އޮނިގަނޑަކަށް ނުފެތި ޝަރުއީ ދާއިރާގެ ތެރެއިން ކުރަމުން ގެންދާ ކަންކަން އިސަލާހު ކުރުމަށް މީ ރަނގަޅު ވަގުތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.
ފާއިޒު މިހެން ވިދާޅުވީ ރޭ ބާ ކައުންސިލެއް އުފައްދާ ވަކީލުންގެ ކަންކަން ކައުންސިލްގެ ދަށަށް ގެންދަވާނެ ކަމަށް ބަނޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
ފޭސްބުކް މެދުވެރިކޮށް ފާއިޒް ވިދާޅުވީ ބަންޑާރަ ނައިބުގެ މަޤާމަށް އަނިލް އައްޔަންކުރި ފަހުން ބައްދަލުވި ފުރަތަމަ ފަހަރުވެސް ބާ ކައުންސިލެއް އުފެއްދުމަށް އަނިލް އަށް ހުށައަޅުއްވާފައިވާނެ ކަމުގައެވެ.
ފާއިޒު ވިދާޅުވީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ބާ ކައުންސިލެއް އުފެއްދުމަށް އަނިލްއަށް ހުށައެޅުއްވީވެސް ފާއިޒު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ނެތް ދުވަހަކުން ވަކީލުންގެ އާންމު އިދާރީ ކަންކަން ޖުޑީޝަރީގެ ދަށަށް ގެނާނެކަން އެނގިވަޑައި ގަންނަވާތީ ކަމުގައެވެ.
ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލުންގެ ދަފްތަރު ބެލެހެއްޓުން ފިޔަވައި ވަކީލުންގެ އިދާރީ ކަންކަމާއި ގުޅޭ އެއްވެސް މަސައްކަތް ސްޕްރީމް ކޯޓުން ކުރާގޮތަށް ހަމަޖެހިފައި ނޯންނާނެ ކަމަށް އިޝާރަތް ކޮށް މިއީ މިފަދަ ކަންކަން އިސްލާހުކޮށްލަން ރަނގަޅު ވަގުތެއް ނޫންތޯ، ފާއިޒު ސުވާލު ކުރައްވާފައި ވެއެވެ.
"ކޯޓް ހިންގުން ބޭފުޅަކާ ހަވާލުކުރުމަށް ފަހު ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވުމަށްފަހު ވަޑައިގެންނެވި އިރު ވަކީލުން ރެގިއުލޭޓް ކުރުން ސްޕްރީމްކޯޓުގެ ދަށަށް ގެނައުމަށް އޭޖީ އޮފީހުގެ ކުރީގެ ބައެއް އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ވާނެ އަދި ފަހުން ވެސް މަސައްކަތް ކުރަމުން ގެންދިޔައިން" ފާއިޒު ވިދާޅުވިއެވެ.
ރޭ ގާނޫނީ ވަކީލުކަމުގެ ހުއްދަ އަލަށް ލިބުނު ވަކީލުންް ހުވާކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަނިލް ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުގައި ބާ ކައުންސިލް އުފެއްދުމުގެ ކަންތައް ހިމަނުއްވާނެ ކަމަށެވެ. އަދި ގާނޫނީ ފަންނުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވަން ފާއިތުވި ދެތިން އަހަރު މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
"ރާއްޖޭގެ ގާނޫނީ ވަކީލުންގެ ފަންނަކީ ބާކައުންސިލެއްގެ ބެލުމުގެ ދަށުން، ބެލެހެއްަޓުމުގެ ދަށުން ހިނގާނެ ތަނަކަށް ހެދުމަށް އަޅުގަނޑުމެން މިވަނީ ކަމާ ބެހޭ ފަރާތްތަކާ އެކީގައި މިބިލު ދިރާސާކުރުމުގެ އަދި ނިންމުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.
ބައެއް ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ކިޔެވުމުގެ އިތުރުން ބާ އެގްޒާމް ފަދަ އެގްޒާމްތައް ވެސް ހަދަން ޖެހޭ ކަމަށް ވިދާޅުވެ އަނިލް ވިދާޅުވީ އެފަދަ އިމްތިހާނުތަކުން ފާސްވެގެން ނޫނީ ހުއްދަ ނުވެސް ލިބޭ ކަމަށެވެ.
"ޒަމާނީ ތަރައްގީއާ އެކީގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަދަލުވަމުން ދާއިރު މިކަންކަން ދިވެހިރާއްޖޭގައި ވެސް ބަދަލުވެގެންދާނެ ކަމީ ޝައްކެއްވެސް ހުރިކަމެއް ނޫން،" އަނިލް ވިދާޅުވިއެވެ.
ރޭ ހުވާކުރެއްވި ވަކީލުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ގާނޫނީ ވަކީލުންނަށް ރާއްޖޭގައި ވަރަށް ގިނަ ފުރުސަތުތައް އެބަ އޮތް ކަމަށެވެ. އެގޮތުން ފާހަގަ ކުރެއްވީ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ބަންޑާރަނައިބުގެ އޮފީހާއި ފުލުހުންގެ މުއަައްސަސާ ފަދަ ތަންތަނުގައި ވަކީލުންނަށް ގިނަ ފުރުސަތުތަކެއް އެބަ އޮތް ކަަމަށެވެ.
ވެރިޔާ އުއްތަމަ ފަޑިޔާރުކަން ކުރެއްވިއިރު އަމިއްލަ ގެ ކޮޅުގެ ނިދާ ކޮޓަރިކޮޅުގެ އެނދުކާއިރީގަ އެމް.ޑީ.ޕީ ގެ ދިދައެއް ހުރިކަން އަޅުގަޑަށް އިގޭ އަދި މީ ﷲ އަށްޓަކައި ބުނާ ތެދު ... ދެން ކޮން އިސްލާހޭ ކިޔާގެން އަނގަހޮޅުވަނީ ތީ ..
މީނަޔަކީ ފަނޑިޔާރަކަށްހުރިއިރުވެސް އެމްޑީޕީގެ ބަތާކައިގެންހުރި މުއްލާއެއް! މީނއަކަށް ހެޔޮ އެއްޗެއް ނުކިޔޭނެ!
ކޮން ވާހަކަ އެއް ދައްކާކަށް މިހާރު! އެއްވެސް ބެކްބޯން އެއް ނެތް މީހެއް އޭރުވެސް، އަލީ ހަމީދު މެން ހަމަ ހަދާނެ އެއްޗެއް ހެދީ! މުތްސިމް ފަދަ ތެދުވެރި ޤާބިލު ފަނޑިޔާރުން ތިއްބަ، މިކަހަލަ ލޮނު މަޑު އުއްތޭ އެއްހުރެގެން ވީ އެއްކމެއްވެސް ނެތް!