ދ. މީދޫ އަށް އުފަން މުހައްމަދު އިސްމާއިލް އަކީ ޒުވާން މަސްވެރިއެކެވެ. އެންމެންނާވެސް އެކުވެރި ހިތްހެޔޮ ޒުވާނެކެވެ. މުހައްމަދުގެ މަރާއި އެކު މުޅި މީދޫ ވަނީ މޮޅިވެރިކަމެއްގައެވެ.
މުހައްމަދު ނިޔާވި އިރު އޭނާގެ އުމުރަކީ 30 އަހަރެވެ. އޭނާ ނިޔާވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ރޭ ދަންވަރު 1 ޖެހި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
މުހައްމަދުގެ ގާތް ރަހުމަތްތެރިޔަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނީ ކެންސަރު ބަލީގައި މުހައްމަދު އުޅެމުންދާތާ މިހާރު 10 މަސްވެފައި ވާކަމަށެވެ. އަދި މުހައްމަދަކީ ކައިވެންޏެ ކޮށް 9 އަހަރު ވެފައިވާ މީހެއް ކަމަށާއި އަލަތު ދަރިފުޅަށް އަދި ވީ 10 މަސް ކަމަށް އޭނާ ކިޔައިދިނެވެ.
"މުހައްމަދު ނިޔާވި އިރު އޭނާގެ އަލަތު ދަރިފުޅަށް 10 މަސްވީ. އެ ބަލި ހުރިކަން އެނގުނީވެސް މުހައްމަދުގެ އަންހެނުން ވިހޭ ތަނާ. މުހައްމަދުގެ ބައްޔަށްވެސް 10 މަސް ދަރިފުޅަށް ވެސް 10 މަސްވީ" އޭނާ ހިތާމައާއި އެކު ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި މުހައްމަދުގެ އެންމެ ގާތް އެކުވެރިންނަކީ އޭނާ އާއި އެރަށުގެ އެހެން ޒުވާނެކެވެ. އަބްދުވެސް އުޅެމުން ދިޔައީ އެކުގައި ކަމަށާއި ކޮންމެ ކަމެއް ވެސް ކުރަނީ ތިން މީހުން ކަމަށް އޭނާ ކިޔައިދިނެވެ.
"މުހައްމަދު ގުޅާނެ އެހެން އުޅެލާފަ ޑިނާއަށް ވެސް. ދެން އެގެޔަށް ގޮސް ބޯވައާއި އެއްޗިހި ހަދައިގެން ކަނީ. އެކުގައި ފިލްމުތައްވެސް ބަލައި ހަދާނެ. ތިން މީހުން ނަމާދަށްވެސް ދަނީ އެކުގައި. ވަރަށް ދެރަވޭ އެހާ ގާތް އެކުވެރިއަކު ނިޔާވީމަ" އޭނާ ކިޔައިދިނެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މުހައްމަދަކީ އެންމެނާވެސް ގުޅޭ ރަނގަޅު އަދި މަޑުމައިތިރި މިޒާޖެއް ހުންނަ ގާތް އެކުވެރިއެކެވެ. އަދި އަބަދުވްސް މުހައްމަދަސް ހެޔޮ ދުއާ ކުރާނެ ކަމަށާއި އެ ވަފާތެރި ރަހުމްތެރި ކަމުގެ މަތިން ހަނދާން ނުނެތޭނެ ކަމަށް އޭނާ ވަނީ ބުނެފައެެވެ.
މީދޫގެ މަސްވެރިންގެ ޕޭޖުން ބުނެފައިވާ ގޮތުގައި މުހައްމަދަކީ ޒުވާން ހީވާގި މަސްވެރިއެކެވެ. އަދި އޭނާ މިދުނިޔެއާ ވަކިވެގެންދިޔައީ ގިނަ ދުވަސްތަކެއް ވަންދެއް ކެންސަރު ބައްޔާއި ހަނގުރާމަ ކުރުމަށް ފަހުގައި ކަމަށާއި ދުއާ އަކީ މުހައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާ އަށް ކެއްތެރިކަން ދެއްވުން ކަަމަށް އެޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މުހައްމަދު ވަނީ "ދ. މީދޫ މަސްވެރިން"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގައި އެޕޭޖުން މަސްވެރިންނަށް ހިއްވަރުދީ މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ސޭޑް...
انّاللّله وانّا االيه راجعون
ކޮންކަހަލަ ކެންސަރެއްތަ؟ ބަލިހުރިކަން އެނގުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިޔާވީ. މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި
انّاللّله وانّا االيه راجعون
އައިންތު އަހަރެންގެ ހެޔޮދުއާ އަބަދުވެސް ތިއާއިލާއަށް ލިބޭނެ!
މުހައްމަދުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. " އާމީން"
މާތްﷲ މަރުޙޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށި..އާމީން..،?♥️
انّاللّله وانّا االيه راجعون
انّاللّله وانّا االيه راجعون
انّاللّله وانّا االيه راجعون
މަރުޙޫމްގެ ފުރާނައަށް ﷲ ގެ ރުއްސެވުމާއި ފުއްސެވުމާއެކު ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން...
ކެންސަރައް ފަރުވާ ނުކުރެވޭ ތަނެއްގަ ކެންސަރް ޕޭޝެންޓް އެއް އެޑްމިޓް ކުރީ ފަރުވާ ދޭން. މީ މަޖާ ވާހަކައެއްތަ ނޫނީ ހިތާމަވެރި ވާހަކައެއްތަ؟ ނިކަމެތި ރައްޔިތުމީހާ އައް ކެންސަރު ޖެހުނީމަ އާސަންދައެއް ނުލިބޭ ފަރުވާ ކުރަނީ ފަރުވާ ކުރެވޭނެ ފެންވަރު ނެތް ތަނެއްގަ. ޑޮކްޓަރުންނާއި އެމީހުންގެ އާއިލާ، ރައްޓެހި ރަހުމަތްތެރިން އަދި މިނިސްޓަރުން މަޖިލިސް މެމްބަރުންނާއި ރައީސުން އަދި ނައިބު ރައީސުން އާސަންދައިގަ އުދުހިފަ ބޭރު ގައުމުތަކަށް. ﷲ ތަޢާލާ މަރްހޫމުގެ ފާފަ ފުއްސަވައި ޤަބްރުގެ އަޒާބުން ރައްކާތެރި ކޮއްދެއްވާ ސުވަރުގެ މިންވަރު ކޮއްދެއްވާންދޭވެ. އަދި ދަރިފުޅު އާއި އަނބިމީހާގެ ފައިތިލަ ތެދު މަގުގައި ސާބިތުކޮއްދެއްވާންދޭވެ.
انّاللّله وانّا االيه راجعون
انّاللّله وانّا االيه راجعون