ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ރޭގަނޑު މަގުމައްޗަށް ނުނިކުންނަން އިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ.
"ބޭންއެމްޑީއެން" ހޭޝްޓެގް ބޭނުން ކުރަމުން އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާއި މެދު ޙާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިއްމު ކަމަށެވެ.
އެ ބަޔާނުގައި ދީނީ އިލްމުވެރިން ފަރުވާތެރިވާންވީ 6 ކަމެއް ވަނީ ބަޔާންކޮށްފައެވެ.
އޭގެ ތެރޭގައި ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ރޭގަނޑުގެ ވަގުތުތަކުގައި މަގުމައްޗައް ނުނިކުތުމާއި، ނިކުންނަން ޖެހިއްޖެނަމަވެސް އެކަނި ބޭރަށް ނުދިއުމާއި، އެއްވެސް ކަހަލަގޮތަކަށް ކިތަންމެ ކުޑަ ހާނިއްކަ އެއް ލިބުނު ނަމަވެސް އެކަމާއި މެދު އިހުމާލުނުވެ އަވަސް ފަރުވާ ހޯދުމާއި، އަމިއްލަ ކާރު އަދި ސައިކަލު ޕާކު ކޮށްފައި ހުންނަ ވަގުތު ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަކުރެވިއްޖެނަމަ ވަގުތުން އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމާއި، "އެއްވެސް ބާވަތެއްގެ" ޝައްކު އުފެދޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ކަމާބެހޭ ފަރާރްތަކަށް އެންގުން ހިމެނެއެވެ.
މީގެ އިތުރުން ދެން އެ ބަޔާނުގައި ވަނީ ސަލާމަތީ ކަންކަން ބަލަހައްޓައި ދެއްވުމަށް ބޭނުންވެއްޖެކަން ގަބޫލު ކުރެވިއްޖެނަމަ އެކަން ކޮށްދެެއްވުމަށް ކަމާބެހޭ ފަރާތްތަކުގައި އެދުމާއި، ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔުމުގައި އިތުރަށް ފަރުވާތެރިވާން ޖެހޭ ކަމަށްވެސް ގޮވާލާފައެވެ.
އަތަކަށް ފަޔަކަށް ލޯތްބެއް ހުރީވިއްޔާ ދީނީ ޢިލްމުވެރިއެއްގެ ގައިގާ ގާނޫނާ ޚިލާފަށް ޙައްގުން ކަމަކާ ނުލާ އަތްނުލާތި!
ހުސް އާޓު.. ރަނގަޅަށް ވިއްޔާ މިވެރިން އެއްޗެއް ޕުޕޭނު ކުރަނީ.. އިންޒާރެއް ކަމަށް ވެދާނެ މިދިނީ ސަރުކާރުގެ އިސް ފަރާތްތަކަށް.. ސަމާލުވާތި..ޖަރީމާއެއް ހިނއގާފަ ދެން ދީނޭ ޤައުމޭ ކޮޔަފަ ނުނިކުންނާތި.. ކުރާކަމެއް ހަމައިގަ ތިބެ ކުރާތި
އެމްޑީއެންގެ ލީދީނީ ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކަވާ ދީނީ ޢިލްމުވެރިންގެ ދިފާއުގައި، އަދި އެބޭފުޅުންގެ ދިފާއުގައި ޒުވާނުން ނުކުތުމަށް ގޮވާލަމެވެ.
ނުފޫޒުގަދަ މަގާމުތަކަށް ވެރިވެފައިމިވަނީ އަނދިރިކަން. ޑިމޮކްރަސީގެ ބައްޕަ(ދޮން) ބުނާހެން އަނދިރި ދައުލަތުގެ ބާރު މިވަނީ މާގަދަވެފަިއިތަ؟. ދީނީ ޢިލްމުވެރިންނާއި، ދީނަށް ލޯބިކުރާ މީހުންނަށް ނުރައްކަލެއް އޮތީ ތޯ؟ އެހެންކަމުގައިވާނަމަ ، ތަފްސީލް ހިއްސާކުރެއްވިނަމަ މާ ރަނގަޅުވީސްކަން ނޭނގެ! މިހާރުތިވީގޮތުން މުޖްތަމަޢްގެ ތެރޭގައި ބިރުވެރިކަން އުފެދޭނެ ނޫންތޯ؟ ޓެރެރިޒަމްގެ ގާނޫނަށްވެސް ފެތިގެން ދިއުމަކީވެސް ނުވާނެކަމެކޭ ގަބޫލުކުރަން ދަތި!
ބަލަގަ ﷲގެ ނުުޫރުފުޅު އެވެރިންނަކަށް ނިއްވައެއްނުލެވޭނެ ނިވާލުމަށް ފުމުނުވަރަކަށްދާނީ ހުޅުނބު. މިއީ ތާރީޚް ހެކިދޭ ހަގީގަތް ރާއްޖޭގެ ދެރަ ސޮރުން އެކި އަތޮޅުން ނުކުންނާނެ ބިރަކާނުލާ ﷲއާ ރަސޫލާއަށް ޓަކައި ތެދުވާނެ . ދިވެހި ހުރިހާ މައިންނަކީ ޝަހިންދާ އެއް ނޫން ދިވެހި ހުރިހާ ޒުވާނުންނަކީ އަންނި އެއްވެސްނޫން ﷲގެކޯފަާ އެމީހުންނާ ހަމަޔަތް އަތުވެއްޖެނަމަ އެކަންހުއްޓުވޭނެ ބަޔަކު ނުތިބޭނެ ދުޢަާ އަކީ އެންމެ ބާރުގަދަ ހަތިޔަަަާރު އިލްމުވެރިންގެ ދުއާ ބޭކާރުވެގެން ނުދާނެ
ތިބާ ފިޑިބަޔަކު ނުދެކެން އިލްމުވެރީންނަކީ ނަބިއްޔުންގެ ތަރިޔަ ލިބޭބަޔަކީ އަދި ނަބިއްޔުން ފިޔަވައި އެންމެ ބޮޑެތި އިމްތިހާންތަކާއި ކުރިމަތިލާން ޖެހޭބަޔަކީވެސް
ވަކިން ތާކަށް ދާންޖެހޭނަމަ އަންގާލާ . ދާނަން އެކީގަ
ދީނީ ވާހަކަ ދެއްކުމަކީ ގިނަ މީހުން އެހާ ރުހޭކަމަކަަށް ނުވޭ. ޢެއީ ދިވެހިންގެ ދީންވެރިކަން ހުރި ހިސާބު. ދިވެހިން އެންމެ ރުޅިއަންނަ ބަޔަކީ ޝޭޚުން. އެހެންވީމަ އެމީހުންނަށް މިރާއްޖޭގަ ރައްކާތެރިކަމެއްވެސް ނެތީތާ. ދެންވެސް ކިޔާނީ 100 ޕަސެންޓޭ ދޯ.
??
ވަރަަށް ދެރަ...!
ބޮއް ކޮންތާކު މިޖެހުނީ! ޔާމީންވެސް މިވަރު ނުކުރޭ. ތިހީވަނީތަ އަހަރުމެން ޒުވާނުން އިލްމްވެރިންނައް ހިމާޔަތް ދޭނަން!
ޔާމީން ދީނީ ޢިލްމުވެރިންނަށް ކީއްކޮށްގެން ތިހެން ތިކިޔަނީ؟
ޔާމީނު ދީނީ އިލްމްވެރިންނައް ކަމެއްކޮއްގެނެއްނޫން. މަށައް ނުލިޔެވުނީ ޔާމީނު ވެސް މީހުންނައް މިވަރައް ހުރަސް ނާޅިޔޭ.
ހައްހައްހާ ހިތުގަ ފޮރުވިފަ އޮތް ހަޤީޤަތް ގިނަފަހަރަށް ބޭރުކޮށްލެވޭނީ. ޔާމީނުބުނި އޭނާއަކީ ﷲގެ ދެވަނަ ދަރިންނެއް ނޫނޭވެސް. އެއީ ކުފުރުގެ އައްޕަ
އޯލްޓަނޭޓިވް ނެރޭޓިވް އޯކޭ ވީ ދޯ. މުރުތައްދު ޕާޓީގެ ކުއްޖެއް ދޯ މީ ވެސް. ޔާމީން ބުނީ ޔަހޫދީން ބުނެއޭ ޔަހޫދީންނަކީ ﷲގެ ދެވަނަ ދަރިންނޭ. މުސްލިމުންނެއް ނޫނޭ. ދެން ލާދީނީ މީހުންނަށް ހީވާނީ ދެންވެސް ތިބޭނީ ލާދީނީ މީހުންނޭ ހުސް
މިހާރު ޔާމީންގެ ވެރިކަން ވައްޓާލަން ވަރުނެގި ޝޭހުންނަށް ޔާމީންގެ ވެރިކަން ރަގަޅު ވާނެ
މިރާއްޖޭގެ ތާރީހުގަ ދީނީ އިލްމުވެރިނަ މިވަރުގެ ބިރުވެރި ނުރައްކާ ދުވަސްތަކެ އައިހެންހީނުވޭ ހަމަޔަގީނުންވެސް މިފަދަ ބަޔާންނެރެން އިލްމުވެރިންނަކަށްނުޖެހޭ. މިއަދު އިލްމުވެރިން އެމީހުންގެ ނަފްސާ ޖާނާމާލަށް ހިމާޔަތެނެތްކަން އެގި ނަފުސު ހިމާޔަތްނުކުރެވިފަ.. މިއީ ރަސޫލާ ދުއާ ދެއްވިފަދަ ވެރިޔަކުގެ ވެރިކަމުގަވާވަރުދޯ އަނާރާ. ކޮއްމެމީހަކު ވެރިކަމުގަހުރެގެން ދީނަށްވެސް ގައުމަށްވެސް ރައްކަލެނެތްކަން އިގޭނެ ކޮއްމެވެސް ބަޔަކަށް.. ރޔާމީނާ ކިހާވަރަކަށް ދެކޮޅުވެ އިޔާޒުމެން ފާޑުފާޑުގެ ވާހަކަދެއްކީ އެކަމަކު ރޔާމީން ދުވަހަކުވެސް އެއިން އިލްމުވެރިއެ ބިރުނުގަންނުވާ އަގަމަތީގަ މަލަމެނާޅުވާ.. މީޑިޔާތަ ހައްޕުކިޔައިގެން މިތިބީ މިނިވަންވިވަރުން.. އެހާރާމިހާރާ އަވަސްވެގެންހިރިނުލެވޭއާ ސަން ސައިޝައިންވެފަ. ސާބަސް މިނޫސްތަކަށް.. 4ވަނަބާރާ 100ވަނަބާރުވެސް ސޯލިހުވެފަ މުށަށްލާފަ..
މިކަމުގައި ހަގީގަތެއް އެބައޮތް. އޭގެ އެއް ހެއްކަކީ މިހާރު ކޮނމްމެ ހަގްތާއެއްގެ ބްރާސްފަތި ދުވަހު އެމްޑީގެ ބައްދަލުވުމޭ ކިޔައިގެން މުވައްޒަފުންނަށް މެއިލް ކޮށްގެންނެރެ އެބަ ޔޯގާ ހައްދުވާ. މިކަމާ އަންހެން މުވައްޒަފުން ވަރަށް ކަންތަށް ބޮޑުވެގެން އުޅެ ފިރިހެން މުވައްޒަފުންނާ މަސްހުނި ކުރުވައިގެން ފާޑުފާދުގެ ކަސްރަތުކުރުވާ އައުރަ ކަސްފުވާތީވެ. އެކަމަކު ނުނިމުމެވެސް ނުކެރޭ އެޗްއޯޑިން ލައްވާ ބަލާ ކޮންކޮން ބައެއްތޯ ނުނިކުމެ ތިބެނީ. ވަރަށް ލާދީނީ ކަންތަށްތަށް މިތަނުގަ ހިނގާ އެބަ. ރޭޑިއޯއިން ގެނައި ލައިވް ދީނީ ޕްރޮގްރާމްތަށް ވަނީ ހުއްޓުވާފަ.
މި ޤައުމު މިދަނީ ކޮންފަދަ ނުރައްކާތެރި މިސްރާބަކައްތޯ!! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޔާﷲ! އަޅަމެންގެ މިޤައުމަށް އަމާން ކަމާ ސުލްހަވެރިކަން މިންވަރު ކޮށް ދެއްވާނދޭވެ! އިސްލާމް ދީނުގެ އަދުއްވުން ބަލިކުރައްވާ އިސްލާމް ދީނަށް ނަސްރާއި ކާމިޔާބު މިންވަރުކޮށް ދެއްވާންދޭވެ! ޢިލްމުވެރިން ދީނަށްޓަކައި ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވާންދޭވެ! އަޅަމެންގެ މާތް ނަބިއްޔާ އަށް ސަލަވާތާއި ސަލާމް ލައްވާނދޭވެ!
އަންނި އާއި ޝަހިންދާއަށް ލިބުނު ނަފްސާނީ ބަދަލުގެ ގޮތުގައި މިއަންނަ އަހަރުގެ ބަޖެޓުގެ 50% ދޭންނިންމާތަން ފެނިދާނެހެން ހާދަހީވެއެވެ؟ އެއީ މިހާރު ކަންތައްމިދާ ގޮތުން
ޝަހިންދ!! ބުނާއިރަށް އެމީހެއްގެ ނޮޅިއާއި ދިމާއަށް ދިވެހި ފުލުހުން ފުންމައިގަނެއެވެ. އެމީހުންނަށް މުހިންމީ މުރުތައްދު ޝަހިންދާއެވެ! އޭފުލުހުންނޭ! އޭސިފައިންނޭ ކަލޭމެންނާއި އިލާހީ ޤާނޫން އަރާހަމަކުރާނެ ކަލޭމެންނާއި ސުވާލު ކުރެވޭނެ! އެދުވަހުން މުރުތައްދު އަންނި އަދި ޝަހިންދާ އަންނާނެތަ؟ އެހެންވެއްޖިއްޔާ އޯކޭ!!!
މި އުއްމަތުގެ ޙަޤީޤީ ޢިލްމް ވެރީންނަކީ ނަބީބޭކަލުންގެ ވާރުތަވެރިން އެބޭކަލުންނަށް ލާދީނީ ސަރުކާރުން ގޯނާއެއް ނުކުރާތި
އިރާދަކުރެއްވިއްޔާ ރައްކާތެރިވާނެ. ޢިލްމުވެރިންގެ ދިފާޢުގަ އަޅުގަނޑުމެން ޒުވާނުން މިތިބީ. ޙައްޤަކާ ނުލާ އެއްވެސް ފަރާތަކަށް އެެއްވެސް ގެއްލުމެއް ލިބޭކަށް ނޭދެން. އިންޝާﷲ މމިޤައުމަކީ އިސްލާމްދީންމަތިގައި އޮތްޤައުމެއް
އޭ ދިވެހި ޒުވާނުންނޭ 24 ގަޑިއިރު ވައިފައި އާ ޑާޓާ ލިބިގެން ޕަބްޖީ ކުޅެލާ އަލީ އެކްސްޕްރެސް ވިޔަފާރި ކޮށްލާ މޮޅެތި ސައިކަލް ތަކުގަ ބުުރުޖަހާ ކެފޭތަކުގަ ކޮފީ ބޯން ތިބެގެނެތް ކަލޭ މެންގެ ދަރިންނަކަށް މުސްތަގުބަލެތް ހޯދައެއް ނުދެވޭނެ. ޢިސްލާ މް ދީނާ ގައު މުގެ މިނިވަންކަ މުގެ ހައްގުގަ ތެދުވަންވީ ވަގުތަކީ މިއީ މިނުބައި މުނާފިގުންގެ ކިބައިން ގައު މު މިނިވަން ކުރަންވެއްޖެ ހެޔޮނުވާނެ ކުދިންނޭ .
ޑުރާމާ
ހުރިހާ މުސީބާތެއް ޖެހިގެން މިއުޅެނީ މި ލާދީނީ ސަރުކާރާ ހެދި.
ތީކަލޭމެންގެ ތެރޭން ހިންގަން އުޅޭ ޖަރީމާއެއް ބައި މިހުން ރައްކާވެތިބޭށޭ ކިޔާފަ.
ހާއްސަކޮށް ރމގެ ރައީސް ގެންދަނީ ރައްޔިތުންގެ ލާރިހޭދަކޮއްގެން އޮންއެރގަ ލިބޭކޮންމެ ފުރުސަތެއްގެ ބޭނުންހިފާ މޑނ ދިފާއުކޮއް އެފިކުރު އާލާކުރަން ހިއްވަރުދެމުން. ވީމާ މިހިދުން މިހިދަށް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ޓީވީތަކުން ގެނައުން މަނާކޮއް މިކަންކުރާ ސްޓޭސަންތައް ބަންދު ކުރަންޖެހެ.
ކަލޭމެން ބިރުން ތިއުޅެނީ ކީޢްވެތަ. ކަމާއި ބެހޭ ފަރާތް ތަކަކީ ލާދީނީ ބައެއް. އިސްލާމްދީން ނައްތާލަން އުޅޭ ބައެއްގެ އެހީ ހޯދަން ކަލޭމެން ލަދެއް ނުގަނޭތަ
އިލްމުވެރިންނަށް ހަމަސާބަސް ތިމީހުންގެނަ ސަރުކާރެއްމީ ތިމީހުން ހާދަ އުފަލުންނޭ ތިއުޅެނީ ދޯ. ވާވާ ސަޅިއޭ މިހާރު މިދާގޮތް ހަމަ ހިނިއަންނަނީ އިލްމުވެރިން މިހާރު ތިއޮށްއުޅޭ ގޮތަކުން އެމްޑީއެންގެ ރިޕޯޓަށް އަތްޖަހާފަ ހޭންވީނު. އިބޫއަކީ ދުވާދެއްވާފައިވާފަދަ ވެރިއެއް. ސާބަހޭ ދީނީ އިލްމުވެރިންނަށް. ތިމީހުން ހަމަ ތިމޮޔަގޮވަނީ މިޤައުމު މިދާނީ ރަނގަޅަކަށް ނޫންތަ. ތިމީހުންގެނަ ވެރިކަމެއްނު 2013 އަށްވެސް ތި ޢިލްމުވެރިން ނުކުންނަންވާނެ ތިގޮތަށް އެފަހަރަށް ހޮވާނީ މުޙައްމަދު ނަސީދު ހ . ކެނެރީގެ މާލެ އޭނައަށް ދެއްވާފައިވާނީ ކޮންކަން އެއްޗެއްކަންވެސް އަދި ނޭނގެ އިލްމުވެރިން ( އިލްޔާސުމެން ) ބުނީމަ އެނގޭނީ.
ދީނީ ޢިލްމުވެރިން ތިއްބަވާށޭ ގޭގައި ތިމަންމެން ކުރާކަމެއްކޮށް މިޤައުމުގެ ދީނީ ވަހުދަތު ފުހެލާއި ނިމެން ދެކަށް ބޭރަށް ނުނިކުންނާތި މިސްކިތް ތަކުގައި ތިދެއްވާ ދަރުސުތައްވެސް ނުދެއްވާށޭ ވަކިން ހާއްޞަކޮށް މުޙައްމަދު صلى الله عليه وسلم ނަންފުޅު މީހުން މާގިނައިން ނުކިއުމަށް ބާރު އަޅައިދޭށެވެ. އަހަރެމެން ގޮވައިލަންދެކަށް ގެގައި ނިދާފަ ތިއްބަވާށެވެ މިޤައުމަށް ސްޕޭން ނުކިޔުނެއްކަމަކު އެކަހަލަ އެހެން ނަމެއް ކިޔާފަ ގޮވާލަންދެކަށް މަޑުން ތިއްބަވާށެވެ. (މީވަރަށް ގިނަވާހަކަ)
ދިވެހިން މި ބުނަނީ ބޭން އެމްޑީއެން.... ކިހާ ބޮޑު އުދަގުލެއް މި ލާދީނީ ބައިގަޑާ ހުރެ.... ބޭން އެމްޑީއެން.... އަޅުގަނޑަކީ އިލްމުވެރިއެއް ނޫން އެމްޑީޕީ މެމްބަރެއް މި ހަރުއަޑުން މި ބުނަނީ ބޭންއެމްޑީއެން