ސީރިއާގައި ތިބި ދިވެހިން މަރާލަން ރާއްޖޭގައި ދިރިއުޅެމުން އަންނަ ދިވެއްސަކު ގޮވާލުމުން ވެސް އޭނާ ހައްޔަރު ނުކުރާތީ ގިނަ ބަޔަކު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.
މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭ ވާހަކަތައް ދައްކާ މީހުން ހައްޔަރުކޮށް ފުލުހުން އެފަދަ މައްސަލަތައް ތަޙްޤީޤު ކުރަމުން ގެންދިޔަ ނަމަވެސް ސީރިއާގައި ތިބި ދިވެހިންތައް މަރާލަން ގޮވާލި މީހާ ހައްޔަރުކޮށްފައި ނުވާތީ އޭނާ ހައްޔަރު ނުކުރަނީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.
މުހައްމަދު ޒައީމު މިމަހުގެ 24 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ސީރިއާގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ނުގެނައުމަށް ގޮވާލާފައެވެ. އަދި ޕޮއިންޓް ބްލޭންކް (ވަރަށް ކައިރިން ގަޔަށް ބަޑިޖަހާ އެމީހުން މަރާލުމަށް) އޭނާ ވަނީ ގޮވާލާފައެވެ.
މަރުގެ އިންޒާރު ދިނުމަކީ ރާއްޖޭގެ ޤާނޫނުތަކުން ކުށެކެވެ. މަރުގެ އިންޒާރުދޭ މީހުންގެ މައްޗަށް ހަމަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވުމުގެ ފުރުސަތު އޮވެއެވެ. މަރާލަން "ފަހެއް ނުޖެހޭނެ" ކަމަށް ބުނާ ޓްވީޓެއް ރީޓްވީޓް ކުރި މީހަކު މިއަދު ފުވައްމުލަކުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ހަރުކަށި ކަމަށާއި، ނަފުރަތު އުފެދޭ ވާހަކަތައް ދައްކާތީ އެފަދަ ގިނަ މައްސަލަތަކެއް ވެސް ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
މުނާފިގު ބައެއް!
މީނާ ހައްޔަރުކުރެވެން ވާނެ
ސީރިއާގައި ތިބި ދިވެހިން ހާލުގައި ޖެހިގެން ރާއްޖެއަށް ގެނެސް އެމީހުން ކޮށްފާނެ ނުރައްކަލަކަށް ޒިންމާ ނަގަނީ ކާކު؟ އަހަރެމެން ބުނެގެންތަ އެމީހުން ދިޔައީ......
ތިބިތާގައި ތިބޭށޭ ބުނެވޭނީ
އެއްވެސް ކަހަލަ އިންސާފެއްނެތް. މީހަމަ ދީނަށް އިހާނެތިކޮށް ހިތަން މެގަޕްލޭން އެކުލަވައިލައިގެން ތިބި ބައެއް
ސުލްހަވެރި ދިވެހި މުސްލިމް މުޖްތަމަޢަކީ ހަރުކަށި ބައެއްކަމަށް ދައްކައިގެން ބެޖް ޖަހައި ، ހުޅަނގުގެ ސިޔާސީ ތާއީދާއި މާލީ މަންފާ ހޯދާ ފަރަތްތަކަށް ހައްޔަރުކުރެވޭނީ، އިސްލާމްދީނުގެ ދިފާއުގައި ބުނެވޭ ހަރުކަށި ބަހެއްގެ ސަބަބުންނެވެ. ޢިސްލާމް ދީނުގެ ހުދޫދުން ބޭރުންވިޔަސް ދީނުގެ ނަމުގައި ހަރުކަށިކަމެއްގެ ޝިކާރައަކަށް ވެފައިވާ ބަޔަކު މަރަން ގޮވިއަސް އެކަމަށް ފިޔަވަޅެއް ނޭޅޭނެއެވެ. ޢަޅައިފިނަމަ ބޭރުގެ ޖަމާއަތްތަކުގެ ދަށުވެފައިވާ ފަރާތްތަކަށް ފިއްތުން އަންނާނެކަން ޔަގީނެވެ. ސަރުކާރެއް ނަމަވެސް ސައްޙަކަން ގެއްލި ބަތިލްއެއްޗަކަށްވުމުން ދެމިއެެއް ނޯއްނާނެ. ބާތިލަކީ އޭގެ ޒާތުގައި ނެތިދާނެ އެއްޗެއް. ޢަދި ބާތިލްގެ މައްޗައް ހައްގު ގަދަވެގެންދާނެ
ސަރުކާރުގެ ސިޔާސަތު ހާމަކޮށްގެން އެއްވެސް މީހަކު ބަންދެއް ނުކުރާނެ. އޭނާ އެހާމަކުރީ ސަރުކާރުގެ ސިޔާސަތުކަމަށްވެދާނެ.