސް އެކަށީގެންވޭ.

  19
 6. އަހްމަދު

  ނޫނޭ ވާހަކަލިޔުމަށް ބިންމާ އަށްވުރެވެސް މާމޮޅު.

  20
 7. ޖަޒީރާ ބޯއީ

  ޖާބިރުގެ މަންމަ އަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުތޯ.

  12
 8. ކާފަދ

  "މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމަ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖާބިރު ވިދާޅުވި އެވެ.

  ތަންކޮޅެއް ލަހުންދޯ މިއެނގުނީ ރައްޔިތުންނަށްކަން

 9. ކަހަނބު ޓޯޓޯ ވިތް ފީލިންގްސް

  ސަންރައިސް ބަލާލާކަހަލަ ހަމަ

 10. މމ

  ޖާ ހާދަ މުއްސަންޖޭ، މައުމޫނޭ ކީއިރު ތިމާގެ ކަމެއް ނޭގެ، މިހާރު ތިމާގެ ކަން އެނގުނީމަ 29 މިލިޔަން މާފް ކުރީ، މީގެ މަޑިކަން ޓެސްޓެއް ހަދަން އެބަޖެހޭ

 11. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އޭރުވެސް އެނގޭ ތިކަލޭގެ ކުޅުނީ ޑްރާމާއެއްކަން. މިހާރު ބޮލަށް އުނދަކޫވެގެން އެކަން ނިންމާލީ.

 12. ށުމަން

  ފޮޓޯ ބަލާލީމަ އިނގޭ ކަލޭމެން ދެމީހުން ތިމާގެ ވެފަ ތިބިވަރު

  6
  1
 13. ރަދީފް ހުސެން

  ހާދަ ހެޔޮފުޅޭ، އެލާރި ބޭނުން ކުރީ ރާއްޖޭގެ ވެރިކަން ބަދަލުކޮށް ލާދީނީ ފިތުރަތު އާލާކުރާނެ ވެރިކަމެއް އުފައްދަން. އެކަންވެއްޖެ ދެން މިހެން އުޅެފަ ސަރުކާރުތެރޭން ރަނގަޅު ޑީލެއް އަޅުވާލާނީ އޭރުން އެބައި ކަވަރުވެ މަންމަގެ ހެޔޮދުވާވެސް ލިބޭނެ. ލޮލް

 14. ސަޓޯ

  މިއީ ކިރުބޯ ކުޑަކުއްޖެއް. ހަމައެއް ނުވާނެ

 15. ދޮގެއް؟

  29 މިލިއަން ރުފިޔާ މަޢާފު ކުރާނީ ކާކު؟ އަމުދުން ކަލޭ. ތިހިރީ ކަލޭގެ ހާލަތު. އަބަދު ކޮންމެސް މީގަކާ އަޅައިގަނެގެން ނުނެއްޓެވިގެން. ތިހާލެއްގަ ކަލޭ މަރުވާނީވެސް