ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އެމަރުކަޒުގެ ހުރިހައި ގޮތަކުންވެސް އެންމެ މޮޅު ދަރިވަރަކަށް އަރޫޝާ ރަޝީދުއަށް ހޮވިއްޖެއެވެ.

ގދ. އަތޮޅުގެ ތައުލީމީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި އެ ހަފްލާގައި އެމަރުކަޒުގެ 54 ދަރިވަރަކު ވަނީ އެކިގޮތްގޮތުން އިނާމް ލިބިފައެވެ. އޭގެ ތެރޭގައި އެކި ގްރޭޑްތަކުގެ މޮޅު ދަރިވަރުންނާއި، މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނަށާއި، ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް އިނާމް ދީފައިވާނެ ކަމަށް ގދ. އަތޮޅުގެ ތައުލީމީ މަރުކަޒުން މައުލޫމާތު ދެއެެވެ.

މި ޖަލްސާގައި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު އެ ސްލޫލުގެ ހަތަރު ދަރިވަރަކަށްވެސް އިނާމް ވަނީ ހަވާލުކޮށްފައެވެ. އެ ހަތަރު ދަރިވަރުންނަކީ އެ މަރުކަޒުގެ އާމިނަތު ރީޝަމް ހުސައިން އާއި، މުހައްމަދު ޒައިޒާން އީނާޒް އާއި، މުހައްމަދު މިޖްދާހް ފައްވާޒްގެ އިތުރުން އަރޫޝާ ރަޝީދުއެވެ.

އޯ ލެވެލް އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުނު ރީޝަމް

އޭގެ ތެރެއިން މިދިޔަ އަހަރުގެ އޭލެވެލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އަރޫޝާ ރަޝީދު ކަމަށްވެސް ގދ. އަތޮޅުގެ ތައުލީމީ މަރުކަޒުން މައުލޫމާތު ދެއެވެ.

އެ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. މިނިސްޓްރ ދެއްކެވި ވާހަކައިގައި ވަނީ އެސްކޫލުގެ ދަރިވަރުން ބިޒްނަސް އިން ރަނގަޅު ނަތީޖާ ތަކެއް ހޯދައިފައިވާތީ ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު މިހާރުވެސް އޮތް ކަމަށާއި އަދި އިތުރު ފުރުސަތުތައް އެ މަދަރުސާގެ ދަތިވަރުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއެރުން ލިބޭނީ އެންމެން އެކުވެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކުވެރިކަމާއިއެކު މަސައްކަތް ކުރުމަށް މިނިސްޓަރ އަމީރު ވަނީ ނަސޭހަތްތެރިވެފައެވެ. އެބޭފުޅާ ވަނީ އެމަރުކަޒުގެ ލައިބްރެރީ އަށް ފޮތް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުވެސް އިފްތިތާހު ކޮށްދެއްވައި ލައިބްރެރީ އަށް ފޮތް ހަދިޔާ ކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

ގދ. އަތޮޅުގެ ތައުލީމީ މަރުކަޒަކީ އެއް ދަންފަޅި އަށް ކިޔައިވައިދެމުންދާ ތައުލީމީ މަރުކަޒެކެވެ. އެމަރުކަޒުގައި މިހާރު 400 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އޭގެ ތެރޭގައި އެއަތޮޅުގެ އެކިރަށްރަށުގެ ދަރިވަރުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދާލަތު

    މަރުޙަބާ! އެކިވަނަތައް ޙާޞިލްކުރި ދަރިވަރުންނަށާއި، ކިޔަވާ ހުރިހައި ދަރިވަރުންނަށް. ހިތްވަރު ބަލިކަށިކުރުމުގެ ބަދަލުގައި ހުރިހައިކުދީންވެސް ޢަޒުމް ކަނޑައަޅަންވީ، " ހަމަހިލާ އެހެންނަކުން ނުވާނެ " މިއީ އަޅުގަނޑުގެ އިލްތިމާސް.

  2. ނާން

    މަރުޙަބާ!