މިދިޔަ ސަރުކާރުގައި ޙައްޤުތައް ގެއްލިފައިވާ އެމްޑީޕީ މެންބަރުންގެ ޙައްޤުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާއި އެކު އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަޤާމަށް މިހާރު ކުރިމަތިލައްވާފައިވާ މުހައްމަދު އަސްލަމް އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.
ރޭ އެމްޑީޕީގެ ހަރުގޭގައި އޮތް ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ މިވީ މުއްދަތުގެ ތެރޭގައިވެސް ހައްގުތައް އަދިވެސް ގެއްލިފައިވާ ޕާޓީގެ މެމްބަރުންގެ ވާހަކަތައް އަޑުއިވިފައިވާ ކަމަށާއި އެމީހުންގެ ހައްގުތައް ހޯދައިދޭން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ތެރޭގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ވިޔަފާރިއަށް ގެއްލުންވެފައިވާ ފަރާތްތަކަށް ހައްގު ބަދަލު ލިބިދޭން ވަކާލާތު ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ހެޔޮ ވެރިކަމެއް އަލުން ގެނައުމަށް މި ޕާޓީގެ ވަރަށް ގިނަ މެމްބަރުން މަގުމަތީގައި އެހެން ވަރަށް ގިނަގުނަ މަސައްކަތެއް ކޮށްދީފައިވޭ. އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު. އެތަކެއް ގިނަ މުއްދަތަކަށް ޖަލުގައި ތިބެން ޖެހުނު. އެތައް ބައެއްގެ ވަޒީފާ ގެއްލި ދިޔަ. އެތައް ބައެއްގެ ވިޔަފާރިތައް ފުނޑުފުނޑުވެގެން ދިޔަ. މިއަދު އަޅުގަނޑުމެން އެ ހައްގުގެ ވާހަކަ ދައްކަން ޖެހޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ދައުރެއްގައި އެމްޑީޕީގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ރަނގަޅު ބަދަލްތަކެއް ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކެމްޕެއިންތަކާ ގުޅިގެން މެނުވީ އެކަށީގެންވާ ގޮތަކަށް ރަށްރަށުގައި ތިބި ޕާޓީގެ ޖަގަހަތައް ކުރިއަށްދާ ތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ޕާޓީގެ ރަޖިސްޓްރީގައި އަމިއްލަ ހަރުގެތައް އެބަތިބި. އަޅުގަނޑު ދެކޭ ގޮތުގައި އިތުރަށް އިދާރީ ގޮތުންވެސް ޕާޓީ ރަނގަޅުކޮށް، މިހާރަށްވުރެ ބާރަށް ކަންކަން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ޕާޓީގެ ލީޑާޝިޕަށް ހޮވިއްޖެއްޔާ އަޅުގަނޑު ވަކާލާތު ކުރާނަން އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވުމަށް. އެއީ ޕާޓީއަށް އިތުރަށް ކުރިއެރުންލިބިގެންދާނެ ކަމެއް. މިކަންކަން އަޅުގަނޑުމެންނަށް ހައްލުކުރެވޭނެ." އަސްލަމް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިއްމު ލީޑަރަކީ އަދިވެސް ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނު އެ ޕާޓީގައި ނެތް ތަނެއްގައި ބޮޑު ގެއްލުމެއް ޕާޓީއަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މިފަހަރުވެސް ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާތީ، އެމަނިކުފާނަށް އޭނާ ފުރިހަމައަށް ތާޢީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަށް ތާޢީދުކުރައްވާ ފަރާތްތަކުންވެސް ރައީސް ނަޝީދުގެ ކެމްޕެއިނުގައި ބައިވެރިވުމަށް އަސްލަމް އެދިވަޑައިގަތެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ 22 ވަނަ ދުވަހު އެވެ. އެޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ މިހާރުވެސް އެޕާާޓީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް، ރައީސް ނަޝީދު އެވެ. ނައިބު ރައީސްގެ މަޤާމަށް އަސްލަމް އާ ވާދަކުރައްވަނީ މިހާރުވެސް އެޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް އެވެ.
އަސްލަމޫ ފޮނިނުކަނޑާ ނުވާނެ އެއްކަމެއްވެސް ތިހެން މީހުން ހައްދައިގެން ލައްކަދުވަހު އުޅެއްވިއްޖެ ދެން އަހަރުމެން ހޯހޯ...
މީހާ އައް ތެދުވެ ހެލިފެލިވެ އުޅެގެންނު ކަމެއްކުރެވޭނީ. ކޯކް ބައްލަވަން ވެޓިފަ އޮތަކަސް ނުވާނެ.
ބަދަލު ހޯދައި ދެވޭވަރު މަދީތަ؟ ދައުލަތުގެ މާލިއްޔާއިން 2 ބިލިއަނާއި ގާތައް ބަދަލު ދިނީ އިސްމީހުންނަށް ބައި ނޭޅޭ ގޮތަށޭ ކިޔާތީ އަޑު އިވޭ! ޕާރޓީގެ އިސް ސަފުގެ މީހުންގެ ހާޖަތްތައް ބޮޑުވެފައި ގިނަލަމުން އާއްމު މްބަރަކަށް ނުވަތަ ރައްޔިތަކަށް ވަޒީފާއެއް، ޕްރޮޖެކްޓެއް ނުވަތަ ވިޔަފާރިއެއްވެސް ނުލިބޭ
މަޖްލީސް ރައިސް، ޕާލިމެންޓްރީ ގުރޫއްޕުގެ ރައީސް! އަސްލަމް ކަލޭތީ އަބަދުވެސް ނަޝީދު ކތިލާ ކަންބަޅިއެއްހެން ކަތިލެވޭ މީހެއް. ނަޝީދުވެސް އަދި އެމްޑީޕީ ބޮޑަކުވެސް ކަލެޔަކަށް ތާޢީދު ނުކުރާނެ. އަދި ކަލޭގެ ދާއިރާގައި ތިބި އެމްޑީޕީމީހުން ކަލޭދެކެ ފޫހިވެއްޖެ. ތީކީ ކަލޭއަށް ކުރެވޭނެ ކަމެއްނުން. ލާދީނީ ވާހަކަ ދައްކައިގެން ނަޝީދު ހިތް ހަމަޖެއްސިދާނެ. ކަލޭ ނުހޮވޭނެކަމީ ގެރެންޓީ ކަމެއް!
ހޮވޭނެ. ނަޝީދު ހޮވެންޏާ އަސްލަމްހޮވޭނެ. އެއީ މުޖައްރިބުކަމެއް.
ނޭވާ ނުލެވޭ އިރުވެސް ވަޢުދުވާތި. އަަސްލަމް ކަލޭ ބުންޏަަސް ކެނެރީގެ ފިރުޢައުނު ނަޝީދަށް ނޫނެކޭ ބުނެގެން އެމްޑީޕީއަށް ކުރިމަގެއް އޮތީ. .
މިމީހުން ކުޅޭ ގޭމް އައްޑޫ ގެ ގިނަ ރައްޔިތުންނަށް އެގި ތިބެ އަތްޖަހަން ތިބޭތީ ހައިރާންވޭ.
އަސްލަމް ތީ ބޮޑުވަރު، އަހަރެންވެސް ޕާޓީގަ ހުރެގެން ވާނީ މަސައްކަތްތަކެއް ކޮށްފަ. އެކަމަކު އެމްޑީއެން އުވާލަން ދެކޮޅުހަދާ މީހަކަށް ކައޭ ތާއީދު ކުރީމަ މަށަކަށް ދެން ބުނަނެ އެކައްޗެއްވެސް ނޭގުނު.
މިމީހުނަށް މިތިބެވެނީ މަހަލްދީބުގައި ކަމެއް ފަޒާގައިކަމެއް ފަހުމެއްނުވޭ!
ހިތަދޫ އުތުރުދާއިރާގެ ގޮނޑި ހުހައްބެހެއްޓުން މާމޮޅު މިސޮރުއެގޮނޑީގަ އިނުމައްވުރެން، ދާއިރާއައްލިބޭ އަދިހޯދަދޭކުރިއެރުމަކީ ކޮބާތޯ؟ކޯކުބެއްލެވުމުގެ ބަދަލުގަ އަމިއްލަ އުފަންވި ރަށައް ކުރިއެރުމެއް ހޯދަދޭން އުޅުނީއްޔާ މާރަނގަޅުނޫންތޯ؟
ރިޔަސީ އިންތިހާބުތެރޭގައި އަހަރެން ކައިރީ އާދޭސްކޮއްގެން އޭރުހުރި ވަޒީފާ (އަމިއްލަ މީހެއްކައިރީ މަހަކު 15000ރ) ގެއްލުނަސް އިބޫ ވެރިކަމަށް ހޮވޭތާ 2 މަސް ނޫނީ 3 މަސްތެރޭ 15000ރ ގެ ސަރުކާރު ވަޒީފާއެއް ހަމަޖައްސަދޭނަމޭ ބުނެގެން އެމްޑީޕީއަށް އުނަގަޑު ބިންދައިގެންދާވަރަށް މަސައްކަތްކޮށް އިބޫ ވެރިކަމަށް ހޮވާދިނީމާ އެއްކަލަ ހަވަރު ތިނަދޫ އެމްޑީޕީ ބޮޑުން ދިންޖަވާބަކީ ކަލޯމެންނަށް ސަރުކާރު ވަޒީފާތަކާ އަރާ އަރަފޯދިގެން ނުވެޔޯ. ކަލޯމެން އެންމެ ރަނަގޅުވާނީ މަހަށް ދިޔުމޯ ބުނީމާ އޭތިކަޑައޭ މިކިޔަނީ. ކަލޯ އަސްލަމްއެވެ. ސަރުކާރު ވަޒީފާ ނުލިބުނަސް އަހަރުންގެ އަތްފައި ހެލެންޏާ ފައިސާ ހޯދާނަމެވެ. މަގޭ މައްސަލައަކީ ވެރިކަމަށް އަންނަންވެގެން ކަލޯމެން ހެދި ދޮގުތަކާއި ވެރިކަމަށް އައުމަށްފަހު ކަލޯމެން އަހަރުމެންނަށް ދިން އަހަރުމެން ލަދުގަންނަވާލުވި ޖަވާބުތަކެވެ. ކަލޯ އަސްލަމްއެވެ. ކަލޯމެން ތިތިބީ ވެރިކަމުގައެވެ. އެކަމަކު ހަވަރު ތިނަދޫއިން ކުރިން ކަލޯމެނަނަށް ފެނުނު ތާއީދު ދެން ފެނިދާނެކަމަށް އުންމީދުވެސް ނުކުރާށެވެ. ކަލޯ އަސްލަމްއެވެ. ބޮޑުން ތިބޭނީ ޓައިއަޅާފަ ގޮނޑީގައެވެ. ހަވަރު ތިނަދޫއަކީ އޭގައި އަރާއޮތްރަށެކެވެ. ހުރިހާ މަސެއްކަތެއް އޯގަނައިޒްކޮށް ކުރިއަށް ގެނަދާނީ ގްރާސްރޫޓުންނެވެ. ހަވަރު ތިނަދޫ ނަން މަޝްހޫރު ބޮޑުގެ ތެރޭގައި ކަންކަން ހިންގާލެވޭނެ ފެންވަރުގެ ބަައެއްނެތެވެ. އެކަމަކު ހުރިހާ ފޮނިކޮޅެއްބޮއެ ވަޒީފާތަށް ލިބުނީވެސް އެމީސްމީހުންމާއި އެމީސްމީހުންގެ އާއިލާގަ ނުކިޔަވާތިބި މީހިންނަށެވެ. ކަލޯ އަސްލަމްއެވެ. ތިނަދޫއިން މިހާދުވަހު ބޮޑުމަންޒަރު ދައްކުވީ އަހަރުމެންނެވެ. ދެން ބޮޑުމަންޒަރު ފެނޭތޯ ބަލަންތިބެމާހިގާށެވެ
އަސްލަމްވެސް މަޑުންހުރޭ
އަސްލަމާ އެދުވަސް މާޒީވެއްޖެ. ދެން ބޮލެއް ނުކެވޭނެ، ބައި ބައި
ހަމަހޭގައި ތިބެގެން ވައުދު ފުއްދޭނީ، ކަލޭމެންތީ ވައުދު ފުއްދޭނެ ބައެއްނޫން