މިއަދު މެންދުރު ފަހު މެދު ތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން މިއަދު މެންުދުރު ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ، އދ އަތޮޅުން ލ އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

މެޓް އިން ނެރުނު ހުދު ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 17:00 އަަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.