ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޕާނަށް ދަތުރުފުޅު ކުރައްވައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައި ބަޖެޓު އިތުރުކުރުމަށް ގޮވާލައްވައިފިއެވެ.

މެންބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި މިހާރު ރައީސް ސޯލިހް ޖަޕާނުގެ ޓޯކިއޯގައި ހުންނަވާތާ އެއް ހަފްތާ ވެގެން ގޮސްފައި ވާކަމަށެވެ. އެހެންކަމުން ރަސްމީ ދަތުރުތަކަށް ދައުލަތުން ކަނޑައަޅައިފައިވާ ބަޖެޓް އިތުރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ސަރުކާރުގެ އިސް ފަރާތްތަކުން ދައުލަތުން ހަރަދުކޮށްގެން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތައް ގިނަކަން މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އެންމެ އެދެވިގެންވާ ތަރައްގީ އާއި މަޝްރޫތައް ރާއްޖެއަށް ގެނައުމުގެ ބަދަލުގައި އެބޭފުޅުން ކުރައްވާ ދަތުރުފުޅުތައް ގިނަކަމާއި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޭނުން ނެތް އެތައް ފައިސާއެއް ބޭކާރުވެގެން ދާ ކަމަށް އިދިކޮޅުން ބުނެއެވެ.

އެގޮތުން ހާއްސަކޮށް ފޮރިިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާ ދަތުރުފުޅުތައް ގިނަ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުން އެތައް ފައިސާއެއް ބޭކާރުވެގެން ގޮސްފައިވާ ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެކަމަށް ރައްދުދީ ސަރުކާރުން ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދާ ދަތުރުތަކުގެ ސަބަބުން ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިވާ ކަމަށާއި އަދި ރާއްޖެއަށް ތަރައްގީ ގެނައުމަށް އެތައް ގޮތަކުން ކުރިއެރުން ލިބޭކަމަށެވެ.

ދާދި ފަހުން ވެސް ވަނީ ރައީސް ސޯލިހް އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަޑައިގަތް ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފްދު ބޮޑުކަމަށާއި، އެކަމަށް 6 މިލިއަން ރުފިޔާ ހޭދަވެފައިވާ ވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައެެވެ.

ނަމަވެސް އެކަން ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޯގޯސް

    ތިޔަ ވާހަކަ ދެއްކުމުގެ ބެނުންކޮބާ؟ އެމްޑީޕީގެ 2 ވަނަސަރުކާރު މިއީ ކުރީސަރުކާރުންވަނީ ދަވްލަތުގެ ހަރަދުގާ އެތައްގައުމަކަށް ބަލާލަން ނަސީދު ދަތުރު ކުރައްވާފަ. ވީމާ މިހާރު އިބޫކުރައްވާދަތުރުތަކުގަ މުޅިގައުމު ބެލުނީމަދޯ އެނބުރި އާދެވޭނީ އެމެރިކާ އަށްވެސް ޖަޕާނަށްވެސް ދިގުދަތުރެއް.

    21
  2. ހިނަހިޓޯ

    ތަންތަނައްދެވުނީމަ ހިންނަވަރު ސޮރު ފޮޓޯ ނަގާހިތްވާނެއޭ..

  3. ސޫޒަ

    ހަރަދު އެނގެނީ ހާމަ ކުރާތީ ' އެހެންނޫންނަމަ ނޭންގޭނެ ، ސައީދު މެން ހެދި އެކައްޗެއްވެސް އެއްވެސް މީހަކަށް ނޭންގުނު ، ދު ނިޔޭގެ ޤައުމުތަކާ ގުޅުންކަންޑާލައި ދެންކުރަންފެށީ ރައްޔިތުންގެ މުދާ ވިއްކާ ލިބޭ ފައިސާ އަމިއްލަ ޖީބައްލުން

    2
    4
    • ފަލަ ފަލަ

      ސައީދުމެން ހާމަ ނުކުރިޔަސް ބަޖެޓު ހުސްވެއްޖެޔޭ އަހަރު މެދުތެރޭން ގޮވި އަޑެއްވެސް ނާހަމެއްނު.

  4. ޖޮންގޯ

    އަސަރު ކުރީތަ؟ ރ.ޔާމީނަށް ނުކެރުނު ވިއްޔާ ފުނަދޫ ނޫންތަނަކަށް ޖައްސާލަންވެސް! ލޮލް! ފިއްތާލާ!