ރ.އަތޮޅު އަނގޮޅިތީމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް މުޒާހަރާކުރި މުސްކުޅިންތަކެއް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެމްޑީއެން އާއި ދެކޮޅަށް އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް މަރަން ގޮވާލި ކަމަށް ބުނެ އެމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީއެން އާއި ދެކޮޅަށް އަނގޮޅިތީމްގައި ކުރި މުޒާހަރާގެ މައްސަލަ ތަޙްޤީޤު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ގެންދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

އަނގޮޅިތީމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މުޒާހަރާގައި ބައިވެރިވި އުމުރުން 65 އަހަރު ފުރިފައިވާ ތިން މީހަކު މާދަމާ ފުލުހަށް ހާޒިރުވާން މިހާރު ޗިޓް ހަވާލުކޮށްފައިވާ ކަމަށެވެ. "65 އަހަރު ފުރިގެން އެލަވަންސް ނަގަމުން ގެންދަވާ ތިން ބޭފުޅަކު ފުލުހަށް ހާޒިރުވާން ޗިޓް ހަވާލުކޮށްފައި ވަނީ. މުޒާހަރާގައި ބައިވެރިވި މީހުން ކަމަށް ފޮޓޯތަކުން ފެންނަ މީހުންނާއި ސުވާލުކޮށް ބަޔާން ނަގަމުން ފުލުހުން ގެންދަނީ. އަދި މަގުމަތިން ފެންނަ އަންހެނުން ހުއްޓުވައިގެން ވެސް ފުލުހުން އެބަ ސުވާލު ކުރޭ މުޒާހަރާ އާއި ގުޅިގެން." އޭނާ ބުންޏެވެ.

ޝަހިންދާ އަށް އިންޒާރު ދިން މައްސަލައެއްގައި މީގެ ކުރިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ވަރަށް ގިނަ ކައުންސިލްތަކުން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޖުލައި

  އެމް. ސީ ގެ ވަބާވެރިކަން މުޅި ގައުމަށް.

  69
  2
 2. ޕަންކު ޕަބްލިކޭޝަން

  ދެން މިގައުމުގެ މުރުތައްދުވެފައިވާ މީސްތަކުންގެ ކިބައިން މިގައުމު ސަލާމަތް ކުރެވޭނީ މުހައްމަދު ތަކުރުފާނު މެން ފަދަ މުޖާހިދުން ނަށް . ރުޅިގަދަ ވިޔަސް ހެޔޮ މިއީ ޖަޒީރާ ރާއްޖޭގެ ތާރީޚްގައި ފެނިފައި ވާއަބަދު އާކުރެވޭ ހަގީގީ ހާދިސާއެއް.

  26
 3. ދިވެހިރާއްޖެ

  ބޭބޭމެންނަށް ބިރުދައްކައިގެން ކުރިއެރުމެއް ނުލިބޭނެ ޕޮލިސް މީހުނޭ ލާދީނީ ހަރުކަށި މީހުން އޮތީ ކާލޭމެނަށް ބިރުދައްކާ ފަތޯ ޕޮލިސް މީހުންގެ ވާޖިބަކީ ހަރުކަށި ލާދީނިއްޔަތު ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފަތުރަން ފުރުސަތު ދީ އެހީތެރި ވުންކަމަށް ނުހަދާށެވެ

  23
  1
 4. ވައްޓާލާ

  ރައްޔިތުންނޭ! މިސަރުކާރު ނުވައްޓައެއް މިވަބާއިން މިގައުމު ސަލާމަތެއް ނުކުރެވޭނެ. ތިންބާރުންވެސް ވީ އެމްޑީޕީގެ ބާރު އެއްކޮށް ކަޑުވާލަން. އެމްޑީޕީއާ ގުޅޭ ހުރިހާވެރިންވީ ކުޑަގޮޅިއަށްލާފަ ބައިތިއްބަން. ފުލުހުންގެ ވެރިންނަކީވެސް ސިފައިންގެ ވެރިންނަކީވެސް ސީދާ ލާދީނީ ފިކުރުގެ ބައެއް. ސުޕްރީމްކޯޓުގައި މިސަރުކާރުން އައްޔަންކޮށްފައި/މިސަރުކާރުގެ ކޮރަޕްޝަން ފޮރުވަން އެތިބީ ލާދީނީ ފިކުރުގެ ބައެއް. މަޖްލިސްހިންގަން އެތިބީ ލާދީނީ ބައެއް. މަޖްލީހުގެ ބައެއް މެމްބަރުންނަކީ ސީދާ ރަލާއެކު ރެޑްހޭންޑްކޮށް އަތުލައިފައިވާ ބައެއް. މިބައިގަނޑު އިންތިހާބު ކުރިއިރު ނުފެނޭތަ މިބައިގަނޑުގެ ލާދީނީކަންތައް؟؟ މިވަގުތު ރައްޔިތުންނަށްވާ ޗޮއިސްއަކީ އިސްލާމްދީން ނޫނީ ލާދީން. ކޮންމެހެން ޕީޕީއެމް/ޕީއެންސީއަކަށް ތާއީދުކުރާކަށް ނުޖެހޭ. ކޮންމެ ބައެއްވިޔަސް ލާދީނީވެއްޖެއްޔާވީ މިގައުމުގެ ވެރިކަމުން ބޭރުކޮށްލަން.

  23
  1
 5. މަހާތުމާގާދީ

  މީ ކޮޅުންލާނެ ކަމެއް ނޫން. ބަޔަކު މީހުން ނުކުމެ އޯއްޔޭ ގޮވާލާއިރަށް އެރަށަކަށް ފުލުހުންގޮސް ތަހްގީގުކޮށް ބަޔާން ނެގިދާނެ. ޝަރީޢަތް ކުރެވިދާނެ. އެކަމަކު ދިވެހިސަރުކާރުގައި ހައެއްކަ ހާސް މީހުން ޖަލަށް ލައިގެން ގެންގުޅެވޭނެހައި ކެޕޭސިޓީއެއް ނުހުންނާނެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ކުށްވެރިއެއްވެސް ނުކުރެވޭނެ. މިކަމަކުން ނަތީޖާއެއްވެސް ނުނުކުންނާނެ. މިކަން ހުއްޓޭނެ ގޮތެއް ހޯދަން ބޭނުމިއްޔާ އެ ޖަމާޢަތް އުވާލައި އެކަންކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ދޭންވީ.

  17
 6. ޏ،

  ޢެބޭބެ މެންވެސް ވޯޓުދީގެން ގެނައިވެރިކަމެއްމީ! ޙުރިހާބާރެއް މުށުތެރެ އަށްޅައިދީފަ ދެންތާ ހޭވެރިކަން މިވަނީ! ޙަތަރެސްފައިބަދެފާއި އަގަމަތީގައި ފޮތިގަޑެއް ނޫންބާ އެއަޅަނީ!

  17
 7. އަލީ

  އެެއްވެ އުޅުމުގެ މިނިވަންކަން މިގެއްލުނީ.

  15
  1
 8. ލޮލް

  އެމްސީ އިސްތިއުފާ

  15
 9. މޮޔަބެ

  މުޅި ދިވެހި ރައްޔިތުން ފުލުހަށް ހާޒިރު ކުރޭ. އަގަމަތީ ޓޭޕްއަޅާ އަތަރަސްފައިފައި ބިޑިއެޅިޔަސް އިސްލާމްދީނާއި ޤައުމިއްޔަތުގެ ހައްގުގައި ބަސްބުނާނެ.
  އަޅެފަހެ ލަދެއް ނުގަނޭތަ؛ މިއީ އިސްލާމީ ޤައުމެއް، ފުލުހު އޮފިސަރުންގެ ތެރޭ ސީޕީ ވެފަ ތިބި ބޭފުޅުންވެސް ޤައުމަށްޓަކާ ތެދުވެ ހަށިފޮޅާލާ... ޤައުމުގެ ކަރާމަތަކީ އުމުރުން ދުވސްވީ ބޭފުޅުން...

  13
 10. ވިސްނާ

  އަޅެ ތިރިޕޯޓް ލިޔުނު މީހުން ހައްޔަރުކޮށްބަލަ. ކިހާބޮޑު މުސީބާތެއް މިަގައުމަށް ފާވެފަ މިއޮތީ. ހުއްޓާނުލާ ދުޢާ ކުަރމްުންދޭ މި ލާދީނީ ބައިގަނޑު ނެތި ކުރައްވާތޯ.

  16
 11. Anonymous

  މިގައުމުެ ފުލުހުން މިތިބީ، ލާދިއްޔަތުގެ ހިމާޔަތުގައި. މިގައުމުގެ މިފެންނަނީ، 1990 ގައި ތުރުކީވިލާތުން ފެނުނު މަންޒަރު. އިސްލާމްދީން އޮންނާނީ ގޭގެ ހަތަރު ފާރުތެރޭ. ބޭރުގައި އިސްލާމް ދީނޭ ކިޔުން މަނާ. އިސްލާމްކަން ފާޅުކުރުން މަނާ. ދިވެހިން މިހާލަތު ބަދަލު ނުކޮށްފިނަމަ ދިވެހި ގައުމާ އިސްލާމްދީން ނައްތާލާނެ މިސަރުކާރުން.

  14
 12. ހަރިކޭން

  އަރިއަޅާ ވެއްޓެން ދަަަަަަާވަގުތު ހިފުނު އެއްޗެއްގައި ހިފޭތޯ ބަލަަާނެ ދިވެހިން ދެކެ ގަތްބިރުން ތުރުތުރު އަޅާ ރޫރުުުޫ އަޅަނިިީ ޕަކާސް ހެހޭ ހީ ހީ ހަލާކު ބިރުގަތަސް ފުކެއްބޮޑުވަރު ކިރުބޯ ޅަ ދަރިއެއް ފެނުނަސް ފޮންޏެއްކަނޑަާލަން އުޅޭ ޒުވާން ކުއްޖެއް ފެނުނަސް މުސްކުޅި ހަންޓޯޓޯ އެއް ދިމަަަާވިޔަސް މިސަރުކަާރު ބިރުންގޮސް ދެކަމު ހާޖަތައް ދެވެނީ ގަޔަށް ފުކެއްބޮޑުވަރު ކާފަރުން މަރުދެކެ ވަރަށް ބިރުގަންނާނެ މުސްލިމުން ޝަހީދުވާން ޖެހިލުމެއްނުވަާނެ މިއީ ކާފަރުން އެންމެ ޖެހިލުންވެ ބިރުގަންނަކަމަކިީ .ފަލަސްތީނު ކުޑަކުދިން ދެކެވެސް ޔަހޫދީން ބިރުގަންނަނީ އެހެންވިިިިީމަ ހުސެން އާދަމް އަާ ވަސަންތީގެ ތަފާތަކީވެސް އެއިީ

 13. ޢަލިއާ

  ފުލުސް އޮފީހުގަ ދީނާއި، ﷲ ތައާލާގެ ރަސޫލާދެކެ ލޯބިވާ ދަރިއަކު ނެތީ ތޯއެވެ،

  12
 14. މިގޭ

  އެމް ސީ އަކީ ރިޕޯރޓްގެ ބައިވެރިއެއް ހަޖަމެއް ނުވާނެ. މުސްކުޅިޔަސް އެސޮރަށް ޮކ ވާނެ.ހައްޔަރު ކުރޭ. ހަމަކިޔާނީ ލާދީނީ ސަރުކާރު. ދެންވެސް ކިޔާނީ ލާދީނީ ސަރުކާރު.

 15. ބާރު

  ދުނިޔެ މަކަރާ ޖަހައިގެން ކެވިދާނެ.އަބދު އެގޮތައް އުޅެވޭނެބާ؟